އެމްއެމްޕީއާރުސީ ފައިސާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފަށް ލިބިފައިވާ ކަމަށް ބުނެ އޭނާގެ މައްޗަށް ދައުވާކޮށްދިނުން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފި އެވެ.

މިމައްސަލައިގައި ޕީޖީ އިން އަދި ރަސްމީކޮށް ވާހަކައެއް ނުދައްކައެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި މައްސަލަ އަނބުރާ ފޮނުވާލި އެއް ސަބަބަކީ ބައެއް ހެކިވެރިންގެ ބަޔާން ނަގާފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށް ބުނެއެވެ. މީގެ އިތުރުން ޗެޓްލޮގްތަކެއް ހުށަހަޅާފައި ވާއިރު ޗެޓްލޮގްތަކުގެ ޗެއިން އޮފް ކަސްޓަޑީ ރިޕޯޓް ނެތް މައްސަލަ ވެސް ޕީޖީ އިން ފާހަގަ ކޮށްފައި ވެއެވެ.

އޭސީސީ އިން އެދުނީ މަހްލޫފްގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާއަކާއި ދޮގު ބަޔާނެއް ދިނުމުގެ ދައުވާއެއް ކޮށްދިނުމަށެވެ.

އޭސީސީ އިން މިދިޔަ ހަފްތާގައި ނެރުނު ބަޔާނުގައިވާ ގޮތުން، މަހްލޫފްގެ މައްޗަށް ރިޝްވަތުގެ ދައުވާ ކުރަން ފޮނުވަން ނިންމީ ޕީޕީއެމްގައި ހުރިއިރު ސަރުކާރާ އެއްކޮޅަށް މަޖިލީހުގައި ބިލެއް ފާސް ކުރުމަށް ވޯޓް ދިނުމުން އޭނާގެ އެކައުންޓަށް 33،000 އެމެރިކާ ޑޮލަރު އެސްއޯއެފް އެކައުންޓުން ޖަމާކޮށްފައިވާ ކަން ތަހުގީގަށް ފާހަގަވެގެނެވެ.

މި ފައިސާ މަހްލޫފްގެ އެކައުންޓަށް ޖަމާކުރިއިރު އޭނާ ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު ކަމުގައެވެ.

އޭސީސީގެ ބަޔާނުގައިވާ ގޮތުން، މަޖިލީހުގައި ނެގުނު ވޯޓަށް ފަހު ޚިޔާނާތުގެ މޭސްތިރިޔާ ކަމުގައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ދެމެދު ބަދަލުކޮށްފައިވާ މެސެޖްތަކުންނާއި މަހްލޫފްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ތާރީޚުން އެއީ ޚިޔާނާތުގެ ފައިސާ ކަން ތަހުގީގަށް ފާހަގަވާން އޮތް ކަމުގައެވެ.

މި ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ ގާތްގަނޑަކަށް ހަތް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އޭސީސީގެ ބަޔާނުގައިވާ ގޮތުން، ދޮގު ބަޔާނެއް ނުވަތަ ދޮގު މައުލޫމާތެއް ދިން ކަމުގެ ކުށުގެ ދައުވާ މަހްލޫފްގެ މައްޗަށް ކުރަން ފޮނުވަން ނިންމީ އޭނާއަށް ލިބިފައިވާ ފައިސާގެ އަސްލު އޮޅުވާލުމުގެ ގޮތުން އެއީ އޭނާ ޑޮލަރު ގަތް މުއާމަލާތެއްގެ ގޮތުގައި ދެއްކުމަށް ލިޔެކިއުންތަކެއް ހުށަހެޅުމުންނެވެ.

މި ގޮތުން އޭސީސީއަށް މަހްލޫފް ހުށަހަޅާފައިވާ "ޕޭމަންޓް ރިސީވްޑް" ލިޔުމަކާއި، އެ ޑޮލަރަށްވާ ފައިސާ ނަގުދު ފައިސާއިން އެސްއޯފްއާ ހަވާލުކޯށްފައިވާނެ ކަމަށް މަހްލޫފް އެ ކޮމިޝަނަށް ފޮނުވި ސިޓީއަކީ ހަގީގަތް އޮޅުވާލުމަށް ޓަކައި ކުރި ކަމެއް ކަން ތަހުގީގަށް ފެންނަން އޮތް ކަމުގައިވެއެވެ.

ރަސްމީ މަގާމެއްގައި ހުންނަވައިގެން ތަހުގީގީ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ކުށުގެ ދައުވާ މަހްލޫފްގެ މައްޗަށް ކުރަން ފޮނުވިއިރު، ގާނޫނުލް އުގޫބާތުގައިވާ ގޮތުން މިއީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ.

މި ކުށުގެ އަސާސީ އަދަބަކީ، ގާނޫނުލް އުގޫބާތުގައިވާ ގޮތުން، ހަ މަސް ދުވަހާއި އެއް އަހަރު ދުވަހާ ދެމެދެވެ.

މަހްލޫފްގެ މައްސަލަ އޭސީސީ އިން ޕީޖީ އަށް ފޮނުވުމުން އޭނާ ހުރީ ދައުލަތުގެ މަސައްކަތްތަކުން އެކަހެރިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ކާފަބޭ2020

    ކޮބާ ހީވެއްޖެކަމެއްހެން! ތިޔައޮތީއެއްކަލަ ފަންސުރާއުންސުރު ދިމާނުވެފަ! ބަހުލޫފްއޭރުވެސްބުނި ޤުރުބާންކުރާކަންބަޅިއަކަށް ވީވާހަކަ މިދަނީދިމާވަމުން! ތިޔައީއެންމެންގުޅިގެންކުޅޭޑުރާމާ ތިޔަޑުރާމާތަކުން ރައިއްޔަތަކަށްކުރާނެފައިދާއެއްވާނެމޮޅެއް ނޯންނާނެ ލިބޭތާލިބިގަނެގެން ބަނޑުގަފިރުމާލާފަދިޔައިމަނިމުނީ ދެންތިބިމީހުންއުޅޭނީ އުންސުރާފަންސުރުދިމާނުވެގެން ބޯކޮށްޕީޖީއަށްސަލާމް!!!

    30
    2
  2. ކޮބާ

    އޭރުވެސް މަބުނީމޭ ހެކިއެބަހުރިހޭ. ވަގުން ވަގުހީފާ ކަމެއް މައެނުދެނަހުރިން.

    30
    1
  3. ކިނބޫ

    މަހޭ އެ އްޗެ އް ބުނެލާ އިރަށް ތުތުލާން ފާޝާފި.

    24
    2
  4. ތިރިބެ

    ދިވެހި ގައުމުގަ ކޮރަޕސަން އެއީ ފެސަނެއް އެކަމާދެކޮޅުމީހުން ބާކީވާނެ އިލުމުވެރިންނޭ ކިޔައިގެއް އުޅޭބައިގަޑުވެސްބަލާނީ މަސައްކަތެއްނުކޮއް ރަލާ އޫރުމަސްވިއްކައިގެއް އާމުދަނީ ހޯދިޔަސް ވަރިހަމަ ކޮއްލާފަ ސަނާކިޔުން

    25
    2
  5. ޒަކީ

    ކިހިނެއް އެތަކަމެއްވެސްވަނީ އެމް.އެމް.ޕީ.އާރް.ސީ. ދިފާއީވަކީލް މިހުންނަނީ ދައުވާއުފުލަންވެސް. ޝުކުރިއްޔާ

    29
  6. އަދުނާނު

    އަނގަ މަޑުންލައިގެން ހުރެވިއްޖެ،. ދެން މަޑަކުން ނުހުންނާނަން. މަހުލޫފްގެ މި މެސެޖުން މަހުލޫފްގެ ސައިޒް ރަށްޔިތުންނަށް އެނގިފަ އޮތީ..

    25
    2
  7. ލޫޓުވާ

    ޕީޖީއަކީވެސް ތިފައިސާގަ ޖެހިފަހުރި މީހެއް. އެމްޑީޕީގެ ގިނަ މަޖްލިސް މެމްބަރުން ހިމެނޭ. މިއަދު ތިހެން ސަލާމަތްވެވިދާނެ. އުންސުރު މިނިސްޓރު

    31
  8. ހުސޭނުބޭ

    އުންސަރުތައް ގިނަވެގެން ފޮނުވާލީ

    24
  9. އަހުމަދު

    މާކުރިންވެސް އެނގޭ ތިހެންކަން ވާނީ.ގިނަމީހުން ބުނަނީ މިހާރު މިހިރަ ޕީޖީއަކީ ސަރުކާރުގެ ޕަޕެޓެކޯ، މާދަމާ ހެނދުނު ރާއްޖެޓީވީއަށް އަރާނެކަމަށް ފެންނަނީ ރައްޔިތުންގެ ލޮލުގަ އަނދުން އަޅުވަން.

    27
    1
  10. މުހަންމަދު

    ތިމަހުލޫފަކަށް ދައްވާކުރާނެ ހިތްވަރެއް މި ސަރުކާރުގައެއް ނުހުންނާނެ...

    23
    1
  11. ާައަހުމަދު

    މީނަމީ ބުރޯގެ ކުރީގެ ޅިޔަނެއްވީމަ ލާފަ ހުރި މީހެއްތަ؟، މީނަގެ އަބުރު މީނަ އަމިއްލަޔަށް ނަގާލަނީ. މީނައަށް އެއްވެސް ރައްޔިތަކު މިހާރު އިތުބާރެއް ނުކުރޭ. މީނަ އަވަހަށް ބޭރުކުރޭ،

    14
  12. ށުމަން

    ޜައްޔިތުން ހައްދަން ވެގެން މުޅި ދައުލަތް އެކުވެގެން ޑްރާމާ ކުޅެނީ!! މަހޭ ކުޑަ ބަހެއް ބުނެލާފަ ހަނު ހުރީ. ޢޭނަ އަކީ އެހެން ހުންނާނެ މީހެއްނޫން. މަލީހު ބޭރު ކުރީ މުޅި ދައުލަތް ގުޅިގެން އެހެން ވީމަ އެގެ އަނެއް ދުވަހު އިނީ ޕީޕީ އެމް އާ އެކީ ޖަލްސާ ކުރަން...

  13. ރެފްރީ

    މޮޑެނީ ހަ މައެއްފުއްގަނޑެއް !

    15
  14. ބަބޫ

    ދެން ވާނީ އެހެން ވަރިންނަށްވެސް ވާގޮތް. ދުވަހަކުވެސް ތި މައްސަލަ ނުނިމޭނެ. އަދި އޭނަ މިހާރު އެ ޖެހުނީ ސިޔާސީ މަޅިޔެއްގައި. ދެން އަރިޔަކަށް ޖެހިލިޔަސް ވަގުތުން ދައުވާ. އެއީ މިހާރު މިސަރުކާރުން ޖަހާ މަޅި. އެމްޑީޕީ ނޫން އެހެން ޕާޓީތަކުގެ މެމްބަރުންނާ މިނިސްޓަރުން އަދި ލީޑާރޝިޕް މިގޮތަށް ނޭވާހޮޅީގައި ބައިތިއްބަނީ. އޭރުން ބޭނުންޖެހޭއިރަށް ބޭނުން ކޮށްލެވޭން.

    13
    1
  15. ާަސަމީމް

    އަނެއްކާ ޕީޖީ ސަލާ މއްވާނެބާ.

    12
  16. ކުޑަކަތީބު

    ކޮބާގާނޫނުހަދާކުދިންކޮޅު ؟؟ ބޮޑުޚިޔާނާތާގުޅުންހުރި އެ މްޑީޕީ މީހުންނަށް ދައުވާކުރު މާއި އެ މްޑީޕީގެ ޚިޔާނާތްތެރިންގެ ވާހަކަ ނޫސްތަކުގަލިއު މާއި އެވާހަކަދެއްކުން ޖިނާއީކުށެއްކަ މަށްހަދަން ގާނޫނެއްފާސްކުރަންއުޅޭ !! އެހެންނޫނީ އެވާހަކަދައްކާނެ!!

    16
  17. Anonymous

    ސަ ދޫ މު ތިކަން ދާނެގޮތް މާކުރިން އެގޭ ކުއްވެރިވަާ ނީ ރައްޔަތުން

    17
  18. ނާދިރާ

    މި ސަރުކާރުވެސް ނެތިދާނެ ދުވަހެއް އަންނާނެ

  19. ޙާލަތު

    މަހޭ އަދިވެސް ނެތިފައޮތީ ދޯ؟!!! މަހޭ އަރާއިރަށް އެމްޑީޕީ އިން ނުކުމެގެންދާނެ ކަމަށް މަހޭބުނީ. އެހެންމަ އަދިވެސް ހޭނާރަނީކަމަށް މިބަލަނީ... އެކަމަކު ދެން މި ދާވަރުންދަންޏާ ހީވަނީ އަދިވެސް އިތުރަށް ހޭނެތެނީހެން މީ. މަންޒަްރު ފެންނަނީ އެހެން ދޯ

  20. ފުޅާ

    މިސަރުކާރުގެ ތެދިވެރިކަން ނެތި ފެންނަބަޔަކަށް ޙުކުން ކުރަމުންދަނީ އިންސާފެއްނެތިއޭ ބުނަނީ މިހެންވެގެން.

  21. ރިޔާޒުބެ

    ދެން މަހުލޫފުގެ މައްސަލައެއް ކުރިއަކަށް ނުދާނެ މަހުލޫފު އެބުނީއެއްނު ތިމަންނައަކަށް އަންގަ މަޑުންލައިގެން ނިއިންދެވޭނެޔޯ .

  22. ހުސެންދީ

    ރޯޔަލް ކުއްޖެއް. އާދާގެ މީހެއްނަމަ ކާލާފިސް މިހާރު

  23. ޢބދ

    ކީއްވެބާ މިގައުމުގެ މީހުން މިހާ ގަމާރުވެގެން މިއުޅެނީ؟ ކޯސްޓް ކިރުގެ ޒަމާނުން މިކޮޅުގަ މިއުޅޭ މީހުންގެ ވިސްނާ ފިކުރު ކުރުމުގެ ބާރު ދެރަކަމާ ތިމާގެ ވަށައިގެންވާ ކަންތައްތަކުގެ ވާނުވާވެސް ނޭގޭކަންފާހަގަ ކުރެވޭ. މީ މިގައުމައްދިމާވެފައިވާ އެއްމެބޮޑު މައްސަލަ!!!!!!

  24. ޚާލިދު

    މަހުލޫފު މެންނަކާ ނުކުޅެވޭނެ މިސަރުކާރަކައް އެހާ ހިއްވަރެއް ނުހުންނާނެ