މާލެ އިން ބޯޓެއްގައި އައި މީހަކު ކަރަންޓީން ނުވާ ކަމަށް ބުނެ ށ. ކަނޑިތީމުގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

އެނގިފައިވާ ގޮތުގައި އެ ރަށުގެ ރައްޔިތުންތަކެއް ނުކުމެ މުޒާހަރާ ކުރަން ފެށީ މާލެ އިން އައި ފިރިހެނަކު ކަރަންޓީން އުސޫލާ ހިލާފުވެގެންނެވެ. އެ މައްސަލައިގައި އެ ރަށު ބަޔަކު ވަނީ ކައުންސިލް އިދާރާ ކައިރި އަށް އެއްވެފައެވެ.

މިކަމާ ގުޅިގެން ކައުންސިލް ބައްދަލުވުމެއް ކުރިއަށްދާ ކަމަށްވެއެވެ.

ކަނޑިތީމުން މިހާތަނަށް 128 މީހަކު ކޮވިޑަށް ފައްސިވެފައިވެއެވެ. މޮނިޓަރިންގެ ހާލަތުގައި އޮތުމަށްފަހު ކަނޑިތީމު މޮނިޓަރިން ހާލަތުން ނަގާފައިވަނީ ހޮނިހިރު ދުވަހުގެ ރެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލލ

    ރަށުން މާލެ އަންނަ މީހާ ކަރަންޓީނު ވާން ނުޖެހި ހަމަ އެ ކަނި މާލެއިން ރަށައްދާ މީހާ ކަރަންޓީން ވާން ޖެހުމަ ކީ ބުއްދި ޤަބޫލު ނުކުރާ ބޭއިންސާފު !

    3
    2