މާލެގައި މިހާރު އިއުލާންކޮށްފައިވާ ފުރަބަންދާއި އެއްގޮތައް ގދ.ތިނަދޫގައި ވެސް ފުރަބަންދު ބަސް ބޭނުންނުކޮށް ފުރަބަންދުކޮށްފިއެވެ.

ކޮވިޑް-19 އަށް ތިނަދޫން ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން އެޗްޕީއޭ އިން ވަނީ މިހާރު ތިނަދޫގައި ހަވީރު 16:00 އިން ފަތިހު 04:00 އަށް ކާފިއު ހިންގަން ނިންމާފައެވެ. އަދި އެހެން ވަގުތުތަކުގައި ވެސް ފުލުހުންގެ ޕޯޓަލް އިން ހުއްދަ ނަގައިގެން ނޫން ގޮތަކަށް ގެއިން ބޭރަށް ނިކުތުން ވަނީ މަނާކޮށްފައެވެ.

ތިނަދޫ ފުރަބަންދު ކުރަން އެޗްޕީއޭ އިން ނިންމީ އެރަށުގެ ހާލަތު ގޯސްވަމުން ދާތީ ރަށް ފުރަބަންދު ކުރުމަށް ތިނަދޫ އީއޯސީ އިން އެޗްޕީއޭގައި އެދުމުންނެވެ.

ތިނަދޫން 430 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. ނަމަވެސް އޭގެތެރެއިން ގިނަ މީހުން މިހާރު ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ. މިހާރު އެރަށުގައި ކޮވިޑް ޖެހިފައި ތިބީ 189 މީހުންނެވެ. މިއަދު 11 މީހަކު ތިނަދޫން ވަނީ ކޮވިޑަށް ފައްސިވެފައެވެ. ތިނަދޫން މިހާތަނަށް އެންމެ ގިނަ މީހުން ފައްސިވީ އިއްޔެ އެވެ. އިއްޔެ ތިނަދޫން 34 މީހުން ފައްސިވިއެވެ.

ތިނަދޫ ފުރަބަންދު ކުރަން އެރަށު ކައުންސިލުން ނިންމީ ކައުންސިލް ރައީސް އެކަމަށް ދެކޮޅު ހައްދަވަމުން ގެންދަވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނޭންގެ

    ތިޔަށްވުރެ ގިނަ ފުވައްމުލަކުން ވެސް ކޭސް ތަކާއި ފައްސިތައް، އެކަމަކު އޭގެ އެއްވެސް ވާހަކައެއް ނެތް! އެއީ ކީއްވެގެންތޯ

    6
    1
  2. ކެޔޮޅު2021

    ކުރީ ކައުންސިލަށްވުރެ މިކައުންސިލްގަ ބިގަރުން މަދު

  3. އަފޭ

    ކައުންސިލަކައް ވިޔަސް އަމިއްލަ އެދުންބޮޑު ވެއްޖެއްޔާ ރައްޔިތުންގެ ފުރާނައެއް މުހިއްމެއް ނުވާނެ ތިނަދޫގެ ކައުންސިލް ރައީސަކީ އެފަދަ މީހެއް އަދިވެސް ރީދޫ ކުލަ މުޅި ގައިގާ ލައިގެން ހިގަންވީ