ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މިހާތަނަށް ވެސް މަސައްކަތް ކުރައްވާފައިވަނީ ޖިނާއީ އަދުލުގެ ނިޒާމުގައެވެ. ދައުލަތުގެ ވަކީލެއްގެ ގޮތުގައި ނޫނީ ދިފާއީ ވަކީލެއްގެ ގޮތުގައެވެ.
މިސްރުގެ އަޒްހަރު ޔުނިވާސިޓީން ޝަރީއާ އާއި ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލް ކުރެއްވުމަށް ފަހު، އިނގިރޭސިވިލާތުގައި ޖިނާއީ އަދުލުގެ ނިޒާމާއި ގާނޫނުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރެއްވުމަށް ފަހު ޝަމީމަކީ ޕީޖީ އޮފީސް އުފެއްދި ދުވަސްވަރުން ފެށިގެން އެ އެފީހުގައި މުހިއްމު މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ޑެޕިއުޓީ ޕީޖީގެ މަގާމު ވެސް އޭރު އޭނާ ފުރުއްވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ގެންދެވީ އަމިއްލައަށް ވަކާލާތު ކޮށްދެއްވަމުންނެވެ.
އާންމުންނާ ގުޅުން ހުރި ގިނަ މައްސަލަތަކުގައި ވެސް މަސައްކަތް ކޮށްދެއްވަމުން ދަނިކޮށް، މިދިޔަ ސަރުކާރުގައި ދައުވާ އުފުލުނު ސިޔާސީ ބައެއް ބޭފުޅުންނަށް ވަކާލާތު ކޮށްދެއްވި ބައެއް މައްސަލަތަކުގައި ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ބުނެ ވަކީލު ކަމުން ސަސްޕެންޑް ވެސް ކުރިއެވެ.
ޕީޖީގެ މަގާމަށް ޝަމީމް ވަޑައިގަތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުންނެވެ.
ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި އޭރުގެ ޕީޖީ އައިޝަތު ބިޝާމް ވަކި ކުރުމުގެ މަސައްކަތް ދަނިކޮށް އޭނާ މަގާމުން އިސްތިއުފާ ދެއްވުމުން އެ މާގަމު ހުސްވީއެވެ. ރައީސް ސޯލިހް ފޮނުވީ ޝަމީމްގެ ނަމެވެ. އަދި މަޖިލީހުން އެ ނަމަށް ރުހުން ދިނީއެވެ.
ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ތަފާތު ސުވާލެއް އަމާޒުކޮށްފައެވެ. ޕީޖީ މަގާމުން ވީ އަވަހަކަށް ދުރުކޮށްފިނަމަ ދެން ފެނިގެންދާނީ ކޮން ދާއިރާއަކުންތޯ ނޫސްވެރިޔާ ސުވާލު ކުރިއެވެ. އަދި ތާއަބަދު މަގާމުގައި ނުހުރެދާނެ ކަމުގައި ވެސް ނޫސްވެރިޔާ ފާހަގަކުރިއެވެ.
އެ ސުވާލުގެ ޖަވާބުގައި ޝަމީމް ވިދާޅުވީ ގައިމު ވެސް އޭނާގެ ޝައުގުވެރިކަން ސިޔާސީ ދާއިރާއަކަށް ނެތް ކަމަށެވެ. ޝަމީމް އެހެން ވިދާޅުވީ ވެސް ސިޔާސީ ދާއިރާއިން އޭނާ ފެނިދާނެތޯ ނޫސްވެރިޔާގެ ސުވާލުގައި ވެސް ފާހަގަކުރުމުންނެވެ.
"ސިޔާސީ ދާއިރާއަށް އަޅުގަނޑުގެ ޝައުގުވެރިކަމެއް ނެތް، މި މަގާމުން ދުރުވާ ދުވަހެއްގައި އަނެއްކާ ވެސް ފެންނާނީ ދިފާއީ ވަކީލެއްގެ ގޮތުގައި، ނޫނީ އަޅުގަނޑު އުޅޭނީ ވަރަށް މަސައްކަތުން ފޮތް ލިޔާ މީހެއްގެ ގޮތުގައި،" ޝަމީމް ވިދާޅުވިއެވެ.
ޝަމީމަކީ މިހާރު ވެސް އަމިއްލަ ބްލޮގެއްގައި ލިޔުންތައް ޝާއިއު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އާންމު ގޮތެއްގައި ޝާއިއު ކުރައްވަނީ ވެސް ގާނޫނީ ލިޔުންތަކެވެ. ޝައުރީ ދާއިރާގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުން ގިނަ ލިޔުންތައް ޝަމީމް ޝާއިއު ކުރައްވާފައިވެއެވެ.
ސިޔާސީ ބައެއް ބޭފުޅުންގެ މައްސަލަަތައް ކުރިއަށްދާ ގޮތުން ޕީޖީ ޝަމީމަށް ވެސް ފާޑުކިއުން އަމާޒުވެފައި އެބަ ހުއްޓެވެ. ނޫސްވެެރިންގެ ސުވާލުތައް އެ ކަމަށް ވެސް މިއަދު އަމާޒުވެގެން ދިޔައެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފުރާވަޑައިގަތަސް، އެ މައްސަލާގައި ވެސް ޕީޖީ އޮތީ ދޫދެއްވާ ގޮތަކަށް ނޫން ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި އަލީ ވަހީދު ފުރީ ޕީޖީގެ ފެއިލާއެއް ނޫނީ އިހުމާލެއް އޮވެގެން ނޫން ކަމަށް ވެސް މިއަދު ޝަމީމް ވިދާޅުވިއެވެ.
ކޯޓުން އެ ހުއްދަ ދިނުމުން ޕީޖީއަށް ދެން ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. "ފެއިލް ވުމުގެ ޒިންމާ ނަގަން ބޭނުން ވިޔަސް އެ ކަން އޮތީ އެ ގޮތަކަށް ނޫން" ކަމަށް ޝަމީމް ވިދާޅުވިއެވެ.
ޕީޖީ ޝަމީމް ދެއްވި ޔަގީން ކަމަކީ މި ސަރުކާރުގެ ކިތަންމެ އިސް ބޭފުޅަކަށް ވިޔަސް، ދައުވާ ކުރެވޭ ވަރަށް ހެކި ހުރެއްޖެނަމަ، ދައުވާ އުފުލާނެ ކަމުގައެވެ. އެ ކަމަށް ފަސްނުޖެހޭނެ ކަމަށާއި އޭނާ ބިރުގަންނަން ޖެހޭނެ މީހަކު ނުހުންނާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.
ކުރެވޭ އެއްވެސް ކަމެއްނެތް.
ނުވާނެ ތިކަމެއް
މަހުޖަނަކު ފައިސާއަށް ށައުގެއް ނެތޭބުނުންކަހަލަ ކަމެއް ތިއީ. ސިޔާސީ މަގާމެއްގަ ހުރެފަ ށައުގެއް ނެތޯލަ ހެހެހެ
އެމްޑީއެން ގެ ލާދީނީ ރިޕޯޓް ކަހަލަ ފޮތް ތަށް ދޯ
އެއީ ޝަައުޤު ހުރެގެން ކުރަންޏާ ކުރަން ހެޔޮވާވަރު ކަމެއްނޫން. އެކަމަކު ޝަމީމްމެން ކަހަލަ ބޭފުޅުން ސިޔާސީ ދާއިރާއަށް ވަނދެގެން ނޫނީ ޤައުމު އިސްލާޙް ވާނެކަމަކަށް ނުފެނޭ.
ފޮތް ލިއުމަކީ އެހާ ފަސޭހަ ކަމެއްތޯ ؟
ބަލަ މިގައުމުގާ އެއުޅޭ ބޮޑުވަޒިރުވެސް އެއްޒަމާނެއްގާ ބުނި ހަމަ ތިފަދައިން.
ފޮތްލިޔަން އުންސަރު ހަމައެއްނުވޭ!
ރީއްޗެއް ވިއްޔާ މިބޭފުޅުން އަމިއްލަފުޅަށް ހަވާލުވެލައްވާ ފަދައިން ހުތުރެއް ވެއްޖެނަމަ ހަވާލުނުވެ ފިލާ ރައްކާވަނީ ކީއްވެބާއޭ ހިތަށް އަރާ
އަޅެފަހެމިއީ ބުރާސްފައްޗެއްތަ! ޝައުގެއްނެތިއްޔާ މީހުންގެބޮލަށްތުރާކުރަންނުހުރެ ތިޔަތަންދޫކޮށްފަދޭބަލަ ކާކުތައާދޭސްކުރަނީ؟ އުންސުރާއިފަންސޫރުދިމާކުރަންދޭބަލަ!