އެމެރިކާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގެންފިއެވެ.

މަހަކަށްވުރެ ގިނަ ދުވަސް އެމެރިކާގެ ނިއުޔޯކްގައި ހޭދަކުރެއްވުމަށް ފަހު ޝާހިދު މާލެ ވަޑައިގެންފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ޝާހިދު، އެމެރިކާއަށް ކުރެއްވި ދަތުރުފުޅަކީ އދ.ގެ އާއްމު މަޖިލީހުގެ އިންތިހާބުގައި ބައިވެރިވެވަޑައިގެންނެވުމަށާއި، މެންބަރު ގައުމުތަކުގެ ތާއިދު ހޯއްދެއްވުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

މެންބަރު ގައުމުތަކުގެ ބޮޑު އަޣުލަބިއްޔަތަކުން އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސް ކަމަށް ޝާހިިދު ވަނީ އިންތިހާބުވެވަޑައިގެންފައެވެ. މިއީ އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެއިން ކުރިމަތިލި ފުރަތަމަ ފަހަރެވެ.

އަދި ރާއްޖެ ވެގެން މިދިޔައީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން އދ. ގެ ރިޔާސަތު ބަލަހައްޓަވާ ހަ ވަނަ ގައުމަށެވެ.

އދ. ގެ އާއްމު މަޖިލީހަކީ އދ. ގެ މައިގަނޑު ހަ ގުނަވަނުގެ ތެރެއިން އެއް ގުނަވަނެވެ. އަދި މިއީ ސިޔާސަތު ކަނޑައެޅުމާއި މަޝްވަރާކުރުމުގެ މައިގަނޑު ގުނަވަންވެސްމެއެވެ.

އާއްމު މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވާނީ އެ މަޖިލީހުގެ ރައީސްއެވެ. އަދި އާއްމު މަޖިލީހުގެ ރައީސް، ބައިނަލްއަގްވާމީ ބައްދަލުވުންތަކާ ސަރަހައްދީ ބައްދަލުވުންތަކުގައި އދ. ގެ މުޅި މެމްބާޝިޕް ތަމްސީލްކުރައްވާނެއެވެ.

ރާއްޖެއިން އދ. ގެ މެމްބަރު ގައުމަކަށްވީ މިނިވަންކަން ލިބުނުތާ ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭ، ސެޕްޓެމްބަރު 21، 1965 ގައެވެ.

ޝާހިދުގެ ދައުރު ފެށޭނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ކޮވިޑް

    ގެންދިޔަ ރައްޔަތުންގެ ލާރިގަނޑު ހުސްކޮށްލާފަ އަނެއްކާ އައީ ދޯ؟ ދެން ބަލާ އިސްލާމީ މަރުކަޒުގެ ގުއްބު ވިއްކާލާފަ ލާރިބޮނޑި ހިފައިގެން ފިލޭތޯ؟ ގައުމަށް ޖެހިފައިވާ ބޮޑު މުސީބާތެއް ހުވާ.

  2. އިބްރާ

    މިއޮށް ދަތި ދުވަސްވަރު ދައުލަތް ދަވާލިމީހެއް.

  3. މުހުއްމަދު

    ދެން ރަ އިޔިތުން ވީ ފަ އިބުޑަށް ވެ އްޓެން ތި ގޮލާގެ. އއަސްލު ތި ވާހަކަ އއަޑު ައހާ ކަށް ބޭނުން ވާ މީހަކު ވެސް ނޫޅޭ

  4. ވަތަން

    އިންޑިއާ އަކަށް ނޫންތަށް ދާންޖެހެނީ؟ ކީއްކުރަން ރާއްޖެ އައީ؟

  5. ގައުމީ ލޯބި

    ދެން ބަލާ ފޮރިންމިނިސްޓްރީން މީނާ ހޮވުމަށް ކުރި ޚަރަދު.. ދައުލަތުގެ ޚަރަދުގައި އަމިއްލަ ކެމްޕޭން ކުރީ ޓެކްސްޕޭޔަރުންގެ ފައިސާއިން..

    މީތޯ އިންސާފު ހޯދަން އައި މީހުން ކުރާ ކަމަކީ..؟

  6. މަބޭ

    ރައްޔިތުންގެ ޓެކްސްފައިސާއިން ކުރިހަރަދުގެ ތަފްސީލް ހާމަކުރަންޖެހޭ

  7. މެކް

    ތިކަމައް ސާހިދު ހަރަދުކުރި ރައްޔިތުންގެފައިސާ އަބުރާ ހަވާލުކުރަންގޮވާލަން

  8. ސރނގ

    ހަޤީޤަތަކީ އިންޑިޔާގެ ގޮނޑިކޮއްކޮއަށް ވުމަށް ފަހު ...

  9. ޅ.ނޫރާނީއާގޭ

    ތާރީހީބޮޑުހިތާމަވެރިދުވަހެއް އެދުވަކީ އަވަހައްސަލާމައްކުރައްވާށި އާމިން

  10. ވިލޭ

    ތާއިދު ހޯއްދެއްވުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށް ވިއަސް މިރާއްޖެއައްވަރައްބޮޑުގެއްލުމެއްމިވީ ކާޕެޓްކަލިމީހާ

  11. ޔާމިން

    މިއޮށް ދަތި ދުވަސްވަރު ދައުލަތް ދަވާލިމީހެއް %100 ރަގަޅުވާހަކައެއް

  12. ޅ.ނޫރާނީއާގޭ ސިންގާ

    އިންޑިއާ އަކަށް ނޫންތަށް ދާންޖެހެނީ ކީއްކުރަން ރާއްޖެ އައީ މިކަލޭގެ

  13. ލައިލާ ކިޝޯރު

    މީދެންކޮންފަދަމުސީބާތެއްތަ މިގައުންއައްޖެހިފާވާ

  14. ހުސޭނުބޭ

    ބައިތުލްމާލުން އެތައް މިލިއަނެއް އަމިއްލަ އެދުމަށް ތަޅާބުރުވާލާފައި މިތަނަށް އައިމާ އަޅެ ތިކަމުން ރައްޔިތުންނަށް ވި ފައިދާއެއް ދައްކާބަލަ!

  15. މާރިޔާ

    ހަޤީޤަތަކީ އިންޑިޔާގެ ގޮނޑިކޮއްކޮއަށް ވުމަށް ފަހު މިބޮޑުގޮހޮޑާމިއައީ ހުރިހިތާމައެއްގެބޯޑުކަމައޭ

  16. ޔާމިން

    ތިކަމައް ސާހިދު ހަރަދުކުރި ރައްޔިތުންގެފައިސާ އަބުރާ ހަވާލުކުރަންގޮވާލަން އަދި ވަގައްގެންދިޔަ ކާޕެޓްގެ ކަންތަކައްޖަލުހުކުން