އައްޑޫސިޓީ ހިތަދޫން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު 100 އިން މައްޗަށް އަރައިފިއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަދުގެ ހަވީރު 18:00 އާއި ހަމައަށް އެސިޓީގެ ހިތަދޫން ވަނީ 16 މީހަކު އަލަށް ފައްސިވެފައެވެ. އެއީ ހުސް ދިވެހިން ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އެވޭދަނަތަކުގެ ތެރޭގައި ހިމެނެނީ ކުރިން ފައްސިވެފައިވާ މީހުންނާއި ގާތުން އެއްތާވި 10 މީހަކާއި ވަކި ތަރުތީބެއް ނެތި ނެގި ހަތަރު ސުންކުގެ އިތުރުން ފްލޫ ކްލިނިކަށް ދެއްކި ދެ މީހެކެވެ.

މިއާއި އެކީ އެސިޓީގެ ހިތަދޫގައި މިވަގުތު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 110 އަށް އަރާފައެވެ. ހިތަދޫގެ އިތުރުން މިވަގުތު މި ބަލީގެ ވޭދަނަތައް ހުރީ މަރަދޫގައެވެ. އެރަށުގައި ދެ ވޭދަނަ އެބަ ތިބި ކަމަށް ހޮސްޕިޓަލުން ބުންޏެވެ. އެހެން ކަމުން މުޅި އައްޑޫން މިވަގުތު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 112 އަށް އަރާފައެވެ.

އައްޑޫސިޓީގައި ހަލުވި ކަމާއި އެކީ ބަލި ފެތުރެމުން އަންނަ މި ދަނޑިވަޅުގައި އޭޕްރިލް މަހުގެ 31 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 8،317 މީހެއްގެ ސުންކު ވަނީ ނަގާފައެވެ. އޭގެ ތެރޭގައި ގާތުން އެއްތާވި 423 މީހަކު ހިމެނެއެވެ.

އައްޑޫގެ ހާލަތު ގޯސްވެފައިވާތީ އެސިޓީ ކައުންސިލުން ވަނީ ހިތަދޫގެ ކާފިއު މުއްދަތު އިތުރުކޮށް، ކާފިއު ނޫން ވަގުތުގައި ބޭރުގައި އުޅުމަށް ހުއްދަ ބޭނުންވާ ގޮތަށް ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޑީޑީ

  އަ އްޑޫ އަކީ ވަރަ އްބަސް ގަބޫލު ނުކުރާ މީހިން އުޅޭ ރަށެ އއް...

 2. ސާތިރު

  ކަލޯމެނޭ އަލިފުށިގައި އެބަ އުޅޭ 200 މަތީގައި

 3. ސސ

  ރާއްޖޭގެ އުތުރާއި ދެ ކުނު އިގިރޭސިންގެ ސަލާމަތާއި ފައިދާއަށް ދީގެން ބޮޑު ލާރިގަނޑެއް ބަޔަ ކު ކާލައިފި !

 4. ލލ

  ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ފައިސާ މިހޯދާ ގޮތާ ކީ ބޮޑެތި ގައުމުތަ ކުގެ ސަލާމަތާއި ރައް ކާތެރި ކަމަށް ރާއްޖެ ވިއްކާލައިގެން އެގޮތުން 2011 ގައި އައްޑު އަތޮޅު އިގިރޭސިންގެ މިލިޓަރީ ބޭސްހަދަން ވިއް ކާލި، 2012 އާއި 2018 އާއި ދެމެދު ޗައިނާޔަށް ، 2021 ގައި ހަނިމާދޫ އަންގިރޭސިން މިޅިޓްރީ ބޭސް ހަދަން ވިއް ކާލި !