ހއ. ދިއްދޫއަށް ދިޔަ ބޯޓެއްގެ ފަޅުވެރިންތަކެއް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފައްސިވެފައިވަނީ 'މާހޯރަ" ނަމަކަށް ކިޔާ ބޯޓެއްގެ ފަޅުވެރިންތަކެކެވެ.

މީގެ ތިން ދުވަސް ބޯޓުގައި މަސައްކަތް ކުރާ މީހެއްގެ ގައިން ބަލީގެ އަލާމާތްތައް ފެނިގެން އެ ބޯޓު އޮތީ ކަރަންޓީނު ކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުންނަމަ، ބޯޓުން ނެގި ސުންކުތަކުގެ ތެރެއިން ދެ މީހަކު މިހާތަނަށް ވަނީ ފައްސިވެފައެވެ.

ދިއްދޫން މީގެ ކުުރިންވެސް ގިނަބަޔަކު ކޮވިޑަށް ފަައްސިވެފައި ވެއެވެ. އެގޮތުން މި މަހުގެ ހަ ވަނަ ދުވަހާއި ހަމައަށް އެރަށުން 149 މީހަކު ކޮވިޑަށް ފައްސިވިއެވެ. އަދި އެރަށުން ކޮވިޑް ފެނިގެން ރަށް މޮނީޓަރިންގ ހާލަތަށް ގެނެސް، ކާފިއު ހިންގިއެވެ. އެރަށް މޮނީޓަރިންގގައި އޮންނަތާ މަސް ދުވަސް ފަހުން އަލުން، އެ ހާލަތު އުވާލީ ޖޫން ހަވަނަ ދުވަހުއެވެ.

ދިއްދޫގެ މޮނިޓަރިން އުވާލީ އެރަށުން ވަކި ތަރުތީބެއް ނެތި ނެގި ސުންކުތައް ކޮވިޑް-19 އަށް ނައްސިވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތުނބުޅި

    ބޯޓުގެ ކައްޕިއަށް ސެލިއުޓް ކުރަން. ބޯޓު ރަށަށް އައުމުގެ ކުރިން ކަމާބެހޭ ފަރާތްތަކަށް ކައްޕި ވަނީ ބޯޓުގައި ބައްޔަށް ޝައްކުކުރެވޭ މީހަކު ހުރިކަމަށާ މުޅިބޯޓު ކަރަންޓީނު ކޮއްދިނުމަށް އެދިފަ

    16
    2
  2. ކާފަ

    އެހެންވީމަ ބޯޓް ކަރަންޓީނުގައި ބާއްވާފައި މީހުންތައް ދޫކޮއްލާ..