އައްޑޫ ސިޓީ ހުޅުމީދޫ މޮނިޓަރިން އުވާލައިފިއެވެ.

ކޮވިޑް-19 އަށް ބަޔަކު ފައްސިވުމުން ހުޅުމީދޫ މޮނިޓަރިންގެ ހާލަތައް ގެނެސް އެރަށަށް އަރައި ފޭބުން މަނާކުރީ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު އެވެ. އެރަށުގެ މޮނިޓަރިން އުވާލާފައި މިވަނީ އެރަށުން ކޮވިޑް-19 އަށް ފައްސިވި އެންމެ ރަނގަޅުވެ، އަދި ބަލި ރަށުތެރެއިން ނުފެންނަ އިރުވެސް މޮނިޓަރިންގައި އޮތުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާއި އަބޫބަކުރު އައްޑޫ ސިޓީ ކައުންސިލަށް ފޮނުވި ލިޔުމެއްގައި ވިދާޅުވެފައި ވަނީ އާއްމު ސިއްހަތުގެ ގާނޫނުގެ ދަށުން ބަލަން ކަނޑައެޅުނު ކަންތައްތައް ބެލުމަށް ފަހު ރަށުގެ މޮނިޓަރިން ހާލަތު މިއަދު ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

އައްޑޫ ސިޓީގެ އެހެން ހުރިހާ ރަށެއް އޮތީ އަދިވެސް މޮނިޓަރިންގައެވެ. ނަމަވެސް މިހާރު ކޮވިޑަށް މީހުން ފައްސިވަމުން ދަނީ ހިތަދޫން އެކަންޏެވެ.

އައްޑޫން ފައްސިވި މީހުންގެ އަދަދު ވަނީ 403 އަކަށް އަރާފައެވެ. އެހެން ނަމަވެސް މިވަގުތު އެ ސިޓީގައި ބަލި ޖެހިފައި ތިބީ 97 މީހުން ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އައްޑޫން ބަލި ޖެހުނު މީހުންގެ ތެރެއިން 304 މީހަކު ބަލިން ފަސޭހަވެފައިވާއިރު، އެކަކަށް މިވަގުތު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އައްޑޫން މި ބަލީގައި މިހާތަނަށް ދެ މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝިރޯ

    މިރަށުގެ މަގުތައްހަދާފައި މިވަނީ މިސަރުކާރުން ކިހާ ރަގަޅު ކިހާ އަވަސް އަދިވެސް ކިޔާނެ ނުވެޔޭ ނުކުރެޔޭ ލޮލެއް ހުރެގެންނޫން ފެންނާނީ މިކަމުގައިވެސް އިބޫ ފެއިލްވީތަ؟

  2. އިލްޔާސް

    އައްޑޫ ސިޓީގައި ހުޅުމީދޫ އޮންނަނީ ކޮންތާކު؟
    އައްޑޫ ސިޓީގައި އޮންނަނީ -- ހުޅުދޫ -- މީދޫ މިދެރަށް.