ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ފަޔަރ ބިލްޑިންގް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

އެރަށުގައި އެއާރޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދަނީ، އެ މަސައްކަތުގައި ރާއްޖޭގެ އެންމެ ތަޖުރިބާ ކާރު ކުންފުނި އެމްޓީސީސީންނެވެ.

އެ އެއާޕޯޓް އެޅުމުގެ އަމަލީ މަސަތްކަތް ފަށާފައި ވަނީ މިދިޔަ ޖޫން މަހުއެވެ. އެއާޕޯޓު އަޅާ ބިން ހިއްކަން 2.5 މިލިއަން ޑޮލަރު (38 މިލިއަން ރުފިޔާ) އަށް ގަލްފް ކޮބްލާ ޓެންސާ ކުންފުންޏާ ހަވާލު ކުރީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ.

އެމްޓީސީސީން މިއަދު ވިދާޅުވީ، އެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށްދަނީ ޓާރމިނަލް ގްރައުންޑްގެ ލެވެލިންގ މަސައްކަތްތައް ކަމަށެވެ.

ފަރެސްމާތޮޑާ އެއާޕޯޓްގެ މަސައްކަތްތައް ކުރިއަށް - ފޮޓޯ: އެމްޓީސީސީ

މި މަޝްރޫއުގެ ދަށުން، 1200 މީޓަރުގެ ރަންވޭއަކާއި، ޓެކްސީވޭ އަކާއި، އޭޕްރަންއަކާއި ސަރވިސް ރޯޑު އިމާރާތް ކުރުން ހިމެނޭކަން ފާހަަގަކޮށްލަން ޖެހެއެވެ.

ފަރެސްމާތޮޑާގައި އެއާޕޯޓެއް އަޅާ އިރު، އެ އަތޮޅު ގދ. ކާޑެއްދޫ އާއި ގއ. ކޫއްޑޫ އަދި މާވާރުލުގައި ވެސް އެއާޕޯޓެއް ހިންގައެވެ.

ކިޔުންތެރިންގެ ހިޔާލު