ކޮންމެ ދިވެއްސަކީވެސް، ދޮންބަންޑާރައިން މި ގައުމު ހޮޅީންގެ ފަރާތުން ސަލާމަތް ކުރުމަށް ކުރެއްވި މަތިވެރި ޖިހާދުން އިބުރަތާއި ހިއްވަރު ލިބިގެން، ދިވެހި ގައުމު ސަލާމަތްކުރަން މަސައްކަތްކުރާ ދިވެހި ދަރިއަކަށް ވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ގޮވާލައިފިއެވެ. މައުމޫން އަބްދުލް ޤައްޔޫމް މިހެން ވިދާޅު ވެފައިވަނީ ހުރަވީ ދުވަހާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

ހުރަވީ ދުވަހަކީ އައްސުލްޠާން ޣާޒީ ހަސަން އިއްޒުއްދީން ހުރަވީ (ދޮންބަންޑާރައިން) މަލާބާރީން (ހޮޅީން) ނާއި ހަނގުރާމަކޮށް ދިވެހީންނަށް މިނިވަންކަން ލިބުނު ދުވަހެވެ. މައުމޫން އަބްދުލް ޤައްޔޫމްގެ ބަޔާނުގައި ބުނެފައިވަނީ ހުރަވީ ދުވަހަކީ އަޅުގަނޑުމެން ތާރީހުން އިބުރަތް ލިބިގަންނަން ޖެހޭ ދުވަހެއްކަމަށެވެ.

"ދިވެހި ކޮންމެ ދަރިއަކީވެސް އެމަނިކުފާނު ފަދައިން ޤައުމަށް ޓަކައި، ޤައުމުގެ ކޮންމެ ގޮވާލުމަކަށް އިޖާބަދޭން ތައްޔާރަށް ހުރި މީހަކަށް ވާން ޖެހެއެވެ. ހުރަވީ ދުވަހަކީ ޤައުމުގެ ކަންކަމާމެދު ވިސްނާ ފިކުރުކޮށް، ޤައުމަށް ހެޔޮ ބަދަލުތައް ގެނައުމަށް އަޒުމު ކަނޑައަޅަންވީ ދުވަހެއްވެސް މެއެވެ. މިއަދު އަޅުގަނޑުމެންގެ ޤައުމުގެ ކަންތައްތައް މިހުރީ ވަރަށް ގޯސްކޮށް ކަން ޤައުމަށް ހެޔޮއެދޭ ކޮންމެ ރައްޔިތަކުވެސް ޤަބޫލު ކުރާނެކަން ކަށަވަރެވެ." ރައީސް މައުމޫންގެ ބަޔާނުގައި ވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޤައުމެއް ޤައުމެއްގެ ގޮތުގައި އޮންނާނީ ޢަދުލު އިންސާފާ ޤާނޫނުގެ ހުކުމް ހަމަހަމަ ކަމާއިއެކު ދިވެހި ރައްޔިތުންނަށް ލިބިގެން ކަމަށެވެ. އަދި މިސަރުކާރުގައި ވައްކަމާއި ކޮރަޕްޝަނާއި އަނިޔާވަނީ އިންތިހާއަށް އިތުރުވެފައި ކަމަށެވެ. ހަމައެއާއިއެކު، ދިވެހި ރައްޔިތުންގެ ކިބައިން ނިގުޅައި ގަންނަމުން މިދާ ސިޔާސީ އަދި މަދަނީ ހައްޤުތައް ރައްކާތެރިކޮށް، ޤައުމު ބިނާ ކުރުމަށް ޓަކައި ޤައުމާއި ރައްޔިތުންގެ ތަރައްޤީ ގެނައުމަށް ޓަކައި ދިވެހި ރާއްޖެއަށް ދެމެހެޓެނިވި ހަމަޖެހުމެއް ގެންނަން ދިވެހި ކޮންމެ ރައްޔިތަކަށް މިވަނީ މަޖުބޫރު ވެފައި ކަމަށެވެ.

ބަޔާން ނިންމާލަމުން އެމަނިކުފާނު ގޮވާލައްވާފައިވަނީ ދޮންބަންޑާރައިން ޤައުމު ހޮޅީންގެ ފަރާތުން ސަލާމަތް ކުރުމަށް ކުރެއްވި މަތިވެރި ޖިހާދުން އިބުރަތާއި ހިއްވަރު ލިބިގަން ގައުމު ސަލާމަތްކުރަން މަސައްކަތްކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ދޮނަބަންޑާރަ

    ހާދަ ލަސްފުޅުވީ. މިހާރު ވަގުތުފާއިތުވެއްޖެ

  2. ދޮންބެ

    މައުމޫން 30 އަހަރު ވެސް ތިޔަބުނާ ދޮންބައްޑާރައިން އުލޭ ނެ ދޯ

  3. ހުސޭނުބެ

    ދޮންބަންޑާރައިންނާ މިހާރު ދިމާ ވެގެން މިއުޅޭކަންކަމާ ހާސް ތަފާތު، ވެރިކަމާހެދީ ކޮއްކޮއަށް ހަސަދަފިލުވަނީ. މައުމޫނުއަކީ އިޚްލާސްތެރި މީހެއްނަމަ ވަރަށް އަބުއިކޮށް މިގައުމުގަ އުޅޭނީ.

  4. ާްއެކަމަކު

    ޢެހެންވެންތޯ ތިޔަގޮތައް ތިޔަ އުޅުއްވަނީ

  5. ާބޫސުފުޔާން

    ޢެހެނވީމާ ކަލޭމިގައޮމާދޭތެރޭގާ ވިސްނާފަހުރީ މާދަރީދުވަހުއެކަނިތާކަލޭގެއަނިއާވެރިވެރިކަންވެސް ފާހަގަކުރަންޖެހޭނެ...އަހަރެމެންނައް ހާދައަނިއާއެކޭކަލޭ ދީފަހުރީ

  6. ާބޫސުފުޔާން

    މައުމޫން ކަލޭއަދުލްއިންސާފު ގާއިމް ކުރިވަރުން އެތައްބަޔަކު ޖަލުގާހަނާވި ރާއްޖެތެރޭމީހުން މާލެއަޔަނުދީ..ރަށުބަންދުގާބޭތިއްބީ ރާއްޖޭގާ މީހުންގިނަކަމުން ދޭތެރެ ދުރުކުރާބޭސްކާންދިނީ ކާކުތަތީ މާތާހިރެއްނޫން ކަލޭއަނގަ ދަމާކައް

  7. ތުއްތަފާ

    މައުމޫންގެ ހުދުމުހުތާރު ވެރިކަން އެމްޑީޕީ ކުދިންނަށް ހަނދާން ނެތުނަސް އަހަރެމެން ހަނދާނެއް ނުނެތޭ. ކޮބާ ޖަލުގައި ދިން އަނިޔާތައް. ކޮބާ ބާރަ ތޭރަ. ސިޔާސީ ކުޅިވަރު ފެށުން އިރު ފުލުހުންނާ ސިފައިން ނެރެގެން ކުރި އަނިޔާތައް އެމްޑީޕީ ކުދިން ހަނދާން ނެތި ދިޔައީބާ.

  8. ރުޅިއާދޭ

    ބޮޑު ބާޣީ ގައްދާރު ކީކޭ ކިޔާކަށް. ގައުމު ހަލާކުކޮށްލާފަ. ރިޝްވަތުގެ އައްޕަ

  9. ޢަންމަޑޭ

    ތެދެއް، ދޮންބަންޑާރަ ހެދިގެން ޖަލުގަ އޮންނަން ދާންވީ ހުރިހާ ދިވެހިން...

  10. ސުމެއް

    ވަންސް އަޕޯން އަ ޓައިމް ..... ދިވެހިން މައުމޫނު ބުނާ ވާހަކަ އަޑުއަހާފާނެ ބަޓް ނޮޓް ޓުޑޭ

  11. ަބަސް

    މަނިކްފާން ތިޔަހީފުޅު ކުރައްވަނީ މުޅިން ރަނގަޅަކަށް ނޫކަމަށް އަޅުގަނޑު ގަބޫލުކުރަނީ ދެވެހި ގައުމުގެކެ ލޯބިވާ ހުރިހާ ރަށްޔިތުންނަކީ އަބަދުވެސް ދޮންބަންޑާރައިންނެވެ. އެކަން ވަރަށް ރަނގަޅަށް ތާރީޙް ހެކިދެއެވެ. އިތުރަށް މޮޅު ވާހަކަފުޅެއް ދައްކަވައިގެން މަގުމައްޗަށް ނިކުންނާނީ ގައުމުދެކެ ލޯބިނުވާ މީހުންކަމުގައި ދަންނަވަމެވެ.

  12. ހުސޭނުބޭ

    30 އަހަރުގެ ވެރިކަންކުރަން ލިބުމުން ދޮންބާޑައިންނަށް ނުވެ ހިޓްލަރުހެދިގެން އުޅެފައި މިހާރު ކިޔަން އެނގުނު އެއްޗަކީ ތިއީދޯ!

  13. އަން

    މައުމީނިޒަމް މިގައުމުން ފައްސާލުމަށްޓަކާ ދޮންބަންޑާރައިން ފަދައިން މައުމޫންއާ ދެކޮޅަށް ނުކުންނަމާ ބަހީ

  14. ކާޅުކެއަސް ސޮއްނުގޮވާ

    މައުމޫނު އަދިވެސް ބޭނުންވަނީ އާރާއި ބާރާ ދިވެހި ޤައުމުގެ ތަޚުތުގެ ރެދެލިކަން ހަމައެކަނި ތިމާ އާއި ތިމާގެ ޢާއިލާ އަށް ދެމިގެން ދިއުމަށް . އިންސާނެއްގެ ހިތެއް ނުފުރޭނެ ކަނޑުގެ އަޑި ފުރުނަސް .މުސްކުޅީވީ ދުވަހުވެސް ލިބުނު ޝަރަފާއިގެން ރީތި ގޮތުގަ ގޭގައި ހުރިނަމަ ކިހާ މީހުން ޤަދަރުކުރީސް

  15. ސާރުދާ

    މަގޭ އުމުރުގައިވެސް ނުދެކެން މިހާ ނުބާ ނުލަފާމީހެއް މަގޭ ކާފަ ނައިފަރު ދޮހޮންކޮ ބަންދުކޮން އަރުވާލީ މި ނުލަފާ ކަލޭގެ ކާފަ ބުނިހާވެސް އެއްޗަކީ މި ވެރިކަންނޫން އެހެއް ވެރިކަމެއް ދެކެއް ބޭނުމޭ މަރުވުމުގެ ކުރިން އެހެއް ބުނެގެން މި ނުލަފާ ކަލޭގެ ކާފަ ޖަލަންގެސްގޮސް ހުކުން ޖަހާ 3 އަހަރަން އަރުވާލި ބޭގަޑު