މާފުށީ ޖަލުގައި ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ގައިދީއަކު އޯވަޑޯޒް ވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޯވަޑޯޒު ވެފައިވަނީ މާފުށީ ޖަލުގައި މަސްތުވާތަކެތީގެ މައްސަލައެއްގައި 3 އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުން އަންނަ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެޒުވާނާގެ އާއިލާގެ ބޭފުޅަކު "ވަގުތު" އަށް ވިދާޅުވީ، އޭނާ އޯވަޑޯޒް ވެފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބޭ ކަމަށާއި އެހެން ނަމަވެސް އާއިލާއަށް ގުޅާފައި އެކަން ހިއްސާ ކޮށްފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށެވެ.

"ރޭފަތިހު ގުޅާފައި ބުނީ، ބޭސްގުޅައެއް ކާލައިގެން އޯވަޑޮޒް ވެގެން އައިޖީއެމްއަށް ގެނެސްފައިވާ ކަމަށް" އާއިލާގެ މީހަކު ބުންޏެވެ.

އޭނާ ބުނީ، އެގޮތަށް ކަރެކްޝަންގެ ބޭފުޅާ ވިދާޅުވުމުން އާއިލާ މީހުންނަށް ބައްދަލު ކުރުމަށް ދެވޭނެތޯ ސުވާލު ކުރުމުން އެގޮތަށް ނުވަދެވޭނެ ކަމަށާއި އެހެން ނަމަވެސް މައުލޫމާތު ކައިރިން ހިއްސާ ކުރާނެ ކަމަށް ބުނި ކަމަށެވެ.

އާއިލާއިން މައުލޫމާތު ދޭ ގޮތުގައި އެޒުވާނާ އޮތީ އައިޖީއެމްއެޗްގެ އިމަޖެންސީ ބައިގައި އެކި މެޝިންތަކާއި ގުޅާފައެވެ. އެއްވެސް ގޮތަކަށް ހަރާކާތެއް ނެތް އިރުވެސް، އައިސީޔޫއަށް ބަދަލު ނުކުރާ ކަމަށް އާއިލާއިން ވަނީ ފާހަގަ ކޮށްފައެވެ.

"ކަރެކްޝަނުން ގުޅި ފަރާތުން ބުނީ ނުއެއް ވަދެވޭނެއޯ. އެކަމަކު އަސްލު އަޅުގަނޑު ބެލި ބެލުމުން އެނގުނީ ހުއްދަ ނަގައިގެން ވަދެވޭނެކަން ކޮއްކޮ ބަލަން. އެގޮތަށް ހުއްދަ ހޯދަން އެކި ނަންބަރު ތަކަށް ގުޅިން. އެންމެން ބުނަނީ އެހެން ނަންބަރަކަށް ގުޅަން. އެގޮތަށް ހަތަރު ނަންބަރަކަށް ގުޅުމުން ވެސް އެކަމެއް ނުވި" އާއިލާ ބޭފުޅަކު ބުންޏެވެ.

އެގޮތަށް އެކި ނަންބަރުތަކަށް ގުޅުމުން ވެސް ހުއްދަ ނުލިބުމުން އެންމެ ފަހުން ކަރެކްޝަނުން އެދުނު ގޮތަށް ސިޓީ ހުށަހެޅި ކަމަށް އޭނާ ވަނީ ބުނެފައެވެ. އެ މަސައްކަތް ކުރަމުން ދަނިކޮށް ކޮއްކޮގެ ހާލަތު ރަނގަޅު ކަމަށް ބުނެފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އެހެން ނަމަވެސް އަދި ވެސް އެއްވެސް ކަހަލަ ހަރަކާތެއް ނެތް ކަމަށް އޭނާ ވަނީ ބުނެފައެވެ.

އާއިލާގެ ބޭފުޅުންނަށް އޭނާ ބަލާލަން ވަދެވޭނެ ގޮތެއް ނެތިގެން އެންމެ ފަހު ފުލުހުންގެ ހެޑް އޮފީހަށް ދިޔަ ކަމަށާއި އެތަން ވެސް ބަންދު ކަމަށް ބުނެ ހުއްދަ ނުދޭ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

"އަޅުގަނޑުވި ދެރައެއްގެ ސަބަބުން ބުނިން ކޮއްކޮ މަރުވީމަހޭ މޫނު ދައްކާނީ. ނޫނީ މަރުވީމަ އޭ އާއިލާއަށް އަންގާނީ" އޭނާ ބުންޏެވެ.

އެއްވެސް ގޮތަކަށް ހުއްދަ ނުލިބުމުން އާއިލާއިން އައިޖީއެމްއެޗް އަށް ވަނުމުން ފުލުހުން އެމީހުން ބޭރުކުރަން އައި ކަމަށާއި އެހެން ނަމަވެސް ފުލުހުންނާއި އެތަނުން ވާހަކަ ދައްކައިގެން ކޮއްކޮގެ މޫނު ބެލޭނެ ގޮތެއްވި ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާފުށި ޖަލުގައި އޯވަޑޯޒް ވެގެން ގައިދީއަކު އައިޖީއެމްއެޗަށް ގެންގޮސް ޓެސްޓް ހަދަމުން އަންނަ ކަމަށާއި އޭނާގެ ހާލަތާއި އަދި އޯވަޑޯޒްވެފައިވަނީ ކޯއްޗަކަށް ކަން އެނގޭނީ ނަތީޖާ ލިބުނީމަ ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ، އާއިލާއިން ބޭނުން ވަނީ އެ ޒުވާނާގެ ކައިރީގައި މަޑު ކުރަން ކަމަށާއި އެހެން ނަމަވެސް މިހާރު ހާލަތަށް ބަލައި އެފަދަ ފުރުސަތެއް ނުދެވޭ ކަމަށެވެ. އެހެން ނަމަވެސް އާއިލާއަށް އެ ޒުވާނާ ބަލާލުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ތާރަބޭބެ

    ހާދަ ފައްކާ ޖަލެެއް ތީ

    51
    1
  2. ބުރޯ

    ޖަލު ބަލަހައްޓަން ތިބޭމީހުންގެ އިޙްލާސްތެރިކަމުގެ ހެކި މިހިރަ ފެންނަނީ ފޯނު އެތެރެ ވަނީވެސް ހަމަ އެމީހުންގެ އިހްލާސް ތެރިކަމުން

    57
  3. ވޯ

    ހާދަ އެތިކޮޅު ތިޔާގި ޖަލެކޭ ދޯ!

    57
    1
  4. ސަނީމާ

    ޖަލުން ކެވޭނެ ނިދޭނެ ބޮވޭނެ.. ކޮންފަދަ ފަސޭހަ ތަނެއްްްތީ

    47
    1
  5. ހިތްދަތި ކަންކަން

    މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ދުނިޔެމަތީގައި ހާދަ ހިތްދަތި ކަންތައްތަކެކޭ މެދުވެރިވަމުން މިދަނީ. އާއިލާ މީހުންގެ އެހީ އެންމެ ބޭނުންވި ދުވަހު އެހީތެރިކަމެއް ނުދެވި ނުލިބި އެކަނިމާއެކަނި އޮންނަން ޖެހުނީ.

    11
    1
  6. ފިޔަވަޅު

    މިހަާރު އޯކޭ ވާނެ ޢިމްރާނަށް ވެސް

    27
    1
  7. ޝައުނީ

    އިމްރާނު މެންނައް ތިއޮތީޖަލު ބެލެހެއްޓިފަ.

    13
  8. ހުސޭނުބޭ

    އިމްރާނުމެން ތި ހަދަނީ ކޯންޗެއް! ޖޭމަރު ހަރުކުރީމާ ވަކިން ތިޔާގި އެވީ!

    14
    1
  9. އަބްދޫ

    އާއިލީބައްދަލުވުމަށޭ ކިޔާފަ ބައެއްމީހުން ހިފައިގެން ގޮސްދީހަދައިގެ ކުރިނަ ފަޅައަރާފަ ވެސްވޭ. މިހާރު ޖަލަށް ދިޔައީމަ ތެޅިފޮޅެނީ ކީއްކުރަން ކުރިން ރަނގަޅުކުރުނަމަ ނުދާނެދޯ

  10. ޥިޝް

    އިމްރާނެ އް ގާސިމެ އް ކާސިމެ އް ކިޔާނެ ކަމެ އް ނެތް. ތީ ނުހު އްޓުވި ވާކަމެ އް. ހު އްޓުވޭތޯ ބަލަންވީ.

  11. ޖަލުކާޅު

    ކޮމެންޓް ކުރަން ވަރަށް މޮޅުވާނެ ކޮންމެ މީހަކު ވެސް. ދޭބަލަ ގޮ އްސަ ޖަލެ އްގަ އޮވެލަން. އޭރުން އިހުސާސްވާނެ ޖަލެ އްގަ އި އޮންނަ މީހެ އްގެ އިހުސާސްތައް. އެހެން ނޫނަސް ޖަލުގަ އި ތިބެނީ ހުސް ކު އްވެރިންނެ އް ނޫން. އެބަ ތިބޭ އެތާ ތެރޭ އިނޮސެންޓް މީހުން ވެސް. އަނެ އްކާ މިލިޔުމުގަ އި އޮތީ މަސްތުވާތަކެތި ބޭނުން ކޮ އްގެން އޯވަޑޯޒް ވި ވާހަކަ އެއ އް ނޫން. ބޭސް ކާ އިގެން އޯވަޑޯޒް ވި ވާހަކަ އޮތީ. ކަލޭމެންނަށް ތި ކުރެވެނީ ވަރަށް ތާހިރު ކަމެ އް.. 👏

    4
    6
  12. ހަސަނާ

    އިމުރާނުވެސް އެތާހުރިއިރު ހުރިހާކަމެއްބަރާބަރު ބޭނުންކޮންމެ އެއްޗެހްލިބޭ ވީމަ އިމްރާނުވެސްވަރައްފަރިތަވާނެ ޖަލައް..

  13. ޢާއިލާއަށް ހެޔޮދުޢާ

    ޢާއްމު ގޮތެއްގައި، ޑްރަގް އެޑިކްޓް މީހުން ތިބޭ ޢާއިލާތަކުގައި، އެމީހުންނާއިމެދު އޮންނަނީ ނަފްރަތެވެ. ނަމަވެސް، މިފަހަރު މިފެނުނީ ލޯތްބާއި އޯގާތެރި ކަމާއި، އަޅާލުމެވެ. އެއީ ކޮންފަދަ ބޮޑު ނިޢުމަތެއް ހެއްޔެވެ! ކޮއްކޮ ޖަލުން މިނިވަންވުމުން ޑްރަގުގެ ވަބާއިން މިންޖު ކުރެޗޭތޯ ބަލައްޗެވެ! ކޮއްކޮގެ ކުރިމަގު ބެދުނަނުދީ، އުޖާލާ ކުރެވޭތޯ ބަލާށެވެ!

    11
  14. ޔިތުމީހާ

    ކީއްވެތަ ރާއްޖޭގެ ހަމަ އެއްވެސްކަމެއް އެކަމާއި ހަވާލުވެފަ ތިބޭ އިދާރާ ނުވަތަ ސަރުކާރުގެ ވުޒާރާ ނުވަތަ ސަލާމަތީ ބާރަކައް ނުބެލެހެއްޓިގެން މިއުޅެނީ. މިއީ އެންމެ 3 ލައްކަ މީހުންގެ އާބާދީއެއް އޮތްތަނެއް. ކަންކަމާ ހަވާލުވެފަ ތިބޭ ފަރާތްތަކައް މުސާރަނުލިބެނީތަ.. ވެރިން އައްޔަން ކޮއްފަ ނުތިބެނީތަ. ހަތަރުފަރާތުން ކަނޑު އޮންނަ ކުޑަ ރަށެއްގައި ހުންނަ ޖަލެއްގެ ތެރެއަށް ވަންނަތަކެއްޗާއި ނުވަންނަތަކެތި ނުބެލެހެއްޓެންޏާ ކޮންކަމެއްތަ ބެލެހެއްޓޭނީ.. މީދެން ކިހާ ވަރުގަދަ ކަމެއްތަ. މުޅި ގައުމު މިއޮންނަނީ ބޮއްސުންލާފަޔޭ އަބަދު. ދެން މާ މޮޅިތި ޔުނިފޯމު އަޅައިގެން ތިމާމެންވަރު ބަޔަކުނެތްކަމައް ހެދިގެން އެބައުޅެޔޭ.

  15. ސިނެކް

    ތިކަހަލަ ކޮ އްކޮ ގިނަވެގެން ހަލާކު މިވަނީ ނުދާނަށް މަނަމަ

    8
    1
  16. ޖަޒީރާ ގެރި

    ޖަޒީރާ ރާއްޖެ ތަފާތީ.. ނެތް އެއްވެސް މައްސަލައެއް.. ޒީރޯ ޓޮލަރެންސް އުތުރި އަރަނީ

  17. ކުއްލި

    ކުރީސަރުކާރުނަމަ މިވެރިން ނުހަދާނެ ދޮގެއްނޯނާނެ ވަކިކޮންކަމެއްވީ ކުއްެރިންވަނީ ކުއްވެރިންނަށް

  18. ބެއްޔާބެ

    ޖަލެއްގެ ބޭނުން އެބަ އޮތްބާ

  19. ބެއްޔާބެ

    ކިތަންމެ ރަނގަޅު ނިޒާމެއް އޮތަސް އިހްލާސްތެރިން ނެތިއްޔާ ކުރާނެ ކަމެއް ނެތް. ހަމަ ލޮލުން ދެކިފަ މި ބުނީ ކުށްވެރިން ކޯޓަށް ގެންގޮސް ވެއިޓިންގައި ބައިތިއްބާ އިރު އެ ތަނަށް އެ މީހުންގެ ރައްޓެހިން ދިޔުމުން، ޖަލު އޮފިޝަލް އެބަ މަގުފަހިކޮށްދޭ އެ ދެ މީހުން ބައްދަލުކޮށް "ތަކެތި" ބަދަލުކުރަން. ކޯޓު އިމާރާތުގެ ތެރޭގައި މިއީ އާންމު ކަމެއް.

  20. ޢާދަނުބެ

    ޢެހެން މީހުން ކުށްވެރި ކުރުމުގެ ބަދަލަުގަ ކޮށްކޮ ގޯސްމަގުން ދިޔަޔަނުދީ އިސްލާމްދީނުގެ ރީތި އުސޫލުތަށް އަންގައިދީ ކޮށްކޮއަކީ މި މުޖުތަމަޔަށް ބޭނުން ހިފޭ މީހަކަށްހެދިނަމަ މަސްތުވާތަކެތީގަ ޖެހި ގިނަ ޒުވާނުން ހަލާކުވެފަ