ހިޔާ ފްލެޓްގެ ފިނިޝިންގް މަސައްކަތަށް މަދުވެގެން 9 މަސް ދޭން މާލެ ސިޓީ ކައުންސިލުން އެދިއްޖެއެވެ.

އެޗްޑީސީން ނިންމާފައި ވަނީ އެޕާޓްމެންޓުތަކުގެ އެ މަސައްކަތްތައް ނިންމުމަށް ތިން މަސް ދުވަސް ދިނުމަށެވެ. އެ މުއްދަތުގައި ފްލެޓުތަކުން އެއްވެސް ފީއެއް ނުނަގާނެ ކަމަށް ސަރުކާރުން ބުނެއެވެ. އެހެންނަމަވެސް އެ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނީ މަދު ބަޔަކަސް ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިނިޝިން މަސައްކަތް ނިންމަށް މަދުވެން ނުވަ މަސް ދިނުމަށް ވަރަށް ގިނަ ބަޔަކު އެދޭ ކަމަށެވެ. އޭނާ ވަނީ ރައްޔިތުންގެ އެ ހުށަހެޅުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ރައީސް އޮފީހުެގ ސަމާލުކަމަށް ގެނެސް އެ މުއްދަތު އިތުރުކުރުމަށް މިއަދު އެދިފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ،

"ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތަށް އަމިއްލައަށް ހަރަދު ކުރަން ޖެހުމުގެ ސަބަބުން ދީފައިވާ ތިން މަސް ދުވަހުގެ ތެރޭގައި ނިންމޭނީ މަދު ބަޔަކަށް، މަދުވެގެން ނުވަ މަސްދުވަސް ފިނިޝިންގް މަސައްކަތަށް ދިނުމަކީ ވަރަށް ގިނަ ރައްޔިތުން އެދެމުން ދާމެއް ކަމުން އެކަމަށް މިއަދު ވަނީ އެޗްޑީސީގައާއި ރައީސް އޮފީހުގައި އެދިފައި" މުއިއްޒް ވިދާޅުވިއެވެ.

ޔާ ފްލެޓަށް ބަދަލުވާން އެތަނުގެ ފިނިޝިން މަސައްކަތް ކުރަމުން ދަނިކޮށް، ކަރަންޓު ފަދަ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ، ފިނިޝިންއަށް ދިން މުއްދަތު އިތުރުކޮށްދޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވާގޮތުން އަދ އެ ފްލެޓްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ނިމިފައެއް ނުވެއެވެ.

ކުރީގެ ސަރުކާރުގައި އެ ފްލެޓްތައް ދޫކުރަން އެއްބަސްވެފައިވާ ގޮތަށް ފިނިޝިން ނުނިންމައި ދޭތީ އެ މަސައްކަތް ކުރަން ޖެހޭނީ ފްލެޓް ލިބުނު މީހުންގެ އަމިއްލަ ހަރަދުގައި ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އަދި އެ މުއްދަތުގައި ފްލެޓް ލިބުނު މީހުންގެ އަތުން އެއްވެސް ވަރަކަށް ފައިސާއެއް ނުނަގާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސެންޗޯ

    ރައްޔިތުންގެ ހެވާ ލާބަޔަށް މިސަރުކާރުން މަރުހަބާ ކިޔާނެ

    2
    6
  2. އަ އް ލާ

    9 މަހެއް ނޫން! 9 މަސް 10 އެއް! ބޮޑެތި މުސާރަ ނަގާއިގެން ތިބެ ހިސާބު ނޭގޭތީވެ ހިތާމަ ކުރަން

    2
    1
  3. އީމާނު

    އެންމެ މުހިންމު ނުކުތާއަކީ މިހާރުވެސް ރަށްޔިތުންނަށް ކޮވިޑާއި ގުޅިގެން ލިބޭ އެއްޗަކުން ދެކޮޅު ނުޖެހިގެންދާއިރު ، ފުލެޓްލިބި އަމިއްލައަށް ހަދަމުންދާއިރު މިހާރު އުޅެމުންދާތަނުގެ ކުއްޔާއެކު ދެހަރަދެއް ހިނގާނެތީ 3 މަސްދުވަސް އެމަސައްކަތަށް އެކަށީގެން ނުވުން. ސަރުކާރުގެ މިހިރަ ވިސްނުމެއްދޯ! ރަށްފުށު ލޯނު އިހަށް މަޑުޖައްސާފައި އެއްފަހަރާ އާބާދުވާ އެތައް ހާސް މީހުންނަށް ލޯނުލިބޭނެ މަގެއް ފަހިކޮށްދިން ނަމަ ވެސް ކަމެއް ކޮށްދެވުނީސްދޯ؟

    3
    1