22:09

35 މީހުން ފައްސިވެ މާލެ އަށް ރެކޯޑް އަދަދެއްގެ ދަށްވުމެއް، ނަމަވެސް ޖުމްލަ 253 ފައްސި

21:50

ގދ. ތިނަދޫން މިއަދުވެސް 30 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

21:21

ފައިޒާގެ ދެޑޯޒް ޖަހާފައިވާ ސައިންސްވެރިޔަކު ވާގޮތެއް ބަލަން މޮޑާނާގެ ވެކްސިން ޖަހައިފި.

20:34

ކުރިއަށް އޮތް ފަސް ދުވަސް ތެރޭގައި އަތޮޅު ތެރެއަށް އިތުރު 15 ޕީސީއާރް މެޝިން ފޮނުވާނެ ކަމަށް ހެލްތް މިނިސްޓަރ އަހުމަދު ނަސީމު ވިދާޅުވެއްޖެ.

ކޮވިޑް-19 އަށް ޓެސްޓް ކުރާ މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވި މީހުންގެ ނިސްބަތް އިއްޔެ ވަނީ ދެމަސް ދުވަސް ތެރޭގައި ފުރަތަމަ ފަހަރަށް %3 އަށް ވެއްޓިފައެވެ.

އިއްޔެ 5613 މީހުން ކޮވިޑަށް ޓެސްޓް ކުރިއިރު ފައްސިވެފައި ވަނީ 187 މީހުންނެވެ. އިއްޔެ އަކީ އޭޕްރީލް މަހުގެ 15 ވަަނަ ދުވަހަށް ފަހު ކޮވިޑަށް ފައްސިވި މީހުންގެ ނިސްބަތް އެންމެ ދަށްވި ދުވަހެވެ.

މެއި މަހު ކޮވިޑް ހާލަތު އެންމެ ގޯސްވެގެން ދިޔައިރު ޓެސްޓް ކުރި މީހުންގެ %40 މީހުން ވެސް އެއްދުވަހު ފައްސިވެފައި ވެއެވެ. އެއީ މެއި މަހުގެ 18 ވަނަ ދުވަހު އެވެ.

މިމަސް ފެށުނުއިރު ކޮވިޑަށް ޓެސްޓް ކުރާ މީހުންގެ ތެރެއިން %13 މީހުން ފައްސިވިއެވެ. ނަމަވެސް މަޑުމަޑުން ފައްސިވާ މީހުންގެ ނިސްބަތް ދަނީ މަދުވަމުންނެވެ. ހާލަތު ރަނގަޅު ވަމުން ދިޔަ ނަމަވެސް އޭޕްރީލް މަހު ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން ހާލަތު އޮތް ވަރަށް އަދިވެސް ހާލަތު ރަނގަޅެއް ނުވެއެވެ.

ކޮވިޑް-19 އަށް ޓެސްޓް ކުރާ މީހުންގެ ނިސްބަތުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ދަށްވި ނަމަވެސް އަދިވެސް ކޮވިޑްގެ ނުރައްކާ ކުޑައެއް ނުވެއެވެ. ހާއްސަކޮށް އަތޮޅުތެރޭގެ ބައެއް ރަށްތަކުގައި ހަލުވިކަމާއިއެކު ކޮވިޑް އަންނަނީ ފެތުރެމުންނެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.