ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ކޮއްކޯފުޅު އަހްމަދު މުހައްމަދު ސޯލިހް އަވަހާރަވެއްޖެއެވެ.

އަހްމަދު މުހައްމަދު ނުވަތަ އާއްމު ނަމުންނަމަ އަހްމަދުބެ އަކީ ރައީސް ސޯލިހްގެ ހަގަށް އެއާއިލާގައި ތިއްބެވި އަށް ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. ރައީސް ސޯލިހްގެ އާއިލާގައި އެއްބަނޑު އެއްބަފާ 12 ބޭފުޅުން ތިއްބަވައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން 55 އަހަރުގެ އަހްމަދުބެ ނިޔާވީ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އޭނާ ނިޔާވީ ދުބާއީގައެވެ.

އަހްމަދުބެ އަކީ ލޯފަން ބޭފުޅެކެވެ. އޭނާގެ އިތުރަށް އެއާއިލާގައި ލޯފަން އިތުރު ތިން ބޭފުޅުން ވެސް ތިއްބަވައެވެ. ލޯފަން ހަތަރު ބޭފުޅުންގެ ތެރެއިން ތިން ބޭފުޅުންނަކީ ހާފިޒުންނެވެ. އަހްމަދުބެ ވެސް ހާފިޒު ކަމުގެ ކޯސް ފުރިހަމަ ކުރެއްވުމަށް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް ދިމާވި ސިއްހީ މައްސަލައެއްގެ ސަބަބުން ކޯސް ފުރިހަމަ ނުކުރެއްވުނީ ކަމަށް މައުލޫމާތު ލިބެއެވެ.

ރައީސް ސޯލިހްގެ ކޮއްކޯފުޅު އަވަހާރަވުމުން ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ރައީސް ސޯލިހަށާއި އެމަނިކުފާނުގެ އާއިލާއަށް ތައުޒިއާ ފޮނުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ހައިލީ

  މަރުޙޫމާ އަށް ހެޔޮރަހްމަތް ލައްވާށި

  60
  1
 2. އަޙް

  انا لله وانا اليه راجعون

  62
 3. ކުޅުދުއްފުށީމޭން

  އަހުމަދުބެއަށް ސުވަރުގެ މިންވަރު ކުރައްވާށި އާމީން ، އަހުމަދުބޭގެ އާއިލާއަށް ކެތްތެރިކަން ދެއްވާށި އާމީން

  7
  1
 4. އިބްރާހީމް،،،

  انا لله وانا اليه راجعون
  މަރުޙޫމާ އަށް ހެޔޮރަހްމަތް ލައްވާށި، ޢާއިލާއަށް ކެތްތެރިކަން މިންވަރުކޮށްދެއްވާށި، އަދި ވަރަށް ކަންބޮޑުވާ ކަމެއް ނޫސްތަކުގަ"ރައީސް ޞާލިޙް" މިގޮތަށް ލިޔުމަކީ، އެމަނިކުފާނުގެ ނަންފުޅަކީ" ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް" އެހެންކަމުން އެމަނިކުފާނުގެ ކާފާފުޅުގެ ނަން ގެނައުމަކީ، ތާރީޚީ ގޮތުން މައްސަލަތަކެއް ނިކުންނާނެ ކަމެއްކަމަށް ލަފާކުރެވޭ، ފަހުން

  6
  1
 5. ނިހާ

  انا لله وانا اليه راجعون

 6. ޙަސަނާ

  މާތްﷲމަރުހޫމްގެ ފުރާނަ އައްސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކުރައްވާށި..އާމީން

  9
  1
 7. ޝާން

  ކޮބާ އަހަރެންގެ ކޮމެންޓް