އައްޑޫ ސިޓީ ގަން ކައިރިން މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އޯކިޑް 707 ދޯނީގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފްގެ ސްކޯޑްރޯން އިން އެހީތެެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.

އަދި އިންޖީނު ހުއްޓުނު ދޯނީ "ވާލި 8"ދޯނީގައި ކަފު ޖަހައިގެން މީދޫ ބަނދަރަށް ވެއްދުމަށް ދަތުރު ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އިންޖީނު ހުއްޓުނު އެ ދޯންޏަކީ ކޮން އިރަކު މަސްވެރިކަމަށް ނުކުތް ދޯންޏެއްކަން ހާމަކޮށްފައެއް ނުވެއެވެ. އަދި އެ ދޯނީގައި ކިތައް މީހުން ތިބިކަންވެސް ހާމަކޮށްފައެއް ނުވެއެވެ.