ގެވެށި އަނިޔާގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙުމަދު ޢީސާގެ އަނބިކަނބަލުން އަސްރާ ނަސީމްގެ ނަމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ސިޓީއެއް ފޮނުވާފައި ވަނީ ޢީސަގެ ވަކީލުންގެ ފަރާތުން ކަމަށް ބުނެވުނީ މައުލޫމާތުގެ ކުށަކުން ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއްޖެއެވެ.
އަސްރާ، އީސަގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ޖަޒުބާތުގައި ޖެހިގެން ކަމަށާއި މިހާރު ބޭނުން ވަނީ ދައުވާ ކުރިއަށް ނުގެންދަން ކަމަށް ވިދާޅުވެ ޕީޖީއަށް ސިޓީއެއް ފޮނުވާފައިވެއެވެ.
އެފަދަ ސިޓީއެއް ޕީޖީ އޮފީހަށް ލިބިފައިވާ ކަމަށާއި، އެއީ އީސަގެ ވަކީލުންގެ ފަރާތުން ލިބުނު ސިޓީއެއް ކަމަށް އެ އޮފީހުން މިއަދު ވިދާޅުވިއެވެ. ފަހުން ޕީޖީ އޮފީހުން ވިދާޅުވީ އެއީ މައުލޫމާތުގެ ކުށެއް ކަމަށެވެ. ނަމަވެސް އެއީ ކޮން ފަރާތަކުން ފޮނުވި ސިޓީއެއްކަން ޔަގީން ވާނީ އާދިއްތަ ދުވަހު ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.
އަސްރާގެ ސިޓީގައި އެދިވަޑައިގެންފައި ވަނީ މައްސަލަ ކޯޓުގައި ކުރިއަށް ނުގެންގޮސް ނިންމާލުމަށެވެ. ސަބަބަކީ އެ މައްސަލައިގައި އީސަގެ މައްޗަށް ޝަރީއަތުން ހުކުމެއް އައުން އިންސާފުވެރި ނޫން ކަމަށް ވިދާޅުވެއެވެ.
އަސްރާ ވިދާޅުވީ އީސައާ ދެކޮޅަށް ގެވެށިއަނިޔާގެ މައްސަލައެއް ހުށަހެޅީ ހިލޭ އަންހެނަކާ ގާތް ގުޅުމެއް ބާއްވާކަމަށް ތުހުމަތުކުރެވިގެން އެކަމާ މެދު އުފެދުނު ދެބަސްވުމެއްގައި ކަމަށެވެ. މިކަމުގައި ފުލުސް އޮފީހަށް ގޮސް ބަޔާން ދިނީ ޖަޒުބާތުގައި ކަމަށް ވެސް އަސްރާ ވަނީ ވިދާޅުވެފައެވެ.
އަސްރާ ވިދާޅުވި ގޮތުގައި މައްސަލަ ހުށަހަޅައި ފުރަތަމަ ދެއްވީ ސައްހަ ބަޔާނެއް ވެސް ނޫނެވެ.
އޭނާ އާއި ދަރިފުޅަށް، އީސަ ގެވެށި އަނިޔާކުރި ކަމަށް ވިދާޅުވެ ބަޔާން ދެއްވުމަށް ފަހު، އަސްރާ ވަނީ އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ފުލުހުންގެ ކިބައިން ވެސް ކުރިން އެދިވަޑައިގެންފައެވެ. އޭނާ އެގޮތަށް އެދިވަޑައިގަތް ނަމަވެސް ފުލުހުން އެ މައްސަލަ ތަހުގީގު ކުރުން ހުއްޓައެއް ނުލައެވެ. އަދި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށް ފަހު ދައުވާ ކުރަން ޕީޖީ އަށް ފޮނުވިއެވެ.
އީސަ އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ އާއި ދަރިފުޅަށް ވެސް އަނިޔާ ކުރަން އުޅުނު މައްސަލަ ފުލުހަށް ހުށަހެޅީ މިދިޔަ މަހުއެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާ އަށް ލިބޭނެ އެންމެ ބޮޑު އަދަބަކީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.
ގެވެށި އަނިޔާގެ ތުހުމަތުގައި އީސަ ހައްޔަރުކުރުމުގެ އަމުރަކަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓުގައި ވެސް އެދުނެވެ. އެކަމަކު އެ ކޯޓުން ގާނޫނީ ސަބަބުތަކާ ހެދި އެފަދަ އަމުރެއް ނެރެނުދިނެވެ.
ގެވެށި އަނިޔާގެ މައްސަލައާ ގުޅިގެން އީސަ ވަނީ އޭނާ މުގަައްރިރުކަން ކުރެއްވި މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ވެސް އިސްތިއުފާ ދެއްވައިފައެވެ.
މި މައްސަލަ ސާބިތުވި ނަމަވެސް އީސަގެ ގޮނޑިއެއް ނުގެއްލޭނެއެވެ. އެއީ ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުން، މެމްބަރެއްގެ ގޮނޑި ގެއްލޭނީ އެ މީހެއްގެ މައްޗަށް 12 މަހަށް ވުރެން ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އައުމުންނެވެ.
އަދަބު ލިބެން ޖެހޭނީ އޭރައް ދައުލަތައް ލާރި ކޮޅެއް ވަންނާނީ.
އޮޅޭ ސަރުކާރު. ކޮންމެވެސް މިނިސްޓަރަކު ނުވަތަ ބޮޑު އޮފީހެއްގެ ވެރިއެއް ނުވަތަ ވެރިމީހާ އޮޅިފަ. ހިނދުކޮޅުގަ. އަނެއްކާ އެސިޓީގެ އުންސުރު ހަމަވޭބާ؟؟؟؟؟
އެހެންވީމާ އަނބުރާ ނު ފޮނުވާނެ ދޯ
ތާހިރު ވެއްޖެނު.
ހަޑިރާވާ ބައެއްދޯ މީ
މިވަރު ބަޔަކަށް އަހަންނަކަށް އިތުބާރެއް ނުކުރެވޭނެ
ޑްރާމާ ކްއީން. ހަހަހަހަ.
ހާދަ އާދަޔާ ހިލާފު ކަންތައްތަކެއް ހުރި ކޭސްއެކޭ ދޯ...
އަސްރާ ވިދާޅުވި ގޮތުގައި މައްސަލަ ހުށަހަޅައި ފުރަތަމަ ދެއްވީ ސައްހަ ބަޔާނެއް ވެސް ނޫނެވެ. މިހެންކަމައްވެއްޖެނަމަ އަސްރާއާދެކޮޅައް ދޮގުބަޔާނެއް ދިންކަމުގެ ދަޢުވާ އުފުލަންޖެހޭނެ
ދަ އުލަތުގެ އިދާރާ އަކަށް ދޮގު މަ އުލޫމާތު ދިންކަމުގެ ދަ އުވާ އަސްރާގެ މަ އްޗަށް ކުރަން ޖެހޭނެ
ހީވަާގޮތުން ޖައްސާ ސްޓަންޓެ އް އެހެން ނޫނަސް ތިކަބުލޭގެ ހަމަބި މަ އްތިރިނުވެގެން އުޅޭހެން ހީވޭ
ޕީޖީވެސް އޮޅުންބޮޅުންގަނޑެއްގެ ތެރޭގެދޯ ،
ފުލުުހުން މައްސަލަ ބަލާ ތަހުގީގުކޮށް ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވީ ކޮންކަމެއް ބަލާ ދައުވާކުރެވޭ ވަރަށް ހެކި ލިބިގެންބާ؟ ތިކިޔާ އެއްޗެއް އެބަދިމާވޭތަ؟
އަސްރާގެ ސިޓީ ފޮނުވީ އީސަގެ ވަކީލުން ކަމަށް ބުނެވުނީ މައުލޫމާތުގެ ކުށަކުން: ޕީޖީ އޮފީސް
7 ގަޑިއިރު ކުރިން ( ޖޫން 19, 2021 )
މީދެން ލޯބީގެ ދަރުބާރަށް ވެއްޖެދޯ؟
ދެން ހުރިހާ ކަމެއް އޮޅުމަކުން ކަމަށް ހަދާފައި ރައްޔިތުން ގުބޯ ހައްްދާއިރު އެއް ފަހަރު ނަމަވެސް އޮޅުމަކުން ތިޔަ ނާ ލާއިގު މީހުންތައް އިސްތިއުފާ ނުދެވިގެން އުޅެނީ ކީއްވެގެން؟
ދެން އެކަމާ ގުޅިގެން ޑޮކްޓަރަށް ދައްކަން ދިއައީ ކީއްވެޔޯ؟ ޖަޒްބާތު އެރިގޮތަށް ނުފިލައިގެންތަ؟
ޤަމާރުންތާދޯ މިތާ މިތިބެނީ