22:06

މިއަދު ރާއްޖެ އިން އިތުރު 187 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ

21:55

ގދ، ތިނަދޫން އިތުރު 12 މީހަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށް އެރަށު ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނެފި

19:53

އައްޑޫ ސިޓީ ހިތަދޫން އިތުރު 9 މީހަކު ކޮވިޑް-19އަށް ފައްސިވެއްޖެ.

17:10

ކޮވިޑް19 ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ގދ. ތިނަދޫ ގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށް، ކޮންމެ ގެއަކަށް 2 ފާސް ދޫކުރަން ނިންމައި އެނޫން ބޭނުންތަކަށް ބޭރު ތެރޭގައި އުޅުން މަނާކޮށްފި

17:01

16:57

ކޮވިޑް-19 އަށް ދިފާއު ވުމަށް އެސްޓްރާ ޒެނެކާގެ އުފެއްދުމެއްކަމުގައިވާ އެސްޓްރާ ޒެނަކާ ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ދީފި

15:38

ފަރުވާ ދިނުން ލަސްވެގެން ނިޔާވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާގެ މަރުގެ މައްސަަލާގައި އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅަން ނިންމާފައިވާކަން ހާމަކޮށްފި

15:37

ކޮވިޑް ބަލީގައި ނިޔާވި އުމުރުން 10 އަހަރުގެ ފާތުމަތު މިޝްކާއަށް ފަރުވާ ދިނުން ލަސްވެގެން ދިޔައީ ސިއްޚީ ދާއިރާގެ ނިޒާމުގެ މައްސަލައަކާ ގުޅިގެން ކަމަށް މިޝްކާ ނިޔާވި ގޮތުގެ މައްޗަށް ހެލްތު މިނިސްޓްރީން އެކުލަވާލި ރިޕޯޓްގައި ބުނެފި

09:23

ކޮވިޑް-19: ބްރެޒިލުން މަރުވި އަދަދު ފަސްލައްކައަށް، ރައްޔިތުން ސަރުކާރާއި ދެކޮޅަށް މަގުމައްޗަށް.

08:58

ކޮވިޑް ވެކްސިންގެ ސަބަބުން ދަރިން ލިބުމަށް ހުރަހެއް ނެތް

ކޮވިޑް-19 އަށް މާލެ އިން ފައްސިވާ މީހުންގެ އަދަދު ފާއިތުވި ދެދުވަހު 50 ގައި ވަނީ ހިފެހެއްޓިފައެވެ. ނަމަވެސް ކޮވިޑަށް ޓެސްޓް ކުރާ އަދަދު ފާއިތުވި ދެދުވަހު ވެސް ވަނީ ދަށަށް ގޮސްފައެވެ. މިއަދު ޓެސްޓް ކުރީ 3415 މީހުންނެވެ. އިއްޔެ ޓެސްޓް ކުރީ 3520 މީހުންނެވެ. މިއަދަކީ މެއި މަހުގެ 15 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑަށް ޓެސްޓް ކުރި ދުވަހެވެ.

މިއަދު 211 މީހުން ކޮވިޑަށް ފައްސިވިއެވެ.

މިއަދު މާލެ އިން ކޮވިޑަށް ފައްސިވީ 54 މީހުންނެވެ. މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 132 މީހުން ފައްސިވިއެވެ. މިއަދު ރިސޯޓްތަކުން 25 މީހުން ފައްސިވިއެވެ.

އިއްޔެ ކޮވިޑަށް ފައްސިވީ 142 މީހުންނެވެ. އިއްޔެ މާލެ އިން ފައްސިވީ 51 މީހުންނެވެ. އަދި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން އިއްޔެ ފައްސިވީ 88 މީހުންނެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ އަދަދު އިއްޔެ އަށްވުރެ ގިނަވި ނަމަވެސް މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ އަދަދު އިއްޔެ އަށްވުރެ މަދެވެ. މިއަދު ކޮވިޑަށް ޓެސްޓް ކޮށްފައި ވަނީ 3415 މީހުންނެވެ. އިއްޔެ 3520 މީހުން ކޮވިޑަށް ޓެސްޓް ކުރިއެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %6 މީހުން ވަނީ ފައްސިވެފައެވެ.

ކޮވިޑް ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު މިހާރު ވަނީ 46 އަށް މަދުވެފައެވެ. މިއީ ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ވެސް އެޑްމިޓް ކޮށްފައި ތިބި މީހުންގެ އަދަދު ދަށަށް ނުދާ މިންވަރެކެވެ.

ކޮވިޑް ޖެހިފައި މިހާރު ތިބި މީހުންގެ އަދަދު މިއަދު ވަނީ 5403 އަށް މަދުވެފައެވެ. އެހެންކަމުން މިއަދަކީ މެއި މަހުގެ 01 ވަނަ ދުވަހަށް ފަހު ކޮވިޑް ބަލި މީހުން ރާއްޖޭގައި އެންމެ މަދުވި ދުވަހެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ މަދުވަމުންނެވެ. މިމަހު ދުވާލަކު ކޮވިޑަށް ފައްސިވާ މީހުންގެ އެވްރެޖް އަދަދު ވަނީ 385 އަށް މަދުވެފައެވެ. މިދިޔަ މަސް ނިމުނުއިރު ދުވާލަކު 1115 މީހުން ފައްސިވިއެވެ. އޭޕްރީލް މަހު ދުވާލަކު އެވްރެޖްކޮށް ފައްސިވީ 192 މީހުންނެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މީރާ

    މީ ދެން ނަފްރަތު އުފެއްދުން ދޯ؟ ފިޔަވަޅުގެ ބޭނުމަކީ ކޮންޓެކްޓް މަދުކުރުން. އެހެންވީމަ ޓެސްޓް ކުރާ ނިސްބަތް މަދުވާނެ. އެހެންވެ ބުނަނީ ސްކޫލަށް ދިޔަދުވަސްކޮޅު ކިޔަވާށޭ. ދިސް އިސް ބޭސިކް ސްޓެޓިސްޓިކްސް.

    1
    1
  2. ަގުމްރީބެ

    ރެންޑަމް ސާންޕަލް ނެގުން ހުއްޓާލީ މަ ޕޮޒިޓިވް ވާ އަދަދު މަދުވާނެ ... ބަޔަކަށް ފައިދާ ހޯދުމަށް ކުރާ ކަމެއް ވިއްޔާތީ