ރާއްޖޭގައި ހޯމްސްޓޭ ފަތުރުވެރިކަން ކުރިއެރުވުމުން ގިނަ ބަޔަކަށް ފައިދާވާނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މުސްލިމުން ގިނަ، އާދަކާދަ ފިސާރި މެލޭޝިއާ ފަދަ ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ވެސް "ހޯމްސްޓޭ" ފަތުރުވެރިކަން ކާމިޔާބު ކަމާއި އެކީ ހިންގަމުން އަންނަ ކަމަށެވެ. އަދި ހޯމްސްޓޭ ފަތުރުވެރިކަމުން ރިޒޯޓުތަކަށް، ހޮޓެލް (ގެސްޓްހައުސްތަކަށް) އަދި ސަފާރީތަކަށާއި ރައްޔިތުންނަށް ވެސް ފައިދާ ލިބޭނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.

"މުހިންމީ ހަރުދަނާ ތަންފީޒު ކުރެވޭ ގަވާއިދުތަކާ އެކީގައި ކަންކުރުން" މައުސޫމް ވިދާޅުވިއެވެ.

މައުސޫމް މިފަދައިން ވިދާޅުވެފައިވާއިރު، ހޯމް ސްޓޭ ޓޫރިޒަމް ރާއްޖޭގައި ފަށަން ޓޫރިޒަމް މިނިސްޓްރީން މަޝްވަރާތައް ވަނީ ފަށާފައިއެވެ. އެހެން ނަމަވެސް މި ދަނޑިވަޅުގައި ހޯމްސްޓޭ ފަތުރުވެރިކަން ތައާރަފް ކުރަން މިއީ އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޖީއޭއެމް) އިން ވަނީ ބުނެފައެވެ.

އެގޮތުން ޖީއެމުން ބުނީ، ހޯމް ސްޓޭ ފަތުރުވެރިކަން ރާއްޖެއަށް ތައާރަފް ކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްސިނާއަތް ފުޅާވުމަށް އެޅޭނެ މުހިއްމު ފިޔަވަޅެއް ކަމަށާއި ނަމަވެސް ހޯމްސްޓޭ ތައާރަފް ކުރަން މިއީ އެންމެ ރަނގަޅު ވަގުތުތޯ ވިސްނާލުން މުހިއްމު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހުސޭނުބޭ

    ކަރާ ފެޅުމުން 1 ވަނަ. މީނަ ބުނި އައްޑޫ މީހުންގެ ޖީބަށް ޕައުންޑް ވަންނާނެޔޭ! ކޮބައިހޭ އެބުނި ޕައުންޑުތައް

    14
  2. ބަބޫ

    އޭރުން ގޭގަ ދޮންކުދިން ގެންގުޅެވޭނެ ދޯ. ވާވް

    11
    1
  3. ދެފަރާތް އެބައޮތް

    ތީގެން ނިކުންނާނެ ނޭދެވޭ ކަންތައް ބައިވަރު ހުންނާނެ. މިހާރުވެސް ރަށްރަށުަގައި ކުދިކުދި ހެދުންކޮޅުގައި، މީހުން އުޅޭ ކަމަށް އަޑުއިވެނީ. ތިލާރިއަކީ ވަގުތީ އެއްޗެއް. ތިކަމުގެ ސަބަބުން
    އެތައްބައެއްގެ ޢާއިލާތައް ރޫޅުމަކީވެސް އެކަށީގެންވާ ކަމެއް.

    ޓުއަރިޒަމަށް އެކަނި ބަރޯސާނުވެ، މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއަރުވައި އޭގެން ނަފާނެގުން މާރަނގަޅު. އެކުރެވެނީ ސާފު ޙަލާލުކަން ބޮޑު މަސައްކަތެއް.

    ރަލަކީވެސް ޢޭގެ ފައިދާ ލިބޭ އެއްޗަކަށްވިއަސް ގެއްލުން ބޮޑުކަމުންވަނީ ޙަރާމް ކުރއްވާފައި.
    'ހޯމް ސްޓޭ ' އިން ވެސް ފައިދާ ލިބޭނެ. ފައިދާ ބޮޑަސް ގެއްލުން ބޮޑުކަމުގައިވާނަމަ ދުރުވުން ރަނގަޅުވާނީ. މިކްސްކޮށް އުޅެންފެށުމުން އެންމެ ބޮޑު އަސަރެއްކުރާނީ ދީނަށް، ރީތި އާދަކާދަތަކަށް. މިއީ ލިބޭ ލާރީގެ ފައިދާ އަށްވުރެ ބޮޑު ގެއްލުމެއް. ހެޔޮ ވިސްނުން ދެއްވާށި. އާމީން

    19
    1
  4. ހޯމް ސްޓޭ ރާއްޖެތެރޭ މީހާ

    ގެސްޓް ހައުސްތަކުގެ މީހުން މޭ ބޮޑުވަނީ ރައްޔިތުންނަށް ތިކަމުން ސީދާ ފައިދާއެއް ވެދާނެތީ. އެމީހުން ބޭނުންވަނީ ރަށްރަށުގެ ޓުވަރިޒަމް މޮނޮޕޮލައިޒްކޮށް އެމީހުންގެ އަންބޮޑިއަށް ނޫނި ފައިސާ ނުވަންނަ ގޮތަށް ހަދައިގެން ތިބެން. ގެސްޓް ހައުސް ވިޔަފާރި ފެށުނު އިރު ރިސޯޓު ތަކުގެ ވެރިންވެސް އުޅުނީ ހަމަ ތިހެން. އެކަމާ ތި ގެސްޓް ހައުސްވެރިން އެދުވަހު ދެކޮޅު ހެދި. މިއަދު ކަލޭމެން ތިއުޅެނީ އާއްމު ރައްޔިތުންގެ ޖީބަށް ފައިސާ ފޮއްޗެއް ވަދެދާނެތީ މޭކަރައިގެން އޭއްޗެކޭ މީއްޗެކޭ ކިޔައިގެން. ބަލަގަ ހޯމް ސްޓޭ ނުވަތަ އަމިއްލަ ގޭގެ ކޮޓަރި ކުއްޔަށް ދީގެން އާމްދަނީ ހޯދުމަކީ މިހާރު ހުރިހާ ގައުމުތަކެއްގައި އާއްމު ކަމެކޭ. އަހަރެން ގަތަރަށް ގޮސްވެސް ހުރީ ހޯމްސްޓޭގައި. މެލޭޝިއާއަށް ގޮސްވެސް. ދެން ކީއްވެ ރާއްޖެގައި އެކަން ނުވާންވީ؟ ކުރެވެންވާނެ. ކުރެވެންޖެހޭނެ. ޓުވަރިޒަމް ދާއިރާއަކީ ވަކި ބަޔެއްގެ އަންބޮޑިއަށް ލައިގެން ގެންގުޅެން ޖެހޭ އެއްޗެއް ނޫން ވަރަށް ސަލާން

    5
    8
  5. ދިރާސާ

    ހަމަ އެކަނި ފަތުރުވެރިންނަށް ވަނީ ދުނިޔޭގެ ވަކި ގަ އުމުތަކަކުން އަ އިތަ.؟ އާދަ އިގެ ދިވެހިންނަށް ރިސޯޓުތަކުގަ އި ޗު އްޓީ ހޭދަކޮ އްލަ އި ހާސްކަމުން ދުރުވެ ހިތްހަމަ ޖަ އްސާލުމުގެ ފުރުސަތު ނޯންނަނީތޯ...؟ ލޯ އިންކަމް ދިވެހިންނަށްވެސް ރީތި ރިސޯރޓްތަކުން ޕެކޭޖް ހަދަން ފެނޭ.. ދިވެހިންނަށް ނުފެނޭ ދިވެހި ގަ އުމުގެ ރީތިކަން، ދިވެހި ގަ އުމުގެ ރީތިކަން ބަލަން ދިވެހިންވެސް ބޭނުންވާނެ ދޯ..

    14
  6. ބޮލުރޮދި ރާޖާ

    އަހަރެންގެ ޑަބަލް އެނދައް އިތުރު ބާލީހަކާ ކަންނެޔޮލެއް ގަނެލަން މިތައްޔާރުވީ....އެއްފަޅީގަ ގެސްޓްމީހާ...ޑޮލަރު ލިބޭނެ އެއްނުން ދޯ!

    14
    1
  7. ކުނބޭ

    މަށަށް ބާލީހަކާއި 6 ފޫޓު 5 ފޫޓުގެ އެނދެއް ގަނެދީބަލަ މައުސޫމު ކީއްތަވާނީ މަށަށް މިކަންކޮށްދިނިއްޔާ މިފަދަ ދަނޑިވަޅެއްގައި .

  8. ހަލީލު

    ކޮ އްމެދެމަފިރި އެ އްގެދެމެދު ދޮންދެމަފިރިން ނިންދަވާ ލާރި އާ އިހެދިހޭބަލިވި އަސްބޮޑުވަރު؟؟؟

    11
  9. ނ

    ބޮޑު އަގުގާ ގެސްޓްހައުސް ހެދި މީހުން އިނދަޖެހޭނީ
    މީ ބޮޑު މޮޔައެއް

    5
    2
  10. އާދަނު

    އޭރުން ބަޔަކު އަނެއްކާ ވެސް ދީނާ ދުރަށް ދާނީ. މިއީ ކަމުދާ މިނިސްޓަރެއް ނޫން.