ކްރިމިނަލް ކޯޓަށް ގާޒީއަކު ހޯދަން ކުރި އިއުލާނާއި އެއްގޮތަށް ނުވަ ފަރާތަކުން ކުރިމަތިލާފައިވާކަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވިދާޅުވެއްޖެއެވެ.

ޖޭއެސްސީން ޖޫން ހަތް ވަނަ ދުވަހު ކުރި އިއުލާނުގެ މުއްދަތު ހަމަވެފައި ވަނީ މިއަދުއެވެ. އެ އިއުލާނުގައި ވަނީ ކްރިމިނަލް ކޯޓަށް ދެ ގާޒީން ބޭނުންވާ ކަން ހާމަކޮށްފައެވެ.

އެ އިއުލާނުގައި ވަނީ، މިހާރު ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރު ކަމުގައި ތިއްބެވި ފަރާތްތަކަށްވެސް ފުރުސަތު އޮންނާނެ ކަަމަށެވެ.

އަދި މުސާރައިގެ ގޮތުގައި 30،000 ރުފިޔާ އަދި ލިވިން އެލަވެންސްގެ ގޮތުގައި، 15،000 ރުފިޔާ އަދި ރިސްކް އެލަވެންސްގެ ގޮތުގައި 3،300 ރުފިޔާ ލިބޭނެ ކަމަށް އެ އިއުލާނުގައި ވެއެވެ.

ޖޭއެސްސީން މިއަދު ވިދާޅުވީ، އެ ކޯޓަށް ގާޒިން ހޯދަން ކުރި އިއުލާނުގެ ސުންގަޑި ހަމަވިއިރު، ނުވަ ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށެވެ.އޭގެ ތެރޭގައި މިހާރު ސުޕީރިއާ ކޯޓުތަކުގައި މަސައްކަތް ކުރައްވާ ފަނޑިޔާރުންވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު