ރާއްޖޭގައި އަންހެނުން ހިތާނު ކުރުމުގެ ސަގާފަތް އަނެއްކާވެސް އާލާވަމުންދާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން ވިދާޅުވެއްޖެއެެވެ.
ރާއްޖެޓީވީގެ ފަލަ ސުރުޙީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްއާރްސީއެމް އިން ވިދާޅުވީ، އަންހެން ކުދިން ހިތާނު ކުރުމުގެ ކަންކަމަކީ ރާއްޖޭގައި ތަންކޮޅެއް ކުރީގައި އޮތް ސަގާފަތެއް ކަމަށެވެ.
"އެހެން ނަަމަވެސް މިހާރުވެސް އަޅުގަނޑުމެންނަށް މިހާރު ރީސާޗްތަކުންވެސް އެބަ ފެނޭ، ދިވެހި ރާއްޖޭގައި މި ސަގާފަތް އަނެއްކާވެސް އާލާވަމުން، އަދި މިގޮތަށް ހިތާނަ ކުރުމުގެ ކަންކަން ކުރިއަށްގެންދާ ފަރާތްތައް ހުރިކަން".
އެޗްއާރްސީއެމް އިން ވިދާޅުވީ، މިފަދަ ކަންކަމަށް އެޑްރެސް ކުރުމަށްޓަކައި ވަރަށް ބޮޑެތި ދިރާސާތައް ހަދަން ޖެހޭ ކަމަށެވެ. އަދި މިކަމާއި ގުޅުން ހުރި ސްޓޭޓިސްކިސް ހޯދައިގެން ހައްލު ހޯދަން ޖެހޭ ކަމަށް އެޗްއާރްސީއެމް އިން ވަނީ ފާހަގަކޮށްފައެވެ.
އަަންހެނުން ހިތާނު ކުރުމަކީ އިސްލާމް ދީނުގެ ޝަރީއަތުގައި އޮންނަ ކަމެއް ނޫން ކަމަށް ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި މިދިޔަ އަހަރު ތެރޭގައި، އަންހެެނުން ހިތާނު ކުރުމާއި ގުޅޭގޮތުން ލަފާ ހޯދަން އެޗްޕީއޭ އިން އިސްލާމިކް މިނިސްޓްރީއަށް ސިޓީ އެއް ފޮނުވިއެވެ. އަދި އެ ސިޓީ ވަނީ ބާތިލްކޮށްފައެވެ.
އދ.ގެ ޖަމިއްޔާ ޔުނިސެފް އިން މިދިޔަ އަހަރުގެ ކުރީކޮޅު ނެރުނު ދިރާސީ ރިޕޯޓެއްގައި ބުނެފައި ވަނީ، ރާއްޖޭގެ ކޮންމެ 10 އަންހެނަކުން އެކަކު ވަނީ ހިތާނުކޮށްފައި ކަމަށެވެ.
އެ ރިޕޯޓުގައި ބުނާގޮތުން ހިތާނުކުރި ގިނަ މީހުން އެކަންކޮށްފައިވަނީ އެ މީހުންގެ އުމުރުން ފަސް އަހަރު ނުފުރެނީހެވެ. ނަމަވެސް ބައެއް މީހުން، އުމުރުން 5-9 އަހަރާ ދެމެދު ހިތާނުކޮށްފައިވާކަމަށް އެ ދިރާސާ އިން ދައްކަ އެވެ.
އަންހިނުން ހިތާނު ކުރެވޭތައް؟
ކުރީމާ ނުކުރެވޭނެކަމެއް ނޯންނާނެ.
ހިތާނު ކުރި އެއްވެސް އަންހެނެއް ދަންނަ މިހަކާ ދިމަލެއް ނުވި. އަންހެނުން ހިތާނުކުރާ ކަން އެނގޭ މީހަކު ނޫޅޭ. ހިތާނުކުރި ފިރިހެނެއް އެބަ އުޅެޔޯ.
ޚިތާނު ކޮށްފައި ހުރި މަންޖެއެއް އެބަހުރިތަ؟ ހޮސްޕިޓަލުންތަ ޚިތާނު ކޮށްދިނީ؟
މަގޭމަންމަ ބުނި މަވެސް ހިތާން ކުރިއޭ އަންހެނެއްމީ
ރައްދެއް ދޭން އެއްޗެކޭ ބުނެލީދޯ. ތިކަ މެއް ހިންގާ ކަ މެއް އާންު މު ރައްޔިތެއް ނުދަނެ. މިގޭގަވެސް އެކި އު މުރުފުރައިގެ ތަފާތު ރައްރަށުންއައިސް, އުޅޭ 7 އަންހެނުން އެބައުޅެ. ތިދައްކާ އެއްވެސް ވާހަކައެއް އެ މީހުންވެސް އެއްބަސްނުވެ. ދެން ކޮންތާކުން ކޮންދިރާސާއެއް ކޮއްގެން ދައްކާ ވާހަކައެއްތީ؟ އަންހެންވެރިން ނިދަންތިއްބަ ދަންވަރު ވަގައްވަދެ ހޯދިހޯދު މެއްތަ!
މިއީ މިހާރުމިއުޅޭ ނަފްރަތުގެ ބިލުގެ ވާހަކަ އޮއްބާލުމުގެ ބޭނުމުގަ ދައްކާވާހަކައެއް ނޫންބާ؟؟
ދޮގެއްތީ. ނުކުރޭ އަންހެނުން ހިތާނެއް މި ގައުމަކު
މައުމޫނުގެ ވެރިކަމުގައި އިސްލާމިކް އެފެއާޒުން ނެރުނު ދީނީ މަޖައްލާއެއްކަމުގައިވާ "އަލްމިންބަރު" މަޖައްލާ ގައި އަންހެންކުދިން ޚިތާނުކުރުމަކީ ކުރަންޖެހޭ ކަމެއްކަމަށް ޝައިޚް އުޘްމާނު ޢަބްދުﷲ ލިއުއްވާފައިވޭ.
ގައުމުގަ ވައްހާބިން ގިނަވެއްޖެއްޔާ ނުވާނެކަމެއް ނެތް
ވައްޙާބު އިސްމުފުޅެއް
ލާ ދީނީ މަ ދުތަ މިގައުމުގަ
ލާދީނީ ނުކިޔޭއިރު ވަހައްހާބީންނޭ ކިޔޭތަ؟
ދައްކާފާނެ ކޮންމެ ފަދަ ހަޑި ވާހަކަ އެއްވެސް... ދަލީލު ދެއްކީމަ ޤަބޫލު ކުރޭވޭނީ....
އަންހެންކުދިން ކިހިނެއް ޚިތާން ކުރަނީ؟
ޔަގީން ކަމާއި އެކު މިބުނަނީ ތިދިރާސާ ރަގަޅެއްނޫން ، ހަމަ ހަދަހަދާގެން އެހެން އެޖެންޑައެއް ނެރެން އުޅޭ ދިރާސާއެއް ، އަހަރަމެން ރަށުގައި 2000 ވުރެ އާބާދީ ގިނަ ، ވޭތުވެ 100 އަހަރު ދުވަހުތެރޭގައިވެސް އެންމެ އަންހެނަކުވެސް ޚިތާނު ނުކުރޭ
އެމްޑީޕީ ވެރިކަމާއެކު އަބަދުވެސް އާންމުވާ ކަމަށް ވަނީ
ޢެވެރިކަމުގަ ރައްޔިތުމީހާ ބިކަވެ މި ދަނީ ޝސ މީހުންވެސް އުޅޭކަން އަންގާލީ ކަމައް ތިވާނީ
ކޮވިޑޭ ކިޔާބަލަ ލާ ދީނީ ބިލޭކިޔާބަލަ ފަޅޮލޭ ނުކިޔާ
ރާއްޖެ ޓީވީ ދުވަހަކު ކޮޅުންވެސް ނުބަލާނަން އަދި އަޑުވެސް ނާހާނަން...ބޭކާރު ހަބަރު ފަތުރާ ބައެއްތިޔަކީ.
މި ސަރުކާރު ފުރަތަމަ ހިތާން ކޮބައް.މި ސަރުކާރުން ނުކުރާނެ ކަމެ ނޮންނާނެއް. 🤣🤣🤣
ކޮބާ ރިފަރެންސް ތިބުނާ ދިރާސާގެ ކިހާވަރެއްގެ ބަޔަކު ކިހާވެލިއުބުލް ހަދާފައި އޮތް އެއްޗެތޯވެސް ބަލަން އެބަޖެހޭނުން
މީ ހަމަ ހުސް ދޮގު. ނަފްރަތުގެ ބިލް ވާހަކަ އޮއްބާލަން އެއުޅެނީ. ނުވާނެ ތިކަމެއް. ތި ހުރިހާ ސްޓަންޓެއް މިހާރު ދިވެހިންނަށް އެނގޭ!
ކުރީގަ ދިވެހިން ބުދައްއަޅުކަން ކުރިޒަމާނު ތިކަލަކަންތައް ކޮއްއުޅުނު
އެކަމު މިހާރު އެއުޅެނީ އަންހެން ކުދިންވެސް ހިތާނުކުރަނީއޭ ހައްދުފަހަނާއަޅާދަނީއޭ ކިޔާފަ ފިރިހެން ކުދިންވެސް ހިތާނުކުރުވިޔަ ނުދޭންވެގެން
ބަލައްޗޭ ފަހަރަކު ކަމެއްމަނާކުރާނެ
ޔަގީނާ ގާތަށް ދަންނަވަން އެނގޭ ތިޔަ ރިޕޯޓް ޞައްޙަ ނޫންކަން. ކޮންމެވެސް ބަޔަކު ހޮވައިގެން ވަކި ބަޔަކު ގާތުން އަހައިގެން ވަކި ބޭނުމެއްގައި ހަދާފައި އޮތް ރިޕޯޓަކާ ވައްތަރީ.
ބިދޭސީންގެ މައްސަލަ ޑްރަގް މައްސަލަ މަސާޖް ޕާލާ މައްސަލަ ފަދަ ބޮޑެތިމައްސަލަތަކުގެ ދިރާސާ އެއްނުހަދަ އެވެ. ބޭރުގެ އެހީ ދޭ މީހުން ބުނާ ދިރާސާ ތައް ހަދަ އެވެ.
ވަރަށް ތާކުނތާކު ނުޖެހޭ ވާހަކައެއް! ޢެކަން ކުރަނީ ކޮން ހިސަނުގަޑެއްގެ ކޮން ބައެއްކަން ބުނެފަި ނެތުމުނ ތީ މި ލާދީނީ ބިލަށް ހިތްވަރު ދިނުމަށް ދެކެވުނު ވަހަކައެއް!
ލާދީނީ ފިރިހެނުންވެސް ޚިތާނުނުރޭ !!!!!!
ލާދީނީ ފިރިހެނުންވެސް ޚިތާނުނުރޭ!! ދިވެހިއަންހެނުންނޭ ކިޔައިގެން ލާދީނީ ބައިގަޑުބޭނުންވަނީ ނަފުރަތުގެބިލްގެއަޑު މައިތިރިކުރަން!!!
އަންހެނުން ހިތާނުކުރުމަކީ ވަރަށް ދެރަކަމެއް. އެ ކަނބަލުންގެ އަންހެންވަންތަ ކަމުގެ "ރޫޙު" ގެއްލޭކަމެއް. މާ ކުރީޒަމާނުގަ މީހަކު ކުރިއޭ ކިޔައިގެން ކަމެއް ކޮށްގެން ނުވާނޭ! އެކަމުގެ ދަލީލާ ހެކި އޮންނަންޖެހޭނެ!
އަންހެނުން ކޯންޗެއް ކުރަނީ ހިތާނު؟🤔
މިއީ މިހާރުމިއުޅޭ ނަފްރަތުގެ ބިލުގެ ވާހަކަ އޮއްބާލުމުގެ ބޭނުމުގަ ދައްކާވާހަކައެއް ނޫންބާ؟؟
އާއިލާގަ އަންހެނުން މަދެއްނޫން އެކަކުވެސް ނުކުރޭ. މީން ޒަމާނަކުވެސް ތިކަހަލަ ކަމެތް ކުރާކަމެއް ނުވަތަ ކުރިކަމެއް ގާތް ރަހުމަތްތެރިންނާ ދެކެ ފަރިތަ ރައްޓެހިންގެ ފަރާތުން ވެސް އެނގޭކަށް ނެތް ދެން ކޮންތާކުން ނެރުނު 10 އަންހެނަކުން އެކެއް ތޯ؟ މިގެޔަކަށް ނާދޭ ތިފަދަމައުލޫމާތެެއް ހޯދާކަށް އަދި އަވަށްޓެރިޔެއްގެ ގެޔަށްވެސް.. ތިމާ މިލިޔާ އެއްޗިއްސާ ދައްކާ ވާހަކަ ތަކަށް ޖަވާބުދާރީ ވާންޖެހޭނެ ދުވަހެއް އޮތްކަން ހަނދާންކޮށްދެން. ކިހާވަރެއް ލިބުނުތޯ މި ބުހުތާނު ދޮގު ހަބަރު ލިޔަން…..