ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އިމާރާތް ކުރި ހިޔާ މަޝްރޫއުގެ ފްލެޓުތަކުގެ އެއްބަސްވުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ވެބްސައިޓުގައި އާންމު ކުރަން އެ ކުންފުނިން ނިންމައިފިއެވެ.

އެޗްޑީސީން މިރޭ ކުރި އިއުލާނެއްގައި ބުނީ ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 6،720 ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކޮށް ފްލެޓު ހަވާލު ކުރުމަށް ވާން ޖެހޭ ތައްޔާރީތައް ވުމުގެ އެންމެހައި ކަމެއް އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ.

މިއީ ނިސްބަތުން ބޮޑު މަޝްރޫއެއް ކަމުން ފްލެޓަށް ހޮވިފައިވާ ފަރާތްތަކަށް ވަކިވަކިން އެއްބަސްވުމަކީ ދަތިކަމެއް ކަމުން ހުރިހާ ފަރާތްތަކަކަށް ފަސޭހަކަމާއެކު ފެންނާނެ ގޮތަށް އެއްބަސްވުމުގެ ޑްރާފްޓް އެޗްޑީސީގެ ވެބްސައިޓުގައި ޝާއިއު ކުރަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް ޑްރާފްޓް އެއްބަސްވުމަށް ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމުން މި ޑްރާފްޓަށް އެއްވެސް ބަދަލެއް ގެނެވޭ ނަމަ އެކަން އިއުލާން ކުރުމަށް ފަހު އެޗްޑީސީގެ ވެބްސައިޓުގައި ހާމަ ކުރާނެ ކަމަށް ވެސް އިއުލާންގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަމީން

    ތިޔަކަން ދެން ދިގު ނުދަން މަ ނިން މަބަލަ ކިހާދެރަކަމެއް ތިޔަކަ މާއިހުރެ ކައުންސިލްވެސް ގެއްލުނީ މީހިންކުރި މަތީ އިތިބާރުވެސް ގެއްލިދަނީ ތަންކޮޅެއް ހަރުދަނާ ވާން ދަސްކޮއްބަލަ...ދެރަކަ މެއް..