21:35

ކޮވިޑް ޖެހިގެން މިއަދު ތިން ވަނަ މީހަކު ނިޔާވެއްޖެ.

21:33

ގދ. ތިނަދޫން އިތުރު 21 މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެ ރަށުން އެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 451 އަށް އަރައިފި

20:16

އައްޑޫސިޓީ ހިތަދޫން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު 100 އިން މައްޗަށް އަރައިފި

19:54

މިހާރު ދުނިޔޭގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 އަށް އިތުރު ފަރުވާއެއް އިންގިރޭސިވިލާތުން ހޯދައިފި

18:22

ހއ. ދިއްދޫއަށް ދިޔަ ބޯޓެއްގެ ފަޅުވެރިންތަކެއް ކޮވިޑް-19 އަށް ފައްސިވެއްޖެ

16:16

ފަލަސްތީނުން އިސްރާއީލާއި އެކު ވެފައިވާ ކޮވިޑް-19ގެ ވެކްސިން ހޯދުމުގެ އެގްރީމެންޓް ނިމުމަކަށް ގެނެސްފި

10:22

ކޮވިޑް ޖެހިގެން އިތުރު ދެމީހަކު ނިޔާވެއްޖެ.

08:42

ކޮވިޑް ޖެހިގެން އިންޑިއާގެ ލެޖެންޑް "ފްލައިން ސިންގް" މަރުވެއްޖެ.



ކޮވިޑް-19 އާއިއެކު ދިވެހިންނަށް ވެސް ހޭދަކުރަން ޖެހިފައި ވަނީ ދަތި ދުވަސްތަކެކެވެ. ބަލި ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކޮށްފައި ވަނީ މީހުންގެ އާމްދަނީ އަށެވެ. އެތައް ވިޔަފާރިއެއް މިހާރު ވެސް ބަނގުރޫޓް ވެއްޖެއެވެ.

ކެފޭތަކާއި ރެސްޓޯރެންޓްތައް ވަނީ ބަންދުކުރަން މަޖުބޫރު ވެފައެވެ. ފިހާރަތަކުން ވިޔަފާރި ކުރެވޭނެ ވަގުތުތައް މަދުކުރުމުން އެކަމުގެ އަސަރު ވެސް ވަނީ ވިޔަފާރިތަކަށް ކޮށްފައެވެ. ކުދިކުދި ފިހާރަތަކަށް އެކަށީގެންވާ ގޮތަކަށް ޑެލިވަރީގެ ހިދުމަތްތައް ދެވެން ނެތުމުން މިހާރުގެ ހާލަތައް ބަލާއިރު ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.

މާލޭގައި ކާފިއު އިއުލާން ކޮށްފައި އޮތުމުން މީހުންގެ އާމްދަނީއަށް އަސަރު ކުރުމުން ޖުމްލަކޮށް ހުރިހާ ވިޔަފާރިއަކަށް ވެސް ވަނީ ގެއްލުމާއި ކުރިމަތިލާން ޖެހިފައެވެ.

އެހެންކަމުން މިއަޑިގަނޑުން އަރައިގަތުމަށް އިތުރު ހިތްވަރަކާއި އިތުރު އެހީތެރިކަމެއް މިވަނީ ބޭނުން ވެފައެވެ.

މިވަގުތަށް ބަލާއިރު ކުޑަ ނަމަވެސް ހިތްހަމަޖެހުމެއް ލިބެން އޮތީ ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުތައް މަދުވަމުން އަންނާތީއެވެ.

މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވީ 142 މީހުންނެވެ.

މިއަދު މާލެ އިން ކޮވިޑަށް ފައްސިވީ 51 މީހުންނެވެ. މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ފައްސިވީ 88 މީހުންނެވެ. ރިސޯޓްތަކުން ދެމީހުން އަދި ސަފާރީއަކުން އެކަކު މިއަދު ފައްސިވިއެވެ.

މިއަދަކީ އޭޕްރީލް މަހުގެ 17 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ އަދަދު މަދުވިއިރު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ އަދަދު ވެސް މިއަދު މަދެވެ. މިއަދު 3520 މީހުންނެވެ. މިއަދަކީ މެއި މަހުގެ 16 ވަނަ ދުވަހަށް ފަހު އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑަށް ޓެސްޓް ކުރި ދުވަހެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވީ %4 މީހުންނެވެ. އެހެންކަމުން މިއަދަކީ އޭޕްރީލް މަހުގެ 14 ވަނަ ދުވަހަށް ފަހު ކޮވިޑަށް ފައްސިވި މީހުންގެ ނިސްބަތް އެންމެ ދަށަށް ދިޔަ ދުވަހެވެ.

ކޮވިޑް ޖެހިފައި މިހާރު ތިބި މީހުންގެ އަދަދު ނުވަތަ އެކްޓިވް ކޭސްގެ އަދަދު ވެސް މިއަދު ވަނީ 6106 އަށް މަދުވެފައެވެ. މިއަދަކީ މެއި މަހުގެ 03 ވަނަ ދުވަހަށް ފަހު ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު އެންމެ މަދުވި ދުވަހެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ކޮވިޑު އަދަދު ދަށަށް ، ވިޔަފާރި ދަށަށް ، ގައުމުގެ ހާލަތުދަށަށް ، އަތޮޅުތެރޭ މީހުން ރަށަށްނުދެވި މާލެދަށުވެ ބަނދެވިފަ ކާނެ ބޯނެ އެއްޗެއްނެތް ، ސްކޫލް ކުދިންނަށް ޗުއްޓީ ރަށަށް ދާން ހުއްދައެއްނެތް ، ވަޒީފާގަ އުޅޭތަނުން ޗުއްޓީ ދީފި ، ރަށަށްދާން މައިމޫނާ ހުއްދަ ނުދޭ ، ރަށުގަހުރި އަނބިމީހަ ރަތަށް....

  2. ރާޖަ

    ޓެސްޓް ކުރާ މަދުކޮށް ފަައްސި އަދަދު މަދުކަމަށް ބުނާތި އިހްސާސްވަނީ މިވެސް ކުޅޭ ކުޅިވަރެއް ހެން. ޓެސްޓް ނުކޮށް ބަލަ އޭރުން ފަައްސި ރިޕޯޓްގައި އޮންނާނީ ސުމެއް.