އެމްއެމްޕީއާރްސީގެ ފައިސާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފަށް ލިބުނުކަން އޭސީސީގެ ތަހްގީގަށް ސާބިތުވެގެން އެމައްސަލައިގައި ދައުވާކުރަން ފޮނުވުމާއިއެކު އޭސީސީގެ ރައީސް އައިޝަތު ޝިއުނާ އާއިމެދު ހިތުގައި އުފެދިފައިވާ ޝުއޫރުތައް މިނިސްޓަރ މަހްލޫފް މިއަދު ބޭރުކުރައްވައިފިއެވެ.
މަހްލޫފްގެ މައްސަލައިގައި ފުރިހަމަ ނުވާކަންކަން ފުރިހަމަ ކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދެފަހަރެއްގެ މަތިން އޭސީސީއަށް އަންގާފައި ވާނެ ކަމަށް ޕީޖީ އޮފީހުން މިއަދު ވަނީ ވިދާޅުވެފައެވެ. މަހްލޫފްގެ މައްސަލައިގައި އޭސީސީ އިން ކަންތައް ކުރަމުންދާ ގޮތައް އިޝާރާތް ކުރައްވާ މަހްލޫފް ދެންމެ ކުރެއްވި ޓްވީޓެއްގައި އޭސީސީ އިން ޕީޖީއަށް މައްސަލަ ފޮނުވުމަށްފަހު ބަޔާނެއް ނެރެފައި މައްސަލަ އަނބުރާ ފޮނުވާލުމުން ހަނު ތިބޭތީ ވަނީ ފާޑުވިދާޅުވެފައެވެ.
މަހްލޫފް ވިދާޅުވީ ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނުކޮށް މިއީ ކުޅޭ ކުޅިވަރަކަށް ނުހެދޭނެ ކަމަށެވެ. "ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނުކޮށް މިއީ ކުޅޭ ކުޅިވަރަކަށް ނުހެދޭނެ. އަޅުގަނޑަކީ ޝިއުނާ ކުޅެންގެންގުޅޭ ބޯޅައެއްނޫން." މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފް ވަނީ ކަންކުރަން ނޭގެންޔާ ޝިއުނާ އިސްތިއުފާ ދެއްވީމަ މާރަނގަޅުވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
މައްސަލަ ފޮނުވަމުން ACC އިން ބޮޑު ބަޔާނެއް ނެރެފަ،އަނބުރާ ފޮނުވާލީމަ މިތިބެނީ ހަނު.
ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނުކޮށް މިއީ ކުޅޭ ކުޅިވަރަކަށް ނުހެދޭނެ
އަޅުގަނޑަކީ ޝިއުނާ ކުޅެންގެންގުޅޭ ބޯޅައެއްނޫން،ކަންކުރަން ނޭގެންޔާ އިސްތިއުފާ ދެއްވީމަ މާރަނގަޅުވާނެ. https://t.co/hYemixEaX8
— Ahmed Mahloof (@AhmedMahloof) June 19, 2021
އޭސީސީ އިން މިދިޔަ ހަފްތާގައި ނެރުނު ބަޔާނުގައިވާ ގޮތުން، މަހްލޫފްގެ މައްޗަށް ރިޝްވަތުގެ ދައުވާ ކުރަން ފޮނުވަން ނިންމީ ޕީޕީއެމްގައި ހުރިއިރު ސަރުކާރާ އެއްކޮޅަށް މަޖިލީހުގައި ބިލެއް ފާސް ކުރުމަށް ވޯޓް ދިނުމުން އޭނާގެ އެކައުންޓަށް 33،000 އެމެރިކާ ޑޮލަރު އެސްއޯއެފް އެކައުންޓުން ޖަމާކޮށްފައިވާ ކަން ތަހުގީގަށް ފާހަގަވެގެނެވެ.
މި ފައިސާ މަހްލޫފްގެ އެކައުންޓަށް ޖަމާކުރިއިރު އޭނާ ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު ކަމުގައެވެ.
އޭސީސީގެ ބަޔާނުގައިވާ ގޮތުން، މަޖިލީހުގައި ނެގުނު ވޯޓަށް ފަހު ޚިޔާނާތުގެ މޭސްތިރިޔާ ކަމުގައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ދެމެދު ބަދަލުކޮށްފައިވާ މެސެޖްތަކުންނާއި މަހްލޫފްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ތާރީޚުން އެއީ ޚިޔާނާތުގެ ފައިސާ ކަން ތަހުގީގަށް ފާހަގަވާން އޮތް ކަމުގައެވެ.
މި ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ ގާތްގަނޑަކަށް ހަތް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އޭސީސީގެ ބަޔާނުގައިވާ ގޮތުން، ދޮގު ބަޔާނެއް ނުވަތަ ދޮގު މައުލޫމާތެއް ދިން ކަމުގެ ކުށުގެ ދައުވާ މަހްލޫފްގެ މައްޗަށް ކުރަން ފޮނުވަން ނިންމީ އޭނާއަށް ލިބިފައިވާ ފައިސާގެ އަސްލު އޮޅުވާލުމުގެ ގޮތުން އެއީ އޭނާ ޑޮލަރު ގަތް މުއާމަލާތެއްގެ ގޮތުގައި ދެއްކުމަށް ލިޔެކިއުންތަކެއް ހުށަހެޅުމުންނެވެ.
މި ގޮތުން އޭސީސީއަށް މަހްލޫފް ހުށަހަޅާފައިވާ "ޕޭމަންޓް ރިސީވްޑް" ލިޔުމަކާއި، އެ ޑޮލަރަށްވާ ފައިސާ ނަގުދު ފައިސާއިން އެސްއޯފްއާ ހަވާލުކޯށްފައިވާނެ ކަމަށް މަހްލޫފް އެ ކޮމިޝަނަށް ފޮނުވި ސިޓީއަކީ ހަގީގަތް އޮޅުވާލުމަށް ޓަކައި ކުރި ކަމެއް ކަން ތަހުގީގަށް ފެންނަން އޮތް ކަމުގައިވެއެވެ.
ރަސްމީ މަގާމެއްގައި ހުންނަވައިގެން ތަހުގީގީ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ކުށުގެ ދައުވާ މަހްލޫފްގެ މައްޗަށް ކުރަން ފޮނުވިއިރު، ގާނޫނުލް އުގޫބާތުގައިވާ ގޮތުން މިއީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ.
މި ކުށުގެ އަސާސީ އަދަބަކީ، ގާނޫނުލް އުގޫބާތުގައިވާ ގޮތުން، ހަ މަސް ދުވަހާއި އެއް އަހަރު ދުވަހާ ދެމެދެވެ.
މަހްލޫފްގެ މައްސަލަ އޭސީސީ އިން ޕީޖީ އަށް ފޮނުވުމުން އޭނާ ހުރީ ދައުލަތުގެ މަސައްކަތްތަކުން އެކަހެރިކޮށްފައެވެ.
ތީ ކަތިލަން ގެންގުޅުންކަނބަޅިއެއް ނޫންތެ؟ އަޅޭ
ޝިއު ނާ އެ ނބުރެ ނީ ވަކި ބަޔަކު ބު ނާގޮތަށް .. ކޮބާ އި ންސާފު
ދެމީހުން ބޯޅަކުޅެންޏާ އަންގާލައްޗޭ! އަހަރެމެން ނިކަން ބޯޅަކުޅޭތަން ބަލާހިތްވޭ!
ކުޅިވަރަކަށް ހެދީމަ ރަނގަޅެއް ނޫންތޯ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރަށް؟
ރަގަޅު. ދައުވާ ކުރައްވާ
ރޔ އަށް އެކަނި ފުޓްބޯޅަ އަކަށް ހަދައިގެއް ކުޅެވެނީ .
ހަމަ މިމައްސަލައިގައި ޔާމީނާ، މަހުލޫފު އެކަނި ކުއްވެރިކޮށް އަދުންކޮޅެއްވިއްޔާ ނުވަތަ ޕާޓީ މީހަކުވެއްޖިއްޔާ ހުދުފޮތިކޮޅަކަށް ހަދައި އޮޅުވާލަން އުޅުނަސް ޝިއުނާއަކަށް އޮޅުވައެއްނުލެވެނެ
ނުކުޅެވޭނެތީ މިނިސްޓަރުކަންދީފަ އެހުރީ
ކުޅެން ނުކެރިގެން މިނިސްޓަރުކަންދީފައެހުރީ
މަހުލޫފް އަކީ ބޯޅައެއްކަން އަދި ކިރިޔާ މި އެނގުނީ
ހެހެހެހެހެ
.ސިއު ނާދެކެ ރުޅިއަޔަސް ތިއޮތީ އަތައްގޮވާފަ..
މިނިސްޓަރ މަޙްލޫފްގެ އަބުރަށް އަރައިގަނެ ތިޔަ ހިންގާ ހަޑި ހުތުރު ޢަމަލު ކުށްވެރި ކުރަން. އަދި މަޙްލޫފްގެ އަބުރަށް އަރައިގަތް އެންމެންނަށް ދަޢުވާވެސް ކުރަންޖެހޭނެ. އޭގެތެރޭގައި ލަންކާ އމބސގ ބަޔަކު ތަކެއްވެސް ހިމެނޭކަމުގެ މައުލޫމާތު ތުންތުންމަތިން އިވެންފަށައިފި. ހަނދާންކުރާތި މނނ!
ކޮބާ މިގޯސްވީ ސިއުނާއެއް ނޫ ން މީ ރާއްޖޭގަވާ ނެ ވަރަކީ ....މަހުލޫފު މެން ލަދު ނުގަނޭ....މި ޕީޖީ ހުރެގެން މި ރާއްޖޭގަ އެއްވެސް ކަމެއް ރަނގަޅު ނުވާނެ ބަލަންތިބޭ....
ކަލެޔަކައް ނުކެރޭނެ އިސްތިއުފާ ދޭކައް.
ހިއްވަރެއް ހުރިއްޔާ އިސްތިއުފާ ދީބަލަ،
ތިދެން ކޯޗެއް؟ ޕަޕެޓެއް؟؟؟
މައުލޫފް، އަލީ ވަހީދު، އަދީބު ފަދަ ތެދުވެރި ، އެއްވެސް އަމިއްލަ އެދުމެތް ނެތް އިޚްލާސް ތެރި، ޚިދުމަތްތެރިންނަށް ދައުވާ ކުރުން އެއީ ސިޔާސީ ގޮތުން ކަތިލުން.
ކަލޭސީދަާ މަގުގަ ހު އްޓާ ކުރަާ ތުހުމަތެ އް ވި އްޔަާ ސާބިތު ކޮށް ދިީ
ތީހައްތާވެސް އެކިވައްތަރުގެ ފިލްމު ކުޅޭބައރ