ފަރުވާ ދިނުން ލަސްވެގެން ނިޔާވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާގެ މަރުގެ މައްސަަލާގައި އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅަން ނިންމާފައިވާކަން ހާމަކޮށްފިއެވެ.

އެކަން ހާމަކޮށްފައި ވަނީ މިޝްކާގެ މަރާއި ގުޅިގެން ތައްޔާރު ކުރި ކޭސް ރިޕޯޓް ގައެވެ.

އެ ރިޕޯޓްގައި ހާދިސާގެ ކަން ހިނގި ގޮތް ހިއްސާކޮށް ބުނެފައި ވަނީ، މިހާދިސާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު ފާހަގަ ކުރެވެނީ މިޝްކާއަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ދޭންޖެހޭ ފަރުވާ ފޯރުކޮށް ދިނުމުގެ ހުރިހާ މަރުހަލާއެއްގައި އެކަށީގެން ނުވާވަރުގެ ލަސްތަކެއްވެފައި ވާކަން ކަމަށެވެ.

އަދި ޑީއެމްއާރްޓީން އޮންލައިން ކޮންސަލްޓޭޝަން ހެދުމުގައި ބެއްލެވި ޑޮކްޓަރުންވެސް އެފަރާތުގެ ޙާލަތު އެންމެ ރަނގަޅަށް ދެނެގަނެވިފައި ނުވާކަންވެސް ފާހަގަ ކުރެވޭ ކަމަށް އެ ރިޕޯޓްގައި ވެއެވެ.

އަދި މިޝްކާގެ ބެލެނިވެރިޔާއާއި ޑީއެމްއާރްޓީގެ ޑޮކްޓަރާ ދެމެދު ކުރެވުނު މުއާމަލާތުގެ އަލީގައި، އޭނާ ބަލާ ދާނެކަމަށް ގަބޫލް ކުރެވިފައިވާކަން ކުއްޖާގެ ބައްޕަ ކޯލް ސެންޓަރުގެ އެޖެންޓުންނާ ކޮށްފައިވާ ކޯލްތަކުގެ ލޮގްތަކުން ދޭހަވާ ކަމަށް އެ ރިޕޯޓްގައި ވެއެވެ.

"އަދި މީގެ އިތުރުން ކޯލް ސެންޓަރުން އެފަރާތުގެ އާއިލާއާ ކޮށްފައިވާ މުޢާމަލާތްތަކުން ތަކުރާރުކޮށް ކުއްޖާ ބަލާ ފޮނުވާކަމަށް ދޭހަވާ އިބާރާތުން މުޢާމަލާތް ކޮށްފައިވާ ކަންވެސް ވަނީ ފާހަގަ ކުރެވިފައި. އެހެންނަމަވެސް 23:32 (އީ.އެމް.އެސްއަށް ކޯލްކުރި ގަޑި) އާ ހަމައަށް އެއްވެސް ފަރާތަކުން ކުއްޖާ ބަލާ ދިއުމަށް އެންބިއުލަންސް ޓްރިގަރކޮށްފައެއް ނުވޭ".

މީގެ އިތުރުން، އެޗްއީއޯސީގެ ކޯލް ސެންޓަރއިން ކޯލްތަކަށް ޖަވާބު ދެއްވި ފަރާތްތަކުން މިޝްކާގެ ހާލަތުގެ ސީރިއަސްކަމާއި ހާލަތަށް އައި ބަދަލު ދެނެގަނެވިފައި ނެތްކަމާއި އަދި އެ މައުލޫމާތު ފުރިހަމައަށް ލޮގްކޮށް ހުރިހާ ކޯލްތައް ހިއްސާ ކުރަން ހަމަޖެހިފައިވާ ގޮތަށް ހިއްސާކޮށްފައެއް ނުވާ ކަމަށް އެ ރިޕޯޓްގައި ވެއެވެ.

އެ ރިޕޯޓްގައި ވަނީ މިޝްކާގެ ނިޔާވި ހާދިސާގައި އެޓެންޑް ވާންޖެހޭ ފަރާތްތަކުން ފަރުވާތެރިކަމާއެކު އެކަށީގެންވާ ވަގުތުގެ ތެރޭގައި އެޓެންޑްވެފައި ވާނަމަ މިހާދިސާ ހިނގުމަކީ ނާދިރު ކަމެއްް ކަމަށް ބަޔާންކޮށްފައި ވެއެވެ.

އެހެންކަމުން މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ރިވިއުއިން ފާހަގަ ކޮށްފައިވާ ކަންކަން އިސްލާހު ކުރުމުގެ މަސައްކަތްވަނީ ފަށާފައި މިހާދިސާ ދިމާވުމަށް މެދުވެރިވި އެކިއެކި ކަންކަމަކީ ފެށުނީއްސުރެ ސިސްޓަމުގައި ހުރި މައްސަލަތައްކަން ވަނީ ފާހަގަ ކުރެވިފައި. މީގެ ކުރިން ކޮވިޑް ކޭސްތަކުގެ އަދަދު ހިފެހެއްޓިފައިހުރި މިންވަރުގެ ސަބަބުން މި މައްސަލަތައް ފެންމަތިވެފައެއް ސިސްޓަމްގައި އެކުލެވިގެންވާ އެކިއެކި ބައިތަކާއި މަރުހަލާތަކުގައި ހުރި މައްސަލަތައް ވަކިން ހާއްސަ ގޮތެއްގައި އާދަޔާ ޚިލާފަށް ކޭސްތައް އިތުރުވެގެން އަންނައިރު ދިމާވާ ނިޒާމީ މައްސަލަތައް މިހާރުވަނީ ދެނެގަނެވި އެކަންކަން ރަނގަޅު ކުރަން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށާފައި"، ހެލްތް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ހެލްތް މިނިސްޓްރީން ވަނީ ހެދިފައިވާ ރިވިއުއިން ލިބިފައިވާ މައުލޫމާތަށް ބެލުމަށްފަހު ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާ މެދު ހެލްތް މިނިސްޓްރީން ފިޔަވަޅު އެޅުމަށް ހަމަޖެހިފައިވާ ކަމަށް އެ ރިޕޯޓްގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ..

  ހަަމަ އެކަނި ފިޔަވަޅުއެޅުމަކުން ނުވާނެ ތިކަހަލަ ހިތްދަތި ކަން ކަން ތަކުރާރުނުކޮއްވޭ ތޯވެސް ބަލަން ވާނެ

  6
  1
  • ނައިވީން

   އަދި ކެރަފާ ނަސީމަށް ފިޔަވަޅު ނާޅާ ދަށަށް ތިބި މީހުންގެ މައްޗަށް އަޅާ އެއްވެސް ފިޔަވަޅެއް ނެތް ޤަބޫލުކުރެވޭކަށް.. ބޭރުކުރޭ!! އަބަދު ވެސް ކުޑަ ކުދިން ކޮޅު ބޮލަށް ކަނޑާފަ ބޮޑު މުސާރައާ ޒިންމާ ހަވާލުކޮށްފަ ތިބޭ މީހުން ރެކުމުގެ ސިޔާސަތު މި ރާއްޖޭގަ އޮންނަނީ

 2. މަރީ

  ސިސްޓަމް ގެންގޮސް ޖަލަށް ލާބަލަ. ވެރިން ބައިތިއްބާ ދޫކޮށްލާފަ. ހެ.ހެ.ހެ.

  13
 3. ފިޔަވަޅު

  އިހުމާލު ވީކަމަށް މިވީ ސިސްޓަމެއްނު .
  ސިސްޓަމް ގެންގޮސް ޖަލަށް ލާ.
  މީވާ ސަރުކާރެއް .

  7
  1
 4. ނާނި

  އެންމެ ފުރަތަމަކަމަކަށް ހެލްތް މިނިސްޓަރު މަޤާމުނަ ވަކިކުރަންޖެހޭ، ޢެގެފަހުން ދެން އިހުމާލުވީ މީހުން،

 5. އިންޑިއާ އައުޓް

  ކިދިންނޭ ވެރިން ބުނިކަމުގަވިޔަސް ދޮގު ނުހެދުމައް ހަނދާންލުރާތި ދެންވެސް މީ ވަޒީފާތަކަށްދާކުދިންނައް އިބުރަތެއް ހަނދާންކުރާތި އަބަދައްވެސް ކުށްވެރިވާނީ ދެރަ ނިކަމެތިމީހާ