ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސައާ ދެކޮޅަށް ފުލުހުންނަށް މައްސަލަ ހުށަހަޅުއްވައި ބަޔާން ދެއްވީ ޖަޒުބާތުގައި ޖެހިގެން ކަމަށް ވިދާޅުވެ، ދައުވާ ކުރިއަށް ނުގެންދަން ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުގައި އެދިވަޑައިގެންފިއެވެ.

އަސްރާގެ ސިޓީއެއް މިއަދު ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ލިބިފައި ވަނީ މިއަދުގެ ވަގުތެއްގައެވެ.

އަސްރާގެ ސިޓީއެއް ޕީޖީ އަށް ލިބުނު އިރު، އީސަގެ މައްޗަށް އުފުލާފައިވާ އަނިޔާއެއް ދިނުމުގެ ދައުވާގެ ފުރަތަމަ އަޑުއެހުން އަންނަ ހޯމަ ދުވަހަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލްކޮށްފައެވެ. އަދި އަސްރާގެ ސިޓީގައި އެދިވަޑައިގެންފައި ވަނީ މައްސަލަ ކޯޓުގައި ކުރިއަށް ނުގެންގޮސް ނިންމާލުމަށެވެ. ސަބަބަކީ އެ މައްސަލައިގައި އީސަގެ މައްޗަށް ޝަރީއަތުން ހުކުމެއް އައުން އިންސާފުވެރި ނޫން ކަމަށް ވިދާޅުވެއެވެ.

އަސްރާ ވިދާޅުވީ އީސައާ ދެކޮޅަށް ގެވެށިއަނިޔާގެ މައްސަލައެއް ހުށަހެޅީ ހިލޭ އަންހެނަކާ ގާތް ގުޅުމެއް ބާއްވާކަމަށް ތުހުމަތުކުރެވިގެން އެކަމާ މެދު އުފެދުނު ދެބަސްވުމެއްގައި ކަމަށެވެ. މިކަމުގައި ފުލުސް އޮފީހަށް ގޮސް ބަޔާން ދިނީ ޖަޒުބާތުގައި ކަމަށް ވެސް އަސްރާ ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވި ގޮތުގައި މައްސަލަ ހުށަހަޅައި ފުރަތަމަ ދެއްވީ ސައްހަ ބަޔާނެއް ވެސް ނޫނެވެ.

އޭނާ އާއި ދަރިފުޅަށް، އީސަ ގެވެށި އަނިޔާކުރި ކަމަށް ވިދާޅުވެ ބަޔާން ދެއްވުމަށް ފަހު، އަސްރާ ވަނީ އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ފުލުހުންގެ ކިބައިން ވެސް ކުރިން އެދިވަޑައިގެންފައެވެ. އޭނާ އެގޮތަށް އެދިވަޑައިގަތް ނަމަވެސް ފުލުހުން އެ މައްސަލަ ތަހުގީގު ކުރުން ހުއްޓައެއް ނުލައެވެ. އަދި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށް ފަހު ދައުވާ ކުރަން ޕީޖީ އަށް ފޮނުވިއެވެ.

އީސަ އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ އާއި ދަރިފުޅަށް ވެސް އަނިޔާ ކުރަން އުޅުނު މައްސަލަ ފުލުހަށް ހުށަހެޅީ މިދިޔަ މަހުއެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާ އަށް ލިބޭނެ އެންމެ ބޮޑު އަދަބަކީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

ގެވެށި އަނިޔާގެ ތުހުމަތުގައި އީސަ ހައްޔަރުކުރުމުގެ އަމުރަކަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓުގައި ވެސް އެދުނެވެ. އެކަމަކު އެ ކޯޓުން ގާނޫނީ ސަބަބުތަކާ ހެދި އެފަދަ އަމުރެއް ނެރެނުދިނެވެ.

ގެވެށި އަނިޔާގެ މައްސަލައާ ގުޅިގެން އީސަ ވަނީ އޭނާ މުގަައްރިރުކަން ކުރެއްވި މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ވެސް އިސްތިއުފާ ދެއްވައިފައެވެ.

މި މައްސަލަ ސާބިތުވި ނަމަވެސް އީސަގެ ގޮނޑިއެއް ނުގެއްލޭނެއެވެ. އެއީ ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުން، މެމްބަރެއްގެ ގޮނޑި ގެއްލޭނީ އެ މީހެއްގެ މައްޗަށް 12 މަހަށް ވުރެން ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އައުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. މޮހޮނާ

    ޢެހެންވީރު މީހެއްގެ އަބުރާއިއްޒަތް ތިގެއްލުވާލީ އެއްވެސް ކުށަކާނުލާ

    50
    1
    • ނަޝްވާ

      ކަމަނާ ތިކަމެއް ހިގިތާ 3 ހަތަރުވރަކަށް ދުވަސްފަހުން ރަފީލައްވައި ޕެޓިޝަނެއް ތައްޔާރު ކުރުވައި އެފްބީ ލައިވްގައި އެދެއްކެވި ވާހަކަތަކަކީވެސް ޖަޒުބާތުގަތަ؟ ހޮސްޕިޓަލުން ފަރުވާ ހޯދީވެސް ޖަޒުބާތުންތަ؟ ތިގޭގެ އޯނަރވެސް ޖަޒުބާތުގަތަ؟ ކުޑަކުޖާ ގޮވައިގެން ފުންމާލަންއުނުވާހަކަވެސް ޖަޒުބާތުގަތަ؟ ޕޮލިހުން ކުރި ހުރިހާމަސައްކަތެއްވެސް އެއީ ޖަޒުބާތުގަތަ؟ ރައްޔަތުން ވެގެންއުޅޭ ގޮތް އެބަހޯދަޔޯ އީސަ އެހެން އަންހެނެއްގެ ކައިރިޔަށް ދިޔައީނޫނެ ލަޔޯ... މަހޭގެ ވާހަކައެއްކަމަށް ވެސް ވެދާނެ ނޫންތޯއެވެ. ބޭބެފުޅުވެސް އެއްޗެށް ނުބުނީ ކީއްތޯއެވެ. އަޑިނޭގޭ ވަރަށް ގިނަކަންކަން އެބަހުރިހެން ހީވަނީ.. ދެން އިންސާފްގެ ކަންކަން ދާގޮތްވެސް ރައްޔަތުން ބަލާނެ

  2. ޖަޒުބާތު

    ޢެހެންވީރު އެރޭ ޑރ.ދެއްކީ ކީއްވެބާ

    39
    • އީސާފުޅު

      މިހަރު ޓައްކިޔާފަ ބެރުގެ ބުންއަޑު ކެޑި ބެރުގެ މަހަ ގެއްލިއްޖެ އެމީހަކާއި އެމީހަކު ނައްޓުނާނެ ގޮތަކަށް ނައްޓުވައި ބަންޖެއް ފަރިއްސެއް ޅެމެއް މިތަނަކުން ވައްކެށް ނުވި ހަސްފަތާކެއް ޑަކުޓަރެއް ވައްކެއްނުވި ދުލެކޭ ވަޅަށް ލާން ގެންގުޅޭ ދާންޏެކޭ އެއްގޮތް.

  3. ސަމްސިއްޔާ

    ބަލަގަ ތިޔަ އަސްރާވެސް ވާނީ ހިލޭ އަންހެނަކަށޭ. ތިޔަކަމުން ދެމީހުން ކުރެ އެކަކަށްވެސް ސަލާމަތެއް ނުވެވޭނެ.

    57
    • ޙސހ

      މިހާރު އޯކޭޔޯ ލިވިންގ ރިލޭޝަންގަ އުޅެލުން. ދީނަށް ފުރައްސާރަކުރުން އޯކޭ އެހެންވީމަ މިވެސް އޯކޭ ވީމަތާ އެކަމާ ޕޮލިސްއިން ތަހުޤީގެއް ނުހިނގަނީ.

      20
      2
  4. ގާސިމު

    މީހަކު ބުލެކުމޭލުކުމުގެ ނިޔަތުގާ ދައުލަތުގެ އެއްވެސް އިދާރާއަކަށް ދޮގު މައުލޫމާތު ދިިނުމަކީ ގާނޫނީ ކުށެއް. ފިރިމީހާ ބޭނުންވެއްޖެ ހާލަތެއްގާ ހަތަރު އަނބިން ހަމަކުރުމަކީ ފިރިމީހާގެ އިހުތިޔާރުގާ އޮންނަންޖެހޭކަމެއް.

    37
    6
  5. ގާސިމު

    މީހަކު ބުލެކުމޭލުލްކުމުގެ ނިޔަތުގާ ދައުލަތުގެ އެއްވެސް އިދާރާއަކަށް ދޮގު މައުލޫމާތު ދިިނުމަކީ ގާނޫނީ ކުށެއް. ފިރިމީހާ ބޭނުންވެއްޖެ ހާލަތެއްގާ ހަތަރު އަނބިން ހަމަކުރުމަކީ ފިރިމީހާގެ އިހުތިޔާރުގާ އޮންނަންޖެހޭކަމެއް.

    24
    2
  6. އަހުމަދު ނީޒް

    ދޮގު މައުލޫމާތު ދި ން ކަމުގެ ދައުވާ ނުކުރެވޭ ނެ ތޯ ? ކުރަ ން ޖެހޭ ނެ ކަމަށް ފެ ންނ ނީ.

    46
  7. މުހައްމަދު

    ވަރަށް ދެރަވޭ މި ޚަބަރު ކިޔާފަ. ކޮންމެވެސް ކަހަލަ ފިއްތުންތަކެއް ދިމާވެގެން މައްސަލަ އަނބުރާ ނަގަން އެދެނީ ކަމަށް ބެލެވެނީ. މިއީ އާންމުކޮށް މިފަދަ މައްސަލަތަކުގައި ހިނގާ ކަމެއް. އަނިޔާ ލިބުނު ފަރާތަށް ބަރޯސާނުވެ، ދައުލަތުން މިފަދަ މައްސަލަތައް ކުރިއަށްގެންދިޔުން ރަނގަޅީ. އެހެން ނޫނީ އަނިޔާ ލިބުނު ފަރާތްތަކަށް ހަމަ މިފަދަ ފިއްތުންތައް ދިމާވެ، އަނިޔާ ދޭ ފަރާތްތައް ސަލާމަތްވާން މަސައްކަތްކުރާނެ.

    24
    1
  8. މުހަންމަދު

    "ބުރުމާ" އޭރުވެސް ބުނިދޯ، އަންހެނަކު ކޮންމެ ދޮގެއްވެސް ހަދާފާނެޔޭ.......

    29
    2
  9. ފަޓާނީ

    ސޭޓު ބުނީ ހެޔޮކޮށް.

    27
    2
  10. ދޮޅޭ

    އަބަދު ތިޔަތިބެ ނީ ހޭވެރިކަ ނެް ފިލާހިސާބުގައި. އެރޭ ކަ ންތައްވީގޮތް އަދިވެސް ރަގަޅަކަށް ނުކިޔާދޭ. މަ ންޖެ ތޯއްޗެއް އަދަގޮ ނޑިޖެހޭ ނީ.

    22
    1
    • ނައިބް

      ހިޔެއްނުވޭ ކަމެއް ވާނެހެންދޯ.. ޢާފްޓަރ އޯލް ޝީ އިޒް ނައިބް ކޮއްކޮ ދޯ.. 🙄 ދައުލަތުގެ މުއައްސަސާ އަކަށް ދޮގު މައުލޫމާތެއް ދީފި ކަމަށް ވަންޔާ އަސްރާ ޔަކަސް ޔައުގޫބަކަސް ހައްގު އަދަބު ދޭންޖެހޭނެ. މައި ތޯޓްސް 🤗

  11. Anonymous

    ތިވަރައް ހެއްވާ ކަމެއް ، ކޮމެންޓެއް ކޮއްލި މީހަކު އެބަ އޮތް ކުޑަ ގޮޅީގަ.

    26
    1
  12. ޛސޖސހ

    ލާރިގަނޑެއް އަޅާލީ. ރޯޔަލް ރޭޕްއަށް ވީ ކިހިނެއްކަންވެސް ހަނދާން އެބަހުރި އަހަރުން.

    18
    2
  13. ޥަކީލު

    ދޮގު މައުލޫމާތެއް ތަހުޤީޤީ އިދާރާއަކަށް ދިނުމުގެ ދައުވާ އަސްރާގެ މައްޗަށް ކުރަންވާނެ

    25
    1
  14. ސޮއިޓ

    މިއައި ޓްވިސްޓްގެ ސަބަބުން އަސްރާ ފުލުހުންނަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގައި ޖަލުހުކުމެއް ނާންނާނެބާ ؟

    25
    • ޣުދާސް

      ޢީސަދެކެ ހާދަބިރެ އް ތިގަންނަނީ..

  15. Anonymous

    ސޭޓު އެދުވަހުވެސް ބުނި އަންހެނަކު ކޮންމެފަދަ ދޮގެއްވެސް ހަދައިފާނެއޭ. އެކަމު ސޭޓު އެހެން ބުނީމަ މިއުޅޭ ފެންނުވަރާ ކުދިންހީވީ ސޭޓު ރޮލާ ކައިފާނެހެން. މިހާރު މިވީ ހަމަ ސޭޓު ބުނިހެން. އަންހެނުންގެ ކަންތައް ސޭޓަށް ބޮޑަށް އެނގޭނެ.

    2
    1
  16. ޔޯޔޯ

    ޖަޒުބާތަކީ، އިންސާނީ ތަބީޢީ ކަމެއް! ނަމަވެސް ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކުގެ ތެރެއިން، ޖިނާޢީ މައްސަލަ އެއް ހުށަހަޅައިފިނަމަ، ޕްރޮސީޖާއާ އެއްގޮތަށް، ޕްރޮސެކިއުޓާ ކުރިއަށް ގެންދަންވާނެ!

  17. އަހުމަދު

    އަސްރާ އާއި ދޭތެރޭ ފިޔަވަޅު އަޅަން ޖެހޭ.

  18. ﷲގެ އަޅާ

    ބަލަ ތީވެސް ހިލޭ އަންހެނެކޭ. ﷲ އަށް ބިރުވެތި ނުވާ މީހަކު ދަ އްކަފާނެ ކޮންމެފަދަ ކުލަވަރެ އްވެސް. މީނަ ދެކެ މުޅިން ފޫހި ވެ އްޖެ .

    3
    1
  19. ޣުދާސް

    ޢީސަދެކެ ހާދަބިރެ އް ތިގަންނަނީ..

  20. ފޭހުނު އިލޮށިގަނޑު

    ތިއޮތީ، ތިމާ ފޭހުނު އިލޮށިގަނޑު ތިމާގެ ލޮލަށް ހެރިފައެވެ.

  21. ގާދިރު

    އަސްރާ އަށް އެތައް ކުށެއް ސާބިތު ދޮގު ބަޔާނެއް ފުލުހައް ދިނުމާ އީސަގެ އަބުރު ގެއްލުން 10 ވަރަކަށް އަހަތުގެ ހުކުމެއް އަންނަން ޖެހޭނެ މައްސަލަ ބަލައިފި ކަމުގަ ވާނަމަ ޖަޒުބާތު އަކީ ވަރށް ޒާޔެއްގެ އެއްޗެއް

  22. އިންޑިއާ އައުޓް

    މައްސލަޔަކަށްވާނީ ގޯހެއް ހެދީމަތާ ގޯހެއް ހެދިއްޔާ އަދަބެއްވެސް ލިބެންވާނެތާ އެކަމަކު މިކިޔަނީ އަދަބެއް ލިބުން އިންސާފު ވެރިއެއް ނޫނޭ މަށައް ވަރައް ހެއްވާ މި މަންޖެގެ ވާހަކަ މަންޖެގެ ވާހަކައިން އެނގެނީ މަންޖެ މަށްހޫރުވެލަން ކޮއްލިކަމެއްކަން ދެން މާދަމާ ސިޔާސީ ދާއިރާޔައް ނިކުމޭ