އާންމު ތަނެއްގައި މީހަކު އިސްލާމް ދީނާ ޚިލާފު ކަމެއް ކުރި ކަމަށް ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލާ ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައި ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާފައިވާ ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

ނަފްރާތު ބިލުގެ ހުރި ކަންބޮޑުވުންތައް އަދާލަތުން ޕާޓީން ވަނީ މިއަދު ރައީސްއާ ހިއްސާކުރައްވާފައެވެ. އެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ރައީސްއާ ބައްދަލު ކުރެއްވުމަށް ފަހު ޕާޓީގެ ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނީ، ބިލް ގާނޫނަކަށްވެގެން އަންނައިރު ރައްޔިތުންނާއި ދީނީ އިލްމުވެރިންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަަށް ހައްލު ހޯއްދަވައި ދެއްވާނުކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށެެވެ.

އަދާލަތު ޕާޓީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާއި، ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޒާހިރުއާއި، އައްޝައިހް އިލްޔާސް ހުސައިންއާއި، ޑރ. މުހައްމަދު އިޔާޒް ވެސް ހިމެނެއެވެ.

މި ބައްދަލުވުމަށް ފަހު ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަފުރަތުގެ އަމަލުތައް ބަޔާން ކުރާ ބިލާ ގުޅޭ ގޮތުން އަދާލަތު ޕާޓީގެ ލީޑާޝިޕާއި ރައީސް މަޝްވަރާ ކުރެއްވި ކަމަށާއި، ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ބިލު ބަލައިގަންނަން ފާސްވީ ވޯޓުގައި ބައިވެރިވި 38 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ބަލައިގަންނަން ނުފެންނަ ކަމަށް 17 މެންބަރަކު ވޯޓު ދެއްވިއެވެ. އެއީ ޖުމުލަ 55 މެންބަރުންނެވެ. ވޯޓުގައި ބައިވެރިނުވާ 32 މެންބަރަކު ވެސް ތިއްބެވިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލަށް ޚިޔާލު ހުށަހަޅަން އާންމުންނަށް ވެސް ހުޅުވާލީ ލިޔުމުން ޚިޔާލު ހުށަހަޅާ ގޮތަށް އަންނަ ބުދަ ދުވަހާ ހަމައަށެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިތުރުން ޖުމްހޫރީ ޕާޓީ ވެސް ދެކޮޅެވެ. އަދި މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ބައެއް މެންބަރުން ވެސް މި ބިލަށް ތާއީދެއް ނުކުރައްވައެވެ.

80 އެއްހާ ކައުންސިލުން ބިލާ ދެކޮޅަށް ބަޔާން ނެރުނުއިރު، މި ބަޔާންތަކުގައި އެމްޑީޕީގެ ކައުންސިލަރުން ވެސް ސޮއިކުރައްވާފައިވެއެވެ.

ބިލަށް ތާއީދުކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ޕެޓިޝަނެއްގައި ސޮއި ހޯއްދަވަމުންދާއިރު، ބިލު ބޭރުކުރަން ގޮވާލާ ޕެޓިޝަނެއް ވެސް ވަނީ ތައްޔާރުކޮށްފައެވެ. ގިނަ އިލްމުވެރިންނާއި އާންމުން ދަނީ "ބޭން ސެކިއުލާ ބިލް" ގެ ނަމުގައި ބިލާ ދެކޮޅަށް މީސް މީޑިއާ ކެމްޕޭނެއް ވެސް ކުރަމުންނެވެ.

ބިލާ ގުޅޭ ގޮތުން އަމާޒުވާ ފާޑުކިއުންތަކަށް ރައްދު ދެއްވަމުން ހިސާން ވިދާޅުވެފައިވަނީ ބިލު އޮތީ އިސްލާމީ ޝަރީއަތާ އެއްގޮތަށް ކަމަށެވެ. އަދި ބިލުން ޚިޔާލު ފާޅުކުރުމާއި ދީނީ ނަސޭހަތް ދިނުމަށް ހުރަސް ނާޅާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފާޑުކިޔުންތައް އަމާޒުވެފައިކޮށް ދީނަށް ފުރުއްސާރަ ކުރުމުގެ ކުށް ތަފްސީލްކޮށް ބަޔާން ކުރާ ބިލެއް ވެސް މިހާރު ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ. ސަރުކާރުގެ ފަރާތުން އެ ބިލުވެސް ހުށައެޅުއްވީ ހިސާނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޜަނާ

    ކަލޭމެން ބުނި ރަސޫލާއަށް ފުރައްސާރަކުރި ޝަހިން ދާ ގެ ޖަމިއްޔާވެސް އުވާލާނެ ކަމަށް ރައީސް ވި ދާޅުވިޔޭ. ކޮންތާކު ޖެހުނީ އެއްކަމެއްވެސް ނުކުރި. ޙަމަ ބަޔާންތައް ނެރެނީ. ކަލޭ މެނަށް އެނގޭތަ އެބުނާ ހައްލަކީ ޕާޓީން ހުށައަޅާ ގޮތަށް ބިލް ތަސް ދީގު ކުރުން . ޜައްޔިތުން ނަށްވުރެ އަންނިއާ ޕާޓީ އިބޫ އަށް މުހިއްމުވާނީ .މުނާފިގުންގެ
    ގޮތް . ބަލަންތިބެ ބަލަ އެބުނާ ސެކިއުލިޒަމް ގެންނަން ބޭނުން ވާ މީހެކޭ ތިޔަ އިބޫއަކީވެސް

    24
    1
  2. ޖާނޭ

    އެއްވެސް ކަމެއް ހައްލެއް ނުކުރެވޭނެ. ހުސްދޮގު. ހައްލަކި ތިކަހަލަ ބޭކާރު ބިލްތައް މަޖިލިހުން ބޭރުކޮށްލުން.

    25
  3. ސސ

    ދުލާއި ގަލަމުގެ މިނިވަން ކަން ހޯދަން އެންމެ ބޮޑަށް ވަކާލާތު ކުރިމީހުން މިއަދު އެކަން އެކޮޅު ކޮޅުން ޖަހަނީ ތޯ ކުއްކިރާ ބައެއްގެ ކުށުގެ ބަހަނާ ދައްކައިގެން !

    21
  4. ސަމްކުޅިބޭ

    އެމްޑީއެންގެ ރިޕޯޓްގެ މައްސަލާގައި އިލްމުވެރިން ތިޔސޯަލިހާ ބައްދަލުކުރުމުން ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަންދިން. އަދިއަދަށްވެސް ފިޔަވަޅެއްނާޅާ. ގިޔާމަތްދުވަހުން ފިޔަވަޅު އަޅަންތޯއްޗެއް. މާތްﷲ އިރާދަ ކުރެއްވިއްޔާ ތިޔަދޮގުހަދާސޯލިހު ވަރަށް ނިކަމެތިގޮތަކަށް ނިމިގެންދާނެ.

    32
  5. ޙާލަތު

    ތިހިސާބަށް ނުދަނީސް ފިޔަވަޅެއް އަޅަން ނޭނގެނީތޯ.... ބިލެއް ފޮނުވުމުގެ ކުރިން ނޭނގެނީތޯ ކުރެވޭ ނުކުރެވޭކަމެއް.

    17
  6. ލލ

    ދުލާއި ޤަލަމުގެ މިނިވަންކަން ހޯދުމަށް އެންމެ ބޮޑަށް ވަކާލާތުކުރި މީހުން މިއަދު އެޔާއި އިދިކޮޅަށް މިދަނީ ކުއްވެރިން ކުރާ ކުށުގެ ބަހަނާދައްކައިގެން !

    10
  7. އަހުމަދު

    މިއަށްވުރެ މާ އައިދައިގެ ކަންކަމުގައި ކުރީ ސަރުކާރު ދެކެ އަދާލަތުން ރުޅި އައީ މިފަހަރު ހަމަ ޖެހޭނީ ތިބެން ބަލަން ހުރޭ މަޖިލިހުން ފާސްވެ ތަސްދީގު ކުރާ ހިސާބަށް ދިޔައިމާ ރައީސް ވިދާޅު ވާނީ އަހަރެން ކީއްކުރާނީ މަޖިލިހުން ނިންމި ގޮތް ތަސްދީގު ނުކޮށް ފޮނުވާލާކަށް ނުކެރޭނެ އެވަގުތު އިމްރާން މެންގެ އަޑެއް ބަޑެއް ނޭވޭނޭ މިހާރު ކޮބައި އެއްކަލަ މައުމޫން ބޮޑު އަނގަ ފުޅު މިފަހަރު އެންމެ ބަހެއް ވެސް ނުބުނޭ މިހާރު ދެމިނިސްޓަރ ވަކި ކޮށްފި އެމް އާރު އެމްގެ އެންމެ ދެމިނިސްޓަރުން މިހާރު ތިބީ އެއީ ޔުމްނާ އާއި ޗަބީ ޔުމްނާ ވަކި ކޮށްފާނެތީ މައުމޫން ހުރީ ބިރުން

    18
  8. ހަސަނާ

    ނަސީދު މިއުޅެނީ ރައްޔިތުންގެ ހިތުގަ ރައީސް އިބޫއައްނަފުރަތު އުފައްދާ އިބޫގެ ރިޔާސީ ޓިކެޓައްހުރަސް އަޅާ އެމަނިކުފާނު ދެވަނަދައުރަކައްހޮވިވަޑައިގެންފާނެތީ ހަޖަމުނުވެގެން މޑޕ ގަ ތިބި ދީނާ ގައުމުދެކެ ލޯބިވާ މެމްބަރުން ތާއީދުކުރަނީ އިބޫއައްކަން އިގޭތީ ވަލިއްޔުލްއަމްރު މިގައުމު ފަސާދަކުރަންޖާގަނުދެއްވާނެކަމީ ޔަގީންކަން...

    6
    6
  9. ގަދަހިފުން

    މިފަހަރު މިއޮތީ އިބޫގެ ހުރި އިޚްލާސްތެރިކަމެއްގެ މައްޗައް މުޅި ގައުމު ބަލަބަލާ.

  10. Anonymous

    މަޖިލިސް އަށް ބިލެއް ހުށަައަޅާ ކޮމެޓީ މަރުހަލާ ފެށުމުން ރައީސް އަކަށް ކޮށްދެވޭނެ ކަމެއް ނޯންނާނެ، ޤާނޫނުތައް ހުރިގޮތުން މިބިލް މަޖިލިހުގެ ކޮމެޓީން ފާސްކުރާނެ، އެއީ ޝައްކެއްވެސް އޮތް ކަމެއްނޫނެވެ. ދެން އަންނަނީ މަޖިލިހުގެ ތަޅަމަށެވެ. އެތަނުގައި އޮންނަނީ ފާސްކުރަން ފެނޭތޯ ވޯޓަށް އެހުމެވެ. މަޖިލިހުގެ ވޯޓު ހުރިގޮތަށް ބަލާއިރު ރައީސް ކޮންޓްރޯލް ކުރާކަމަށް ބެލެވެނީ. 43 ވޯޓު އެވެ ރައީސް ނަޝީދު ކޮންޓްރޯލް އޮތްކަމަށް ބެލެވެނީ 23 ވޯޓު އެވެ ވީމާ މިބިލް މަޖިލިހުގެ ތަޅަމުން ފާސްވާނީ ރައީސް ކޮންޓްރޯލް ކުރާ މެމްބަރުން ވޯޓު ދީގެން ކަންޔަޤީން ކުރެވެއެވެ.އަދި އަމިއްލަ ބައެއް މެމްބަރުން ނާއި އެހެނިހެން ޕާޓީ ތަކުގެ ބައެއް މެމްބަރުން ވޯޓު ފަހަރުގައި ލިބި ދާނެއެވެ. ކޮންމެ އަކަސް މަޖުލިހުން ބިލް ފާސްކޮށްފި ނަމަ ދެންފޮނުވާނީ ތަސްދީގު ކުރަން ރައީސް އަށެވެ މިހާލަތުގައި ދެ ފުރުސަތު އެބައޮތެވެ އެއީ ސޮއި ނުކުރައްވާ އަނބުރާ މަޖިލީހަށް ފޮނުވާލުން، ނޫނިއްޔާ އަމިއްލަ ޒާތުގައި ޤާނޫނަކަށް ބަދަލުވާން ބިލް ބޭއްވުމެވެ، މަޖިލިހަށް ބިލް އަނބުރާ ފޮނުވައިފި ނަމަ ދެންމަޖިލަށް އެކަން ތަންކޮޅެއް އުނދަގޫ ވެދާނެކަމަށް ބެލެވޭ، ނަމަވެސް މިހާތަނަށް ރައީސް އަށް ފޮނުވި ބިލެއް އަނބުރާ މަޖިލީހަށް ފޮނުއްވެވި ކަމެއް އެނގިފައެއްނެއް، އަދި ރައްޔިތުން ގެ އިހުސާސް ތަކަށް ވިސްނާ ރިޢާޔަތް ކުރާނެ ކަމަށް ޤަބޫލެއް ނުކުރެވެ.އެހެން ނަމަވެސް ސިޔާސީގޮތުން ނިއްމާ ނިއްމުންތަށް ހީނުކުރާ ކިތަންމެ ގޮތަކަށް ނިމިގެން ގޮސްފައި ވާކަން މާޒީގެ ޞަފްހާތަކުން އެގެން އެބަހުރި ވީމާ ވާގޮތް ބަލަން ތިބެމާ ތޯ.

  11. ހަލީލު

    އަދާލަތު ޕާޓީން ހަދާނީ ބުހުތާންދޮގު އަބަދުވެސްބަލާނީ ކޮއް މެވެސް ކަޓެއްލިބޭތޯ އެއް މެ ފަހުވަގުތު ވޯޓުވެސް ދޭނީ ލާދީނީބައިގަޑާއެއްކޮޅަށް !!!

  12. ޞުރަމްދުރަ

    ސޯލިހަކީ ދޮގުވެރިއެއް އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުންމަތީ ދެމިތިބޭނެކަމަށް ﷲ ގަންދީ ހުވާ ކޮށްފަ މީނަމިކިޔަނީ ކީކޭތަ ؟ ކަލޭދެން ރަނގަޅެއްނުވާނެ ކަލެޔަކީ ވެރިކަމަށް ކުފޫހަމަވާ މީހެއްނޫން މިއަދު ރަށްޔަތުން އެދި އާދޭސް މިކުރަނީ ތިމީހާ ވެރިކަމުން އިސްތިއުފާ ދޭން....

  13. ބޮއްސުންލަނީ ޔަޤިންކަންދިނުންވެސް

    ޔަޤިންކަން ނުދެއްވާ ކަމެއް އެބައޮތްތޯ؟
    0 ޓޮލަރެނސްވެސް ޔަޤިންކަންދިން. އެކަމަކު އެންމެ ޤަދަރުވެރި ޢަބުރުވެރި ޢިއްޒތްތެރި އިންސާނާ ޢަބުރުކަތިލައި ފުރައްސާރަކުރީމަވެސް 100 ޕަސެންޓް ޓޮލަރެންސް.
    އެއަށްވުރެ ވަކީން މުސްލިމް މުޖުތަމަޢެއްގައި ފިތުނަ އުފެދޭނެކަމެއް އެބައޮތްތޯ!
    މިޤައުމުގަ ތިބީ މުސްލިމުން. 0 ޕަސެންޓް ނޮންމުސްލިމުން.