ކޮވިޑް ބަލީގައި ނިޔާވި އުމުރުން 10 އަހަރުގެ ފާތުމަތު މިޝްކާއަށް ފަރުވާ ދިނުން ލަސްވެގެން ދިޔައީ ސިއްޚީ ދާއިރާގެ ނިޒާމުގެ މައްސަލައަކާ ގުޅިގެން ކަމަށް މިޝްކާ ނިޔާވި ގޮތުގެ މައްޗަށް ހެލްތު މިނިސްޓްރީން އެކުލަވާލި ރިޕޯޓްގައި ބުނެފިއެވެ.

މިޝްކާ ނިޔާވެފައިވަނީ މި މަހުގެ ދެވަނަ ދުވަހު އައިޖީއެމްއެޗްގައި ފަރުވާ ދޭން ގެންދިޔަ ފަހުން، އަވަސް ފަރުވާ ދިނުން ލަސްވުމުގެ ސަބަބުންނެވެ.

ހެލްތު މިނިސްޓްރީން މިއަދު އާންމު ކުރި ރިޕޯޓްގައިވާ ގޮތުން މިޝްކާ ނިޔާވާން މެދުވެރިވީ އެ އިދާރާގެ ސިސްޓަމްތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން، ފަރުވާ ދިނުމުގައި ލަސްތަކެއް ވެގެންނެވެ. މި މައްސަލަތައް ސިސްޓަމްއަށް ދިމާވީ ކޮވިޑްގެ ވޭދަނަތައް އާދަޔާ ހިލާފަށް އިތުރުވެ، ދުވާލެއްގެ މައްޗަށް ގިނަ ބަޔަކު ބައްޔަށް ފައްސިވަމުން ދިއުމާއި ގުޅިގެން ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

މި މައްސަލަ ދިމާވަން މެދުވެރިވި ނިޒާމީ މައްސަލަ މިހާރު ދެނެގަނެފައިވާ ކަމަށް އެއިދާރާއިން ބުނެއެވެ. އެހެންނަމެވެސް އިހްމާލުވެފައިވާ ފަރާތްތަކަށް އަދި ފިޔަވަޅު އަޅާފައި ނުވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

މިނިސްޓްރީން ވިދާޅުވާ ގޮތުން މިޝްކާއަށް ކުރީ ބައިގައި ފަރުވާދެވުން ނަމަ އެ މައުސޫމް ފުރާނަ ސަލާމަތް ކުރުމުގެ ފުރުސަތު ބޮޑެވެ. ތަކުރާރުކޮށް އާއިލާ އިން ގުޅަމުން ދިޔަ ކޯލްތަކަށް އެޗްއީއޯސީން އެޓެންޑްވިނަމަ، މި ހާދިސާ ހިންގުމަކީ ނާދިރު ކަމެއް ކަމަށް އެ ރިޕޯޓްގައިވެއެވެ.

"މި ހާދިސާގައި އެޓެންޑްވާންޖެހޭ ފަރާތްތަކުން ފަރުވާތެރިކަމާއެކު އެކަށީގެންވާ ވަގުތުގެ ތެރޭގައި އެޓެންޑްވެފައިވާނަމަ، މިހާދިސާ ހިނގުމަކީ ނާދިރު ކަމެއް. އެހެންކަމުން މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ރިވިއުއިން ފާހަގަ ކޮށްފައިވާ ކަންކަން އިސްލާހު ކުރުމުގެ މަސައްކަތްވަނީ ފެށިފައި" އެ ރިޕޯޓުގައިވެއެވެ.

މިޝްކާގެ މަރާ ގުޅޭ ގޮތުން މިނިސްޓްރީން ނެރުނު ރިޕޯޓުގައި، އެ ހާދިސާ ހިނގުމުގައި ބޮޑެތި އިހުމާލުތަކެއް ހުރި ކަން ތަފްސީލާ އެކު ހާމަކުރައްވާފައެވެ. އެގޮތުން ފަރުވާ ފޯރުކޮށްދިނުމުގެ ޒިންމާ ޑީއެމްއާރުޓީގެ ޑޮކްޓަރު އަދާކޮށްފައި ނުވާކަމަށް ވެއެވެ. އަދި ކޯލް ސެންޓަރއިން ކޯލްތަކަށް ޖަވާބު ދެއްވި ފަރާތްތަކުން ކުއްޖާގެ ހާލަތުގެ ސީރިއަސްކަން ދެނެގަނެފައި ނުވާ ކަމަށް ވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލީ

    ގޯސްވި ސިސްޓަމް ހެދިމީހަކާމެދު ވެސް ދައުވާ ކުރެވެންވާނެދޯ؟

    20
  2. ހުސޭނުބޭ

    ސަރުކާރުގެ ބޮޑުން ތިކަމުން ރެކެން ރޮކެޓް ޖެހެންދެން ތި ރިޕޯޓް ފަސްކުރީ. ތިކަމުގައިވެސް ކުށްވެރިވާނީ އެންމެ އާދައިގެ ނިކަމެތި ސޮރު!

    16
  3. އައްޑޫ މީހާ

    މި ނާގާބިލު ސަރުކާރުގެ ވެެރިންވެސް ސިސްޓަމްތައްވެސް ތިބެނީ ހަމައިން ނެއްޓި ޗާޓުން ބޭރުވެފަ ދެން ބަަޔަކަށް ލިބޭނެ އިންސާފެއްވެސް އަދި ހައްގެއްވެސް ހިދުމަތެއްވެސް ނެތް މިކަހަލަ ވާހަކަ އަހަރުމެން ދެއްކީމަ އަހަރުމެން ގޯސްވެ ދުލުގައި ތަޅުއަޅުވާ ގާނޫނެއް ފާސްކޮށް ހިޔާލު ފާޅުކޮށްލިޔަސް ޖަލަށް ލުމަށް މިސަރުކާރުން ކަންތައް ކުރަނީ މިސަރުކާރު ދުނިޔެ ގިޔާމަތާ ޖެހެންދެން ގަދަބާރުން ހިންގަން ހިތުހުރިހާ ގޮތެއް ރައްޔިތުންނަށް ހަދަމުން މިގެންދަނީ މިމީހުން ގަބޫލު ނުކުރޭ ވަކިިފަރާތަކުންކަން ކަންކަން ރާވައި ހިންގަނީ ފިރުޢައުނާ ހާމާނާއި ގާރޫނުވެސް އެހެން ނޫން ނަމަ އަދިވެސް ދުނިޔޭގައި ތިބޭނެ އޑޕ އަކީ ހެއްދެވި ފަރާތެއް ވޮޑިގެން ވާކަން ނުދަންނަ ޖާހިލު މީހުން ތިބި ޕާޓީއެއް މިއީ ހަގީގަތަކީ

    13
  4. އަފޭ

    އެމީހުން އެހާ ވަރައް ގުޅާފައި ވާހަކަ ދެއްކީ ސިސްޓަމާއިތަ؟ ސިސްޓަމައް ނާދެވި ލަސްވީތަ މިމީހުން ހީކުރަނީ ރައްޔިތުންނަކީ ގަމާރުން ކަމައްތަ