އާންމު ތަނެއްގައި އިސްލާމް ދީނާ ޚިލާފު ކަމެއް މީހަކު ކޮށްފި ކަމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާ ގޮތަށް ގާނޫނުލްއުގޫބާތަށް ގެންނަން އުޅޭ އިސްލާހުގެ ދިފާއުގައި، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ތައްޔާރު ކުރި ޕެޓިޝަންގައި ބިދޭސީން ސޮއި ކުރަން ފަށައިފިއެވެ.

އޮންލައިންކޮށް ސޮއި ހުށަހެޅޭ އެ ޕެޓިޝަންގެ ލިންކް ޚިއްސާ ކުރައްވަމުން ރައީސް ނަޝީދު މީގެ ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެންމެން ވެސް ނަފުރަތު އުފެއްދުމަށް ޓަކައި މީހުންގެ ބޮލުގައި އެޅުން ޖިނާއީ ކުށަކަށް ހަދަން ތާއީދުކޮށް އެ ޕެޓިޝަންގައި ސޮއިކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.

އެ ޕެޓިޝަންގައި ބިދޭސީން ސޮއި ކުރަން ފަށާފައިވަނިީ ދިވެހިންގެ މެދުގައި އެ ބިލަށް ނަފްރަތުކޮށް ގިނަ ބަޔަކު އެ ޕެޓިޝަންގައި ސޮއި ކުރުމާއި ދެކޮޅު ހަދާފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން 5000 ސޮއި ހަމަ ކުރަން ހުށަހަޅާފައިވާ އެ ޕެޓިޝަންގައި މިހާތަނަށް 1،310 މީހަކު ވަނީ ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ބިދޭސީ މީހުން ހިމެނޭ ކަން ވެސް މިހާރު ވަނީ ހާމަ ވެފައެވެ.

"ހަރުކަށި ފިކުރާ ދެކޮޅަށް" ނުވަތަ "އެގެއިންސްޓް އެކްސްޓްރީމިޒަމް" ގެ ނަމުގައި އެކުލަވާލާފައިވާ އެ ޕެޓިޝަންގައި ލިޔެފައިވަނީ އާންމު ތަންތަނުގައި އެކަކު އަނެކަކާ ދިމާއަށް "ކާފަރު" ކަމަށް ގޮވުމާއި "ލާދީނީ" ގޮވުމާ ދެކޮޅުވާ ކަމަށެވެ.

އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ތާއީދު ކުރާ ކަމަށާއި ބޭނުންވަނީ ތަހުޒީބީ، މެދު މިނުގެ އިސްލާމީ ދައުލަތެއް ގާއިމް ކުރަން ކަމަށް ޕެޓިޝަންގެ ލިޔުމުގައިވެއެވެ.

ބިލުގެ ދިފާއުގައި ޕެޓިޝަނެއް ތައްޔާރުކޮށް އެ ޕެޓިޝަންގައި ސޮއިކުރުމަށް ނަޝީދު އެދިވަޑައިގެންނެވިއިރު ބިލާ ދެކޮޅަށް ވެސް ދަނީ ބޮޑު މީސް މީޑިއާ ކެމްޕޭނެއް ހިންގަމުންނެވެ. "ބޭން ސެކިއުލާ ބިލް" ނުވަތަ "ލާދީނީ ބިލް ބޭން ކުރޭ" ނަމުގައި ހިންގާ ކެމްޕޭންގައި ގިނަ ބަޔަކު ދަނީ ބައިވެރިވަމުންނެވެ. އެގޮތުން މިހާތަނަށް އެއަށް 3،986 ސޮއި ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. ހަސަނާ

  މީކޮންފަދަނުހޮރުއްޕާނެއް މިމަނިކުފާނުވިއްދާލައިފިކަމެއްގަ ޖެހޭނީ ހަމަމިމަނިކުފާނު ގަދަވާން އަންދަލުސް އަންދަލުސް ދިވެހިން ހިތްތަކުގަ ވާވަރައްނަފުރަތު އުފައްދާފަ އަދިވެސް ހިތްހަމަނުޖެހި ގައުމު ބައި ބައި ކޮއް މަގުސަދުހާސިލްކުރުމައްމިހިރީ ފޫގަޅާފަ މިގައުމު ސެކިއުލާ ކޮއްފަނޫނީ މިގުރޫޕު ހިންވެސްދެމިނުލާނެކަންޔަގީން..ހުރިހާކަމެއް އެންމެމޮޅައްދެނެވޮޑިގެންވާﷲ ނުބައި ފާޖިރުންގެ ކުބައިން މިކުޑަ ކުޑަ ދިވެހިރާއްޖޭގެ އިސްލާމީ ރައްޔިތުންސަލާމަތްކުރައްވާންދޭވެ އަދި މަކަރުވެރިންގެ މަކަރުންނާއި ނުބައިރޭވުންތައްބޭޒާރުކުރައްވާ މިފަސްގަޑު ގިޔާމަތާޖެހެންދެންވެސް އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި ލައްވާ އިސްލާމްކަމައްލޯކުރައްވާ ވެރިޔަކުގެ އަތްމަތީ މިގައުމު ގެ ވެރިކަންދަމަހައްޓަވާންދޭ އަދުގެ ރައީސްގެ ހިތުގައި ދީނައްލޯބިޖައްސަވާ ސާބިތުކަންދެއްވާންދޭ އާމީން.

  105
  5
 2. އަބްސީ

  ވަރަށް މަޖާ

 3. އިބްރާ

  އިންޑިޔާގެ ހިންދޫންނަށް ތި ޕެޓިޝަނުގައި ސޮއިކުރެވޭގޮތް ހަދައި މަނިކުފާނު ތިޔަ ޕެޓިޝަން އިންޑިޔާގެ ސަންސަޑް ބަވަނަށް ހުށަހަޅާލާ. އެތަނުން ނިންމީމާ އެކަން ނިމޭނެ. ކޮންސިއުލޭޓް އައްޑޫގައި އަޅަންވެސް ނިންމީ އެތަނުންކަމަށްވަނީ.

  12
 4. ކޮރަލް

  އެހެން ދީން ތައް ގެންނަން ބޭނުން ވަނީ އެވެ.

  11
 5. Anonymous

  ޔަހޫދީންގެ ތެރެއިން އަބަދުވެސް އަންނަ އަލްމާނީ ފިކުރުގެ މީހުންނަކީ މިފަދަ މަކަރު ހަދާ ބައެއް. ލާދީނީ އަންނި އާއި ލާދީނީ އެމްޑީޕީ އަކީ އަބަދުވެސް އަލްމާނީ ފިކުރުގެ ލާދީނީ ބައެއް

  12
 6. އައްނި

  މީނަ އަށް ހިމާޔަށް ދީފަ ، އަނގައިގަ ޓޭޕް އަޅާފަ، ޔޫކޭގައި ބެހެއްޓޭނެ ގޮތެއް އަޅެ ހަދާބަލަ، ބޮޑުވެއްޖެ ކަމެއް މީ.. ކޮވިޑައް ވުރެ ބިރުބޮޑު

  20
 7. ރަބަރޭ

  ދެން ބިދޭސީން ލައްވާ ވޯޓު ލައިގެން ބޮޑުވަޒީރު ކަ މަށް އާދޭ

  14
 8. ފަރަނޖީ ކާލޯ

  މީ ފަރަންޖީންނައް ހުޅުވާލާފަވާ ޕެޓިޝަނެއްތާ އޭގެ މާނަޔަކީ ދެން މިގައުމުގަ ދިވެހި ޕާސްޕޯޓެއް ހިފައިގެން އުޅޭ ދިވައްސަކައް ޖާގަ އެއްނޯންނާނެއޭތޯ

  12
 9. ހުސޭނުބޭ

  ތާއީދު އޮތް މީހަކު ތިހެން ދަމާކަނޑާ މީހުންލައްވާ ސޮޔެއްނުކުރުވާނެ!

  13
 10. މަރީ

  މި ކަމުގައި އެންމެ ނުބައި ބަޔަކީ މިކަމުިގައި ބައިވެރިވެގެން ޗުއްޕުވެސް ނުކިޔައި ތިބޭ، މައުމޫނާއި ގާސިމާއި އިމްރާނު. ނުވަވަނަ ހަސަން ރަސްގެފާނަށްވުރެ ނުބައި ތިން ޚާއިނުން.

  14
  1
 11. ޕުރަވީން

  މިކަހަލަ ކަންތައް ކުރާށޭ ބިދޭސީންނަށް ރައްވެހިކަން ދޭންވެސް އެ އުޅެނީ

  15
 12. ބޮސް

  ޢަހަރުމެން ދެން ދުވަހަކުވެސް ކަލެއަށް ކަލޭގެ ރައްޓެއްސަކަށް އަދި އާއިލީ މީހަކަށް ވޯޓެއް ނުދޭނަން.؟ނިމުނީ.

  13
 13. ކްރޯޑް

  "ބޭން ސެކިއުލާ ބިލް" ނުވަތަ "ލާދީނީ ބިލް ބޭން ކުރޭ" ނަ މުގައި ހިންގާ ކެ މްޕޭންގައި މަވެސް ބޭނުން ބައިވެރިވާން ކިހިނެއް ހަދަން ޖެހެނީ

  9
  1
 14. ކައުންސެލަރު 🙌

  ހަހަ ލާދީނީ

 15. ބުއްޅަބެ

  ހެޔޮ 100 ބިލު ފާސް ކުރިޔަަސް، ކަލެ އާއި ،ކަލެ އަށް ތާއިީދު ކުރާ ގިނަ މީހުން ނަކީ ލާދީނިއްޔަތަށް ލޯބި ކުރާ ،ލާދީނިއްޔަތު ފަތުރަން މަސައްކަތް ކުރާ ބައެއް. ޢެކަމަށް އިންޑިޔާ އަދި ޔޫރަޕުން ،މި މީހުންނަށް އެކި ގޮތް ގޮތުން އެހީވޭ. މާތްﷲ މިޤައުމާއި ރައްޔިތުން މި ނުބައި ޝައިޘާނުންގެ ކިބައިން ސަލާމަތް ކުރައްވާނދޭވެ.

  15
 16. ޕޮގުބާ

  ދިވެހިންވެސް އުޅޭ ތިނަން ކިޔާ. އެހެންނޫނަސް ބިދޭސީންނާ މަރުވެފަތިބޭ މީހުން ބޭނުންކުރަނީ ޕުއްޕު ޕާޓީ މީހުންނާ މަޖިލީހުން އެން މެ ގޮނޑިއެއްވެސް އަތުނުލެވޭ ހިތުން އިލް މުވެރިންނޭ ކިޔާއިން އުޅޭ ރޮނގާލިތައް

  3
  7
 17. ައަނިސްމިއާ

  ލާރިދެނީތަ ؟ ލާރިދެނީ މާ އަހަރެންވެސް ސޮއިކުރަނީ .. ކޮންވައްތަރު ލާރިދެނީ ؟

 18. މުރާދު

  ދިވެހިގައުމުގައި ދިވެހިރަށްޔިތުންވަރަށްގިނަ ހުރިހާމީހުންނާދިމާއަށް ލާދީނީއޭ ނުކިއާ ބައެއްފަހަރު ލާދީނީއޭކިޔާ މުސްލިމުންއުޅޭގޮތްގޮތަށްނޫޅި ބުނެވޭބަސްތަކުންވެސް މިއީ މުސްލިމުން އުޅޭނެގޮތެއްނޫން ، މުސްލިމުން ބުނާނެބަސްތަކެއްނޫން މިސާލަކަށް ލާދީނީކަންކަމަށްހިތްވަރުލިބޭ
  ރަސޫލާއާ ﷲ އަށް، ކީރިޤުރްއާންއަށް ހަޖޫޖަހާ ގަބޫލްނުކުރާނަމަ އެއީ މުސްލިމަކު ކުރާނެކަމެއްނޫން އެމް.ޑީ.އޭގެ ރިޕޯޓްދިފާއުކޮށް އެޖަމްޢިއްޔާގެ މެމްބަރަށްވާފަރާތްތަކަށް ކިޔަންވީ
  ކީކޭތޯ ޕެޓިޝަނުގަ ބިދޭސީންލައްވާސޮއިކުރުވަނީ ސޮއިގިނަކުރަންތޯ ބިދޭސީންނަކީ ރާއްޖޭގެބަޔަކަށް ނުވާހިދު އެކަންއެގޮތަށްކުރުމަކީ ރަގަޅުކަމެއްތޯ ރާއްޖޭގެ ލާދީނީމީހުން ބިދޭސީންނަށްރަަގަޅަށްނޭގޭހިދު ތިޕެޓިޝަނުގައި ބިދޭސީންގިނައިންސޮއިކޮށްފާނެ އަދި އިޒްރޭލުގެ
  އެހީއަށްއެދޭނަމަ ވަރަށްގިނަވެދާނެ ބޮޑުވަޒީރުއޭ ގޮވާނަމަ........؟

 19. ފަރެސް

  ފުރިހަމަ ވަގުތުނޫސް ވިދާޅުވެލައްވާ ފަރާްތްތަަކަށް ދަންނަވާލަން ޕެޓިޝަނެއްހަދަންއަހަރެންވެސް
  ގަސްދުކުރަންނަމަވެސް މި ޕެޓިޝަންގައިސޮއިކުރަންގަސްދުކުރަނީދިވެހިރާއްޖޭގެ ދިވެހިރަށްޔިތުންގެ
  އެއީ އަހަރެންނަކީ ދިވެހިރަށްޔިތަކަށްވާތީ މި ޕެޓިޝަނުގައި ބިދޭސީންބައިވެރިނުކޮށް ފުރިހަމައެއްޝަ