ކަނޑިތީމް ދާއިރާގެ ފަސް ރަށުގެ ދެ ކައުންސިލަރުން ފިޔަވައި އެހެން ހުރިހާ ކައުންސިލަރުން އެބިލް ކުށްވެރިކޮށް ނެރުނު ބަޔާންތަކުގައި ސޮއި ކުރައްވައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން ހުށަހެޅި ނަފްރަތުގެ ބިލް ކުށްވެރިނުކުރީ ބިލެތްފަހީ ކައުންސިލްގައި ހިމެނޭ އެމްޑީޕީގެ ދެކައުންސިލަރުން ކަމަށްވާ އާދަމް ޝަފްރާޒް އާއި ފާތިމަތު ވަހީދާ އެވެ. ފަސް ރަށުގެ ކައުންސިލްތަކުގައި ތިއްބަވާ އެމްޑީޕީގެ އެހެން ހުރިހާ ކައުންސިލަރުން ވެސް ހިމެނޭ ގޮތައް ހުރިހާ ކައުންސިލަރުން ވަނީ މިބިލް ކުށްވެރިކޮށް ނެރުނު ބަޔާންތަކުގައި ސޮއި ކުރައްވާފައެވެ. ކަނޑިތީމް ދާއިރާގެ ފަސް ރަށުގައި ތިއްބަވާ 25 ކައުންސިލަރުންގެ ތެރެއިން 14 ކައުންސިލަރުންނަކީ އެމްޑީޕީ އަށް ނިސްބަތްވާ ކައުންސިލަރުންނެވެ.

ބިލެތްފަހީގެ ތިން ކައުންސިލަރަކު ސޮއި ކުރައްވާ ނެރުއްވި ބަޔާނުގައި ވިދާޅުވީ މިބިލާމެދުގައި އޮތް ކަންބޮޑުވުމަކީ، މިބިލުގެ ސަބަބުން ދީނާ އިދިކޮޅު ޢަމަލުތަކަށް އިންކާރުކޮށް އެކަމާދެކޮޅަށް ބަސްބުނުންކުށަކަށްވާތީއެވެ. މިގޮތުން އިސްލާދީނާއި އިދިކޮޅު ޚިޔާލުތައް ފާޅުކުރާ މީހުންނަށް ރައްދުދީ އެމީހުންގެ ނުބައިކަމުން މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި، އެފިކުރުތަކުގެ ޙަޤީޤަތް ހާމަކުރުމަށް ބަހެއްބުނާ ކޮންމެ މީހަކު ކުށްވެރިވާނެކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. ހަމައެގޮތަށް މިބިލުގެ ސަބަބުން ސުންނަތް ޖަމާޢަތުގެ ޢަޤީދާއާ އިދިކޮޅު، ބާތިލު ފިރުޤާތައް ކަމުގައިވާ، ޙައްޤަކާނުލައި މުސްލިމުން ކާފަރުކުރާ މީހުންނާއި، ޤަބުރުތަކަށް އަޅުކަންކުރާ ސޫފީންނާއި، ޚަދީޘަށް އިންކާރުކުރާ ޖަމާޢަތްތަކުގެ ނުރައްކާތެރިކަން ބަޔާންކޮށް، އެފަދަ މީހުންނާ ދެކޮޅަށް ވާހަކަ ދެއްކުން މަނާވެގެންދާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ބިލެތްފަހީ ކައުންސިލަރުންގެ ތެރެއިން ބަޔާނުގައި ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދު އާއި ނައިބު ރައީސް އަލީ އަސްލަމް އާއި ކައުންސިލަރު އިސްރާ ހަމީދު އެވެ.

ކަނޑިތީމް ކައުންސިލުން ނަފްރަތުގެ ބިލް ކުށްވެރިކޮށް ނެރުނު ބަޔާނުގައި ވިދާޅުވީ ބިލް ފާސްވެ ގާނޫނަކަށް ވެގެން ހިނގައްޖެނަމަ އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ ފުރުސަތު ފަހިވެގެން ހިނގައިދާނެ ކަމަށެވެ. އެބަޔާނުގައި ކައުންސިލް ރައީސް އަހްމަދު އަހްސަން އާއި ކައުންސިލްގެ ނައިބު ރައީސް އަލީ ޝިފާއުގެ އިތުރުން ކައުންސިލަރުން ކަމަށްވާ ރަމްލާ އިބްރާހިމް، ފާތިމަތު އިނާސާ އަދި އަހްމަދު ވާސިފް ސޮއި ކުރެއްވިއެވެ.

ގޮއިދޫ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ބިލް އޮތީ އިސްލާމްދީނަށާއި ﷲ އަށް އަދި ރަސޫލާއަށް ފުރައްސާރަ ކުރުމުގެ ގާނޫނީ ބާރުވެރިކަން ލިބޭ ގޮތައް ކަމަށެވެ. ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝާހިދު އާއި ނައިބު ރައީސް ހުސެއިން ޒިޔާދު އަދި ކައުންސިލަރުން ކަމަށްވާ އިބްރާހިމް ރިފާޒް، އައިޝަތު ޝަބާނާ އަދި އައިޝަތު ޝީޒާ ވަނީ ބަޔާނުގައި ސޮއި ކުރައްވާފައެވެ.

ފޭދޫ ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ ބިލް ފާސްވެ ގާނޫނަކަށް ވެއްޖެނަމަ އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުންނަށް ހިމާޔަތާއި ރައްކާތެރިކަން ލިބިގެންދާނެ ކަމަށެވެ. ފޭދޫ ކައުންސިލްގެ ރައީސް އަހްމަދު ރައިސަމް އާއި ނައިބު ރައީސް އަހްމަދު ސުނީލް އަދި ކައުންސިލަރުން ކަމަށްވާ ހަމްދޫން އާދަމް، އައިޝަތު މަހްމޫދު އަދި އައިޝަތު ޝިމްލާ ވަނީ ބަޔާނުގައި ސޮއި ކުރައްވާފައެވެ.

ނޫމަރާ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސަރުކާރުން ހުށަހަޅާފައިވާ ބިލަކީ ގާނޫނު އަސާސީ އާއި ހިލާފު ބިލެއް ކަމަށެވެ. ނޫމަރާ ކައުންސިލްގެ ރައީސް އަލީ ރަބީއު، ނައިބު ރައީސް އިބްރާހިމް ރަޝީދު އަދި ކައުންސިލް މެންބަރުން ކަމަށްވާ އަސްލަމް ހުސެއިން، މަރިޔަމް އާދިލް އަދި ސިތާރާ އަލީ ވަނީ ބަޔާނުގައި ސޮއި ކުރައްވާފައެވެ.

ރާއްޖޭގެ ވަރަށް ގިނަ ރަށްތަކުގެ ކައުންސިލްތަކުން ގެންދަނީ ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ނަފްރަތުގެ ބިލް ކުށްވެރިކޮށް ބަޔާންތައް ނެރެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޖިންނި

    ލާދީނީ ޖާހިލު އެމް ޑީ ޕީ ފާޅުވެ އެނގިގެންވާ މުނާފިޤުން ތިހި ރަ ފާޅުވަނީ

    42
    2
  2. ރަދީފް

    މުންކަރާތްތަކަށް ހިތްވަރުދީ ދުނިޔޭގެ އެދުމަށް މަގާމްގަ ބަގުޑި ބެއްދުމުގެ ނިޔަތުގަ ބިލް ކުއްވެރިކުރަން ނުކެރުން އެއީ ލަދުވެތިކަމެއް.

    44
    2
  3. ބޯޖަލީލު

    ހއ ބާރަށުން ވެސް ތިކަމާ ހުރަސްއަޅަނީ އެމް ޑީ ޕީ ގެ ކައުންސިލަރ ވަރަށް ބަލާބޮޑު މީހެއްމީ...

    35
    2
  4. Anonymous

    ތިޔަބަޔަކަށް މުހިންމީ ދީންތޯ؟ ނޫނީ އެމްޑީޕީގެ ލާދީނީ ފިކުރުތޯ؟ ޕާޓީއަށް އެޅިހާ ބަތަކަށް ރިހަވެގެން ހުރޭ. ސުވާލު ވެވޭނީ ތިބާގެ ދީނާ މެދުގައި. ޕާޓީއާއި މެދަކުނޫން. ބަޔަކުގެ ބަހަށް ހެއްލުނަސް ބޮޑުވަރު.
    މިހާރު ވ. ސާފުކޮށް މިއެނގެނީ އަންނި މެންގެ އަސްލު ސިފަ . އަސްލު މަޤްޞަދު. ކޮންމެ ފަހަރަކު ވެރިކަން ލިބޭއިރަށް ދީނާ ކުޅެލަން.
    މިމީހުން ދާންވީ ބޭނުން ދީނަކަށް އުޅެވެން އޮންނަ ތަންތަނަށް. ބޮޑު ވަޒީރު ކުރެވޭނެ. ބޭނުން އެއްޗެއް ބޮވޭނެ. .ގެރިމޯދީމެން ދަށުގައި ތަނާއި މީހުން އެބައޮތް. ހެޔޮނުވާނެ މިދިވެހި ރާއްޖެ ފަސާދަ ނުކޮށް ރައްކާވޭ

    45
    2
  5. Anonymous

    އެން

  6. Anonymous

    އެންމެބޮޑަށް ލޯބި ވާން ޖެހެނީ ﷲ އާއިރަސޫލާ ދެކެ އެވެ.
    ނަފްރަތުގެ ބިލް ކުށްވެރިނުކުރީ ބިލެތްފަހީ ކައުންސިލްގައި ހިމެނޭ އެމްޑީޕީގެ ދެކައުންސިލަރުން ކަމަށްވާ އާދަމް ޝަފްރާޒް އާއި ފާތިމަތު ވަހީދާ އެވެ.
    ދެމީހުންނަށް ކަމުގެ ހަގީގަތް ހާމަކޮށްދޭންޖެހެ އެވެ.

    16
    1
  7. ސސ

    ދުލާއި ގަލަމުގެ މިނިވަން ކަން ހޯދަން އެންމެ ބޮޑަށް ވަކާލާތު ކުރިމީހުން މިއަދު އެކަން އެކޮޅު ކޮޅުން ޖަހަނީތޯ ؟

    13
  8. Anonymous

    ލާދީނީ ވީމަ ސޮއި ނުކުރާނެތާ

    20
    2
  9. ޙަސަނާ

    މާތްﷲތިޔަކައުންސިލްތަކުންކުރާމަސައްކަތުކާ ބަރަކާތްލައްވާށި..އާމީން

    6
    1
  10. އިބްރާ

    އެމްޑީޕީ އަށް ނިސްބަތްވެއްޖެނަމަ ލާދީނީ ބިލަށް ތާޢީދު ނުކުރާނީ ވަރަށް މަދު މީހެކެވެ.

  11. ފިލާތޯ ބެލޭމީހާ

    ތިޔަ ދެމީހުން ގޮވައިގެން ކަންނޭންގޭ ނޫންތޯ ފިލާބަޔަކު ފިލާނީ މިގައުމުން ވެދުން

  12. ކާފަރު އެލެކްސް

    ކާފަރުން ކާފަރުންނައް ތާއީދު ކުރާނީ