ކޮވިޑް ޖެހިގެން މިއަދު ރާއްޖެ އިން ތިން ވަނަ މީހަކު ނިޔާވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް ޖެހިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހަކު މިރޭ ވަނީ ނިޔާވެފައެވެ.

ކޮވިޑް ޖެހިގެން ނިޔާވެފައި ވަނީ 75 އަހަރުގެ ދިިވެހި ފިރިހެނެކެވެ. އޭނާ ނިޔާވެފައި ވަނީ މިރޭ 20:49 ގައެވެ.

ކޮވިޑްގައި ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 206 އަށް އަރާފައެވެ.

މިއަދަކީ މިމަހުގެ 12 ވަނަ ދުވަހަށް ފަހު އެއްދުވަސް ތެރޭގައި ކޮވިޑްގައި ތިން މީހުން ނިޔާވި ފުރަތަމަ ދުވަހެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން އައި ނަމަވެސް ކޮވިޑް ޖެހިގެން ނިޔާވާ މީހުންގެ އަދަދު އަދިވެސް ވަރަށް ގިނަ އެވެ.

ކިޔުންތެރިންގެ ހިޔާލު