ސަރުކާރުން މިހާރު އިއުލާންކޮށްފައިވާ ފްލެޓްތަކަށް ފޯމް ހުށަހަޅާއިރު އުފަންދުވަހުގެ ސެޓްފިކެޓް ހުށަހަޅަން ޖެހޭތީ ޝަކުވާ ބޮޑުވެފައި ވަނިކޮށް އެކަމުގައި ލުއިތަކެއް ދޭން ހައުސިން މިނިސްޓްރީ އިން ނިންމައިފިއެވެ.

ހައުސިން މިނިސްޓްރީ އިން މިހާރު ނިންމާފައި ވަނީ ފްލެޓް ފޯމް ހުށަހަޅާއިރު އުފަންދުވަހުގެ ސެޓްފިކެޓް ހުށަހަޅަން ޖެހޭނީ ހަމައެކަނި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުން ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ނިންމާފައި މިވަނީ، ދަފްތަރަށް ކަނޑައަޅާފައިވާ ކެޓަގަރީއަށް ކުރިމަތިލާ މީހުން ފިޔަވައި، ދެން ފްލެޓަށް ކުރިމަތިލާ އެއްވެސް ފަރާތަކަށް އުފަންދުވަހުގެ ސެޓްފިކެޓް ހުށަހަޅަން ނުޖެހޭގޮތަށް" ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މީގެ އިތުރުން ފްލެޓަށް އެދޭއިރު، އެ މީހެއްގެ ބޭންކް ސްޓޭޓްމަންޓު ހުށަހަޅަން ޖެހޭތީ މި ލިއުން ހޯދަން ގިނަ އަދަދެއްގެ ބަޔަކު ބޭންކްތަކުގައި ކިޔޫ ޖެހޭ ކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ހައުސިން މިނިސްޓްރީ އިން ވިދާޅުވެއެވެ. އެމިނިސްޓްރީ އިން ވިދާޅުވީ ޑައުންލޯޑްކޮށްގެން ހުށަހަޅާ ބޭންކް ސްޓޭޓްމެންޓް ވެސް ބަލައިގަންނާނެ ކަމަށެވެ.

ސަރުކާރުން މިހާރު ގެންދަނީ 17 ގެޓަގަރީއެއްގެ މީހުންނަށް ފްލެޓް ދޫކުރުމަށްޓަކައި ފޯމް ބަލައިގަންނަމުންނެވެ.

ފްލެޓަށް އެދި ކުރިމަތިލާ ފަރާތްތަކުގެ ފޯމް ބަލައިގަންނާނީ އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

ހުޅުމާލޭގައި އިމާރާތް ކުރާ ފްލެޓްތަކަށް ކުރިމަތިލާން ހުޅުވާލުމުން ގާތްގަނޑަކަށް 50000 ފޯމު ވަނީ ނަގައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ަީައީސަ

  ޔާމީނު ބޭނުމެއް ނުވޭ 40އަހަރުން މަތީމީހުން އަދި ކަިވެނި ނުކޮށް ތިބޭ މީހުންގެ ވޯޓެއް!

 2. ޕްލީސް

  ތިއީ ލުއެއްކަމަކަށް ނުބެލެވޭނެ.. ދަފްތަރުގަ ތިބިމީހުންގެތެރެއިން ގިނަވާނީ މެދުއުމުރުގެ މީހުން އެމީހުންގެ ގިނަމީހުންގެ އުފަންދުވަހުގެ ސެޓްފިކެޓް ނުއޮންނާނެ.. މިހާރު ތިހެދިގޮތުން ތަފާތު ތިކުރެވެނީ.. ވީމާ ދަފްތަރުމީހުންނަވެސް އުފަންދުވަހުގެ ސެޓްފިކެޓް ހޯދަން މަޖުބޫރުކުރުން އެދެވެނީ... އައިޑީކާޑަކީ ހުރިހާ މައުލޫމާތެ ހުރިއެއްޗެ.. ދެން ކީއްކުރާ ސެޓްފިކެޓެއްބާ... ދަފްތަރުގެ ރަޖިސްޓްރީގަ އެބައޮތް އެމީހަކު ކުރިން ރައްވެހި ވެފަވާ ރަށުގެ މައުލޫމާތު.. ދެން އެރަޖިސްޓްރީވެސް އޮއްވާ ތިސެޓްފިކެޓުގެ އުފަނގޫ ނުޖައްސާ... ޕްލީސް.. ހައުސިން މިނިސްޓަރު.. ވިސްނާ މިފުރުސަތު އަޅުގަނޑުމެންނަށް ގެއްލުވާ ނުލައްވާ.. ތިސެޓްފިކެޓެނެތިގެން...

  • އަޔާޒު

   އުފަންދުވަހުގެ ސެޓިފިކެޓަކީ ހެއްދޭ އެއްޗެއް. ގެއްލިއްޖެނަމަ އެކަމަށް އޮންނަ ފޯމު ފުރާފައި 2ރގެ ސްޓޭމްޕަކާއި އެކު ހުށަހެޅީމާ އެމީހަކު ރައްވެހިވެފައިވާ ރަށަކުން ކަމާބެހޭ އިދާރާއިން ހައްދައިދޭނެ.

 3. ޢުންބެ

  ތީމިގައުމުގަ ވެރިޔައަކައް ހުއްނަމީހަކު ވޯޓްހޯދުމައް ކުޅޭކުޅިވަރަކައްވެފަ އޮއްނަކަމެއްމިޙާރު ތިފުލެޓްތައްދިނުމަކީ ތިކަމައްގާނޫނެއް ގަވާއިދެއް ނަހަދަނީ އެމީހުންބޭނުންވާގޮތަކައް ގެދޮރުނެއްނިކަމެތިންނާކުޅެލުމުގަބޭނުމުގަ ދެންވޯޓްލާދުވަސްކާރިވީމަ ގުޅާނެ ފުލެޓްއެދިފަ އޮތީމަގުޅާލީޔޯ ކޮބާކިހިނެންހޭމިހާރުއޮތީ.

 4. އައްޔަ

  ދަފްތަރުގައި ތިބި މީހުންނަކީ ދިވެހިންނެއްނޫންތޯ.