އައްޑޫސިޓީ ހިތަދޫން އިތުރު ހަތް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
އައްޑޫ އިކެއެޓޯރިއަލް ހޮސްޕިޓަލުން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފައްސިވެފައިވާ ހަތް މީހުންގެ ތެރެއިން ތިން މީހުންނަކީ ކުރިން ފައްސިވެފައިވާ މީހުންނާއި ގާތުން އެއްތާވި މީހުންނެވެ. ބާކީ ތިބީ ފްލޫ ކްލިނިކަށް ދެއްކި މީހުން ކަމަށެވެ.
ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ ހަ ދިވެހިންނާއި އެއް ބިދޭސީއެކެވެ.
އައްޑޫން އިތުރު ހަތް މީހަކު ފައްސިވުމާއި އެކީ އެސިޓީން ފައްސިވި މީހުންގެ އަދަދު ވަނީ 403 އަކަށް އަރާފައެވެ. އެހެން ނަމަވެސް މިވަގުތު އެ ސިޓީގައި ބަލި ޖެހިފައި ތިބީ 97 މީހުން ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
އައްޑޫން ބަލި ޖެހުނު މީހުންގެ ތެރެއިން 304 މީހަކު ބަލިން ފަސޭހަވެފައިވާއިރު، އެކަކަށް މިވަގުތު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އައްޑޫން މި ބަލީގައި މިހާތަނަށް ދެ މީހަކު ވަނީ ނިޔާވެފައެވެ.
އައްޑޫސިޓީ ހިތަދޫގައި ބަލި ކޮންޓްރޯލް ވުމެއް ނެތި ފެތުރެމުން އަންނާތީ ކައުންސިލުން ވަނީ ހިތަދޫ ފުރަބަންދުކޮށް، ކާފިއު ނޫން ވަގުތުގައި ބޭރުގައި އުޅެވޭނީ ހާއްސަ ހުއްދައެއް ނަގައިގެން ކަމަށް ނިންމާފައެވެ.
މީގެ އިތުރުން ކާފިއު ނޫން ވަގުތުގައި ބޭރުގައި އުޅުމުގެ ފާސް ދެވޭނެ ކޮންމެ ގެއަކަށް ދެ ފާސްގެ މަގުން ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ.
ހިތަދޫ އަކީ މުޅި އައްޑޫ އަތޮޅެއްނޫން.
ރއައ އްޔިތުން ނަށް އޮޅުވާލައިގެން އަ އްޑޫގައި މިލިޓަރީ ބޭސް ހަދާތީ އެވާހަކަ ދައްކާތީ ކަންބޮޑުވަނީ ނުންތޯ !
2008 ގައި އުފެދުނު ސަރަ ކީ 30 އަހަރުގެ ނަފުރަތަށް ފަހުގެ ތެރެއިން ބަޔަ ކު އުފައްދައިގެން އިގިރޭސިން އިޑީގައި ތިބެގެން ހަރަދު ކޮށްގެން އުފެއްދި ސަރުކާރެއް ރައްޔިތުންނަށް އަސްލު އޮޅުވާލައިގެ 2011 ގައި އިންޑިޔާ ގެ ނަމި އައްޑޫގައި އިން ގިރޭސިން ގެ މިލިޓަރީ އިސްތިއުމާރީ ބޭސް ހަދަމުން އެދަނީ އި ގިރޭސިން އިންޑިޔާ ކަންޑު ހިފަންވެ ގެން . ދިވެހިރާއްޖޭ ގެ މިނިވަން ކަން ނަ ގާލީ ޔެލޯ ބައި ގަޑު ސައްޕުޖަހާ މިބައި ގަޑު ސައިޒު ކުރަންވީ ރައްޔިތުން ނިކުމެ މީސީދާ ޢައްދާރުން!