ސަރުކާރާއި ދެކޮޅު ހިޔާލުތައް މީސް މީޑިއާގައި ފާޅުކުރާތީ އެމްޕީއެލްގެ ސްޕަވައިޒަރެއް ވަޒީފާ އިން ވަކިކޮށްފިއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވަޒީފާ އިން ވަކިކޮށްފައި ވަނީ އައްޑޫ ސިޓީގައި މަސައްކަތް ކުރާ އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ އިސްމާއިލް ރަޝީދުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވަޒީފާ އިން ވަކިކުރިކަން ފުރަތަމަ އަންގާފައި ވަނީ ފޯނުން ގުޅާފައެވެ. ވަޒީފާ އިން ވަކިކުރިކަން އަންގަން ގުޅި ފަރާތުން ބުނީ އޭނާ ވަޒީފާ އިން ވަކިކުރީ ސަރުކާރާއި، ސަރުކާރުގެ އިސް ބޭފުޅުންނާއި ދެކޮޅަށް ޝުއޫރު ފާޅުކުރާތީ ކަމަށެވެ.

ވަކިކުރި ސަބަބުން ލިޔުމުން އެންގިދާނެތޯ ސުވާލު ކުރުމުން ކުންފުނީގެ ފަރާތުން ވާހަކަދެއްކި މުވައްޒަފު ބުނީ ދެވެން އޮތީ ވަޒީފާ އިން ވަކިކުރިކަމުގެ ޗިޓް އެކަނި ކަމަށެވެ.

ވަޒީފާ އިން ވަކިކުރިކަން އަންގައި އޭނާ އަށް ފޮނުވި ޗިޓްގައި ބުނެފައި ވަނީ ވަޒީފާ އިން ވަކިކޮށްފައި ވަނީ ވަޒީފާގެ އެއްބަސްވުމާއި ކުންފުނީގެ ކޯޑް އޮފް ކޮންޑަކްޓާއި ހިލާފުވެފައި ވާތީ ކަމަށެވެ.

ސިޔާސީ ވާހަކަ ދައްކާތީ މިދިޔަ ރަމަޟާން މަހު ވެސް އޭނާ 14 ދުވަހަށް ސަސްޕެންޑް ކުރިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަހަރު ވެސް ގާތްގާތުގައި އޭނާ އަށް އިންޒާރުގެ ދެ ސިޓީއެއް ދީފައި ވެއެވެ. ނަމަވެސް އެސިޓީތަކުގައި އިންޒާރުދޭ ސަބަބު ބަޔާންކޮށްފައި ނެތުމުން ސިޓީތަކުގައި އޭނާ ސޮއެއް ނުކުރެއެވެ.

ކޯޑް އޮފް ކޮންޑަކްޓާއި ހިލާފުވެފައިވާ ކަމަށް ބުނެ ވަޒީފާ އިން ވަކިކުރިއިރު ކޮވިޑްގެ ހާލަތާއި ގުޅިގެން އޮފީހުން ރިލީޒް ދީގެން އޭނާ ގޭގައި ހުންނަތާ މިހާރު އެއްމަސް ދުވަސް ވެއްޖެއެވެ.

ވަޒީފާ އިން ވަކިކުރި މުވައްޒަފު އެމްޕީއެލްގައި ވަޒީފާ އަދާކުރާތާ މިހާރު ފަސް އަހަރު ވެއްޖެއެވެ. އިސްމާއިލް އާއެކު މަސައްކަތްކޮށްފައިވާ މުވައްޒަފަކު ބުނެފައިވަނީ އޭނާއަކީ ކުރާ ހިތުން މަސައްކަތް ކުރާ، ހުރިހައި މުވައްޒަފުންނާއިވެސް ގުޅޭ އަދި ޚިދުމަތުގައި ނަމޫނާ މުވައްޒަފެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

 1. ރުއް

  ކޮއްފާނެ ތިކަހަލަކަމެއް މިހާރު އެއީ ހައެއްކަ މީހުންގެ ކުންފުންޏެއް އެމީހުން އެންމެން ޕުރޮމޯޝަންވެސް ޖަހައިފި 15 މަގާމު ކުރިއައް

  30
 2. Anonymous

  ކޮބާ އިބްރާހިމާ ކައޭ ޔާމީނަށް އެއްޗެހިކިޔޭ ވަރުގެ މީހެއްތަތީ.
  ޒީރޯ ޓޮލަރެންސް ދަށުން ތޯ ވަޒީފާއިން ވަކިކުރީ.
  ޙައްޤު ބަސްބުނާތީ ހަޖަމެއްނުވޭ. ތިޔާއީތަ ދުޢާ ދެއްވައިގެން ވެރިކަން ކުރަން ޖެހޭގޮތް.
  ކަލޭ ރައްޔިތުން ގެ އަޑު ނޭހެންޏާ އިސްތިއުފާދީފައި ގޭގައި ހުރޭ

  56
  1
 3. ހަގީގަތް

  ތި މަގާމު އަވަހަށް އަލިޓިކޯއަށް ދީ މހމދ ސއދ އަދި މނޖރ ގެ އަރިސް ބޭފުޅެއް ތީގެ އަޑީގަ އުޅޭއެއްމެން އެގޭ އެންމެ ކާރިގައުޅޭ މަތީލެވަލް ތި އޮފީހުގައި އުޅޭ 4 މީހަކު

  22
 4. ބޮލުރޮދި ރާޖާ

  އެމްޑީޕީގެ އަސްލުސިފަ ......ނަމުން ޑިމޮކްރަސީ އަމަލުން ހިޕޮކުރަސީ އަދި ޓައިރަނިކް ޑިކްޓޭޓާޝިޕެއް.

  45
  1
  • ޢަހޮމަދު

   ޢަސްލުސިފަ ފެންނާނީ ރަގަޅަށްބެލީމަ. މިހާރުވެސް ކުރީސަރުކާރުން ލާފަތިބި ކިތަށްބޯޑްމެންބަރުން އަދި ސަރުކާރުގެ މަތީމަގާމުތަކުގަ އެބަތިބިތޯ. ނުހަ އްގުން ލިބުނު ބަ އިވަރު މީހާރު ނުލިބުނަސް އެ އީ މާޔޫސްވާންޖެހޭކަމެއްނޫން އެއޢީ އިސްލާހުވުމަށް ހުޅުވުނު ދޮރެ އް.

 5. ބުއްޅަބެ

  އޯގާތެރި ސަރުކާރު..ލޮލް

  41
 6. ނަޑަރު

  ޑިމޮކްރަސީ ފައްކާވަމުން އަންނައިރު ވާނެ ތިކަހަލަ ކަންތައްތައް

  33
 7. އިސްކުރުބެ

  ޑެމެކްރަސީ ފައްކާވެ ނިމޭއިރު މިޤައުމުގައި އަހަރެމެންނަށް ދިރި ތިބެވޭނެތޯ.؟

  22
 8. ސިތުރާ

  ދެރަނުވޭ ތީޤަވައިދުން ހިނގައިފައިވާ ކަމެއްނޫން . މީއިންސާފުކަމަށްވަންޏާ ވެރިކަން ފޭލިވެއްޖެ!

  19
 9. ކަރީމް ބޭ

  އއެ ސޮރަކީ ތަނުގަ އި ފިތުނަ ފަސާދަ އުފެ އްދުން ތެރި އެއ އް

  3
  10
 10. ރާގޮޑިރާޖަ

  ޥަގުން ވަ އްކަންކޮ އްފަވެސް ބުނޭ ވަ އްކަމެ ނުކުރަމޭ އެވާނެތޯ ހަ އްގުބަސް ކަމަށް. ތިކަންވެސް ބެލީމަ އެގޭނީ ހަގީގަތް. ޢެހެންނޫނަސް ސަރުކާރުވަޒީފާގަތިބޭ އިދިކޮޅު ބަ އެއްމީހުން ހިދުމަތް ހޯދަން މީހުންދި އައ އީމަ ސަރުކާރު ބަދުނާމުކުރުމަށްވެސް ކަންކަންކުރޭ. ޙަޖަމްނުވެގެން ތިއުޅެނީ އެދޭބަޔަކަށް ވެރިކަން ނުލިބުނީމަ.

 11. އައްޑޫ

  މީތޯ އެމްޑީޕީން ބުނާ ހިޔާލް ފާޅު ކުރުމުގެ މިނިވަން ކަމަކީ

 12. ދިރާސާ

  ތިއީ ބާރެއްލިބިފައިވާތީކުރާކަމެއް ވަޒީފާއިންވަކިކުރާނެފުރުސަތެއް އެބައެއްތޯ މިހެންމިބުނީ
  ޚިޔާލުފާޅުކުރުމުގެ ހައްގަކީ ކޮންމެދަރިއަކަށްވެސް ލިބިގެންވާހައްގެއް ވީމާ، އޭނަގެ އެހައްގު
  ނިގުޅައިލަންޖެހޭ ސަބަބެއްނެތް އޮޅުވާލާއިގެން މައްސްލަހަތު ގެއްލޭގޮތަށް ޚިޔާލުފާޅުކުރުމާ
  ވަޒީފާއިން ވަކިކުރުމަކީ ދެކަމެއް ވީމާ، ކުރިކަމެއްގެބާވަތުން އަދަބުލިބެންޖެހޭނެކަމަށްފެނޭ
  ވައްކަންކުރީމަ އެވާހަކަވެސްފާޅުނުކުރަންވީތޯ ރާބުއިމަ އެވާހަކަވެސް ނުބުނަންވީތޯ ކަމެއްގެ
  ރަގަޅގޮތުގެ ޚިޔާ

 13. ބޯކޮސް

  ކޮންމެ ސަރުކާރެ އް އޮތަސް ޚިޔާލު ތަފާތުވާނަމަ، ފާޑު ކިޔަންވާނީ ތިމާގެ ގަޔާދިމާލަށް ނާދެވޭނެ ގޮތަކަށެވެ. މިޚަބަރާ އި އެކު ފޮޓޯ ޖެހުމުގެ އިޒްނަ ދިނުމުން، މީހާގެ ވިސްނުމުގެ ލެވެލް ސާގުވެ އެވެ.

 14. ޓޫފާ

  ސަރުކާރުގެ އަގު ވެއްޓޭގޮތަށް ވާހަކަ ދައްކާނަމަ ވަޒީފާއިން ކަނޑަންވީ ހަމަ.. އަދި މެދަވަލިގޭ ޕޮޑިއްޕަރު ވެސް ކަނޑަންވީ

 15. ޙހހހ

  ތިހެން އަބަދުވެސް ވާނީ ، ކުންފުނިތަކުގެ ބޮޑުންނަށް ތިބެނީ ޕާޓިތަކުގެ އެކްޓިވިސްޓުން ، ވެރިކަން ބަދަލުވާ އިރު އެމީހުންވެސް ބަދަލުވާނޭ ހަނާވެދާނީ ހުނަރުވެރި މުވަ އްޒަފުން ، ހާސްނުވޭ ދެންބަޔަކު ވެރިކަމަށް އައިސް ގަނޑު މުސާރަ އާ އި އެކު ތިމަޤާމު ދޭނެ ، މީ މިހާރު މިޤަ އުމުގެ ޑިމޮކުރަސީ

 16. ބުރާންޗެއް

  ޔާމީން ސަރކާރުގައި އެމްޕީއެލް ސުޕަވައިޒަރ ކުޑަހުވަދޫ މޯޑް އބަދުވެސް ޔަމީންއަށް ވަގަށް ގޮވާ ހަދަމުން ދިޔައީ ވަޒީފާއިން ވަކި ނުކުރޭ އަދިވެސް ހުރީ ހަމަ އެމްޕީއެލް ވަޒީފާގައި
  ހހެ ހަޖަމް ނުވަންޔާ ވެރިކަމަށް ނައުމަށް އެދެން

 17. ކަރޭ

  ބަރާބަރު މީނަ ރައިސް ޔާމީނަށް ފާޑު ކީނަމަ މިހާރު ޢޮންނާނީ ގޮޅީގަ ލޮލް

 18. Anonymous

  ކެއްކޮށްލާ އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތީ ބޮޑު ޒަލްޒަލާއެއް! ވެރިކަން މުލުން ލުހެވި،ސަރުކާރުގެ އިސްވެރިން ކޮޅުކޮޅަށް ދުވައިގަންނަ ދުވަސް ގާތްވެއްޖެ! މާތް ރަސްކަލާނގެ އީ ވެރިކަން ދެއްވާ ފަރާތަކީ އެކަލާނގެ ދީނަށް ހަޖޫޖަހާ އެކަލާނގެ ރަސޫލާއަށް ފުރައްސާރަކުރާކަށް ދެން އެކަލާނގެ މި އަނިޔާވެރިންނަކަށް މުހުލަތެއް ނުދެއްވާނެ އިރާދަ ކުރެއްވިއްޔާ!

 19. ލލ

  ދުލާއި ގަލަމުގެ މިނިވަން ކަން ހޯދަން އެންމެ ބޮޑަށް ވަކާލާތު ކުރިމީހުން މިއަދު އެކަން އެކޮޅު ކޮޅުން ޖަހަނީތޯ ؟

 20. އިންޑިއާ އައުޓް

  އެއްކަލަ ބުނާ ވަގު ޔާމީނުގެ ވެރިކަމުގަ ހަދަހާ ވަރަކަށް ވަގައް ގޮވިކުދިން އެމްޕީއެލް އައްޑޫ ސައިޓުގަ ތިއްބޭ އެކުދިން އެހެން ވަގައް ގޮވަގޮވާ ތިއްބައޭ އިބުރާހީމަ ވެރިކަމައް އައީވެސް އެހެން ވީމާ ބުނެވެން އޮތީ ވަގަކަސް ދުލާ ގަލަމުގެ މިނިވަންކަންވެސް އޮތީ ވަގުކަލޭގެ ވެރިކަމުގައޭ ގަބުލު ކުރަން ދަތިވިޔަސް ހަގީގަތް ދޯ