މިއަދު ރާއްޖެ އިން އިތުރު 211 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން ކޮވިޑަށް ފައްސިވީ 54 މީހުންނެވެ. މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 132 މީހުން ފައްސިވިއެވެ. މިއަދު ރިސޯޓްތަކުން 25 މީހުން ފައްސިވިއެވެ.

އިއްޔެ ކޮވިޑަށް ފައްސިވީ 142 މީހުންނެވެ. އިއްޔެ މާލެ އިން ފައްސިވީ 51 މީހުންނެވެ. އަދި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން އިއްޔެ ފައްސިވީ 88 މީހުންނެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ އަދަދު އިއްޔެ އަށްވުރެ ގިނަވި ނަމަވެސް މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ އަދަދު އިއްޔެ އަށްވުރެ މަދެވެ. މިއަދު ކޮވިޑަށް ޓެސްޓް ކޮށްފައި ވަނީ 3415 މީހުންނެވެ. އިއްޔެ 3520 މީހުން ކޮވިޑަށް ޓެސްޓް ކުރިއެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %6 މީހުން ވަނީ ފައްސިވެފައެވެ.

ކޮވިޑް ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު މިހާރު ވަނީ 46 އަށް މަދުވެފައެވެ. މިއީ ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ވެސް އެޑްމިޓް ކޮށްފައި ތިބި މީހުންގެ އަދަދު ދަށަށް ނުދާ މިންވަރެކެވެ.

ކޮވިޑް ޖެހިފައި މިހާރު ތިބި މީހުންގެ އަދަދު މިއަދު ވަނީ 5403 އަށް މަދުވެފައެވެ. އެހެންކަމުން މިއަދަކީ މެއި މަހުގެ 01 ވަނަ ދުވަހަށް ފަހު ކޮވިޑް ބަލި މީހުން ރާއްޖޭގައި އެންމެ މަދުވި ދުވަހެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ މަދުވަމުންނެވެ. މިމަހު ދުވާލަކު ކޮވިޑަށް ފައްސިވާ މީހުންގެ އެވްރެޖް އަދަދު ވަނީ 385 އަށް މަދުވެފައެވެ. މިދިޔަ މަސް ނިމުނުއިރު ދުވާލަކު 1115 މީހުން ފައްސިވިއެވެ. އޭޕްރީލް މަހު ދުވާލަކު އެވްރެޖްކޮށް ފައްސިވީ 192 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަބޭ

    އަދަދުތައް ތިރިޔަކައްނުދާނެ ކާފިއު އުވާވެސްނުލާނެ މަޖުލީހުގަ މިހާރުތިޔައޮތްބިލް ފާސްނުވަނީހެއް