އާންމު ތަނެއްގައި މީހަކު އިސްލާމް ދީނާ ޚިލާފު ކަމެއް ކުރި ކަމަށް ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލާ ދެކޮޅު ޕެޓިޝަންގައި 5000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސައިން ހުށަހެޅުއްވި ބިލަކީ "ލާދީނީ" ބިލެއްގެ ގޮތުގައި ސިފަކޮށް ބިލާ ދެކޮޅު ޕެޓިޝަނެއް ވަނީ ތައްޔާރުކޮށްފައެވެ. އަދި ބިލަށް ތާއީދުކޮށް ވެސް ޕެޓިޝަނެއް ތައްޔާރުކޮށްފައިވެއެވެ.
"ބޭން ސެކިއުލާ ބިލް" ނުވަތަ "ލާދީނީ ބިލް ބޭރުކޮށްލަން" ނަމުގައި އުފައްދާފައި ޕެޓިޝަންގައި މިއަދު ހެނދުނު 9:45 ހާއިރު 5،735 ސޮއި ވަނީ ހަމަވެފައެވެ.
"ހަރުކަށި ފިކުރާ ދެކޮޅަށް" ނުވަތަ "އެގެއިންސްޓް އެކްޓްރީމިޒަމް" ގެ ނަމުގައި އުފައްދާފައިވާ ޕެޓިޝަނަށް އެހާއިރު ހަމަވެފައިވަނީ 2،000 ސޮއެވެ.
ބިލުގެ ދިފާއުގައި ޕެޓިޝަނެއް ތައްޔާރުކޮށްފައިވާ ކަން ހާމަ ކުރެއްވީ ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައެވެ.
ފާޑުކިއުން އިންތިހާއަށް އަމާޒުވެފައިވާ މި ބިލު ވަނީ މަޖިލީހުގެ ތަޅުމުން ބަލައިގަނެ ދިރާސާކުރަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފައެވެ.
ކޮމިޓީން ނިންމާފައިވަނީ އިސްލާމިކް މިނިސްޓްރީއާއި ހިއުމަން ރައިޓްސް ކޮމިޝަންއާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ލަފާ ބިލާ ގުޅޭ ގޮތުން ހޯދުމަށެވެ. އަދި އާންމުންނަށް ލިޔުމުން ޚިޔާލު ހުށަހެޅޭ ގޮތަށް މާދަމާގެ ނިޔަަލަށް ހުޅުވާލާފައިވެއެވެ.
ނަފުރަތުގެ އަމަލުތައް ބަޔާން ކުރުމުގެ މަގްސަދުގައި ކަމަށް ބުނެ ހުށަހެޅި އެ ބިލާ ދެކޮޅަށް ގިނަ އިލްމުވެރިންނާއި އާންމުންގެ ބަޔަކު ވެސް އަންނަނީ މީސް މީޑިއާގައި ކެމްޕޭން ކުރަމުންނެވެ. އަދި "އާދައިގެ" ގޮތަށް ކޮމިޓީގެ ދިރާސާ ކުރުމުގެ މަރުހަލާ ގެންދާތީ ވެސް ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.
ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ ވެސް މި ބިލާ ދެކޮޅެވެ. އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންނާއި ބައެއް ކައުންސިލަރުން ވެސް ވަނީ ބިލާ ދެކޮޅަށް ނުކުންނަވައި ވާހަކަ ދައްކަވައިފައެވެ.
އަމާޒުވާ ފާޑުކިއުންތަކަށް ރައްދު ދެއްވައި ހިސާން ވިދާޅުވެފައިވަނީ ބިލު އޮތީ އިސްލާމީ ޝަރީއަތާ އެއްގޮތަށް ކަމަށެވެ. އަދި ބިލުން ދީނީ ނަސޭހަތް ދިނުމާއި ޚިޔާލު ފާޅުކުރުމަށް އެއްވެސް ހުރަހެއް އެޅެން ނޯންނާނެ ކަމަށް އޭނާ ވިދާޅުވެއެވެ.
ބިލަށް ފާޑުކިއުން އަމާޒުވެފައިވަނިކޮށް އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ކުށް ތަފްސީލްކޮށް ބަޔާން ކުރާ ބިލެއް ވެސް މަޖިލީހަށް ހުށަހެޅިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު ވެސް ހުށަހެޅުއްވީ ހިސާނެވެ.
ތި ޕެޓި ޝަން ލައިން ވާނެކަމެއް ނެތް. ބިލު ފާސްކުރާނަ ވެސް.
ތެދު ވާހަކަ އެއް ތި ވިދާޅުވީ، ބިލްފާސްކުރާނެ ބިލްފާސްކޮށްގެން ވެސް ވާނެ ކަމެއް ނެތް ހަމަޔަގީން ލާދީނީ ވާހަކަ ދައްކާ އިސްލާމް ދީނަށް ފުރައްސާރަ ކުރަންޏާ ލާދީނީ ގޮވާނަން މަގުމަތީގަވެސް މީޑިއާގަވެސް، އެހެން މީހެއްގެ ވާހަކަ އެއްނޫން މަމިބުނީ މަގޭވާހަކަ ، ޖަލައްލާ މެރިޔަސް ޝަކުވާއެއްނެތް ދީނާ ކުޅެންޏާ ލޭކެކޭނެ،،، ސިޔާސީ ވެގެން އުޅޭ އިސްލާމް ދީނާ ނުބެހޭ.
ކުރީގެ ގާނޫނުގައި ވެސް ކުށެއްގެގޮތުގައި އޮތްކަމެއް ބަދަލަކާ އެކު ތިމާމެންގެ އެޖެންޑާ އައްމަގުފަހިވާގޮތައްހުށަހަޅައްގެން މިއުޅެނީ ގައުމުބައިބައި ކޮއްފިތުނަކުރުމުގެ މަގުސަދުގައެވެ.ނަސީދުއައްލިބުނު އަނިޔާގެ ދަޑިވަޅުބަލައި ހަމްދަރުދީ ލިބޭނެކަމައްބަލާ މިދަޑިވަޅުގައް މިގައުމު ފަސާދަކޮއްލަންކަމަރުބަދެލީއެވެ ހޯހޯ އެވެ ދިވެހިރައްޔިތުން މިތިބީ މާތްވެގެންވާ އިސްލާމްދީންގެ އަގީދާގަ ހިފަހައްޓައިގެން ނެވެ.
ވަރައް ސާފް، އެއްކޮޅުން މި ބަލަނީ ދީން ހިމާޔަށްކޮށް ދީނަށް ކުޑައިމީސްކޮށް ކުރާކަންތަކާއި ދެކޮޅަށް ތެދުވެ ދީނާއި ގައުމުގެ ހައްގުގައި އަތުކުރި އޮޅާލުމަށް. ޢަނެއްކޮޅުން މި ގޮވާލަނީ ޒާތީ މަސްލަހަތާއި، އަމިއްލަ އެދުމުން ފޯވެފައި ތިބި ބަޔަކު، މި ގައުމުގައި ހަމަޖެހުން ނަގާލަން ބެރުޖަހަމުންގޮސް އިސްލާމްދީނާއި ދެކޮޅު މެޖޯރިޓީ އޮތްކަން ދެއްކުމަށް ފާޅުގައި ގޮވާލަމުން ދާ މަންޒަރު. މި ނުބައި މީހުން ފަލީހަތްވެ، މި ފަސްގަނޑުގައި ނާކާމިޔާބް ކުރައްވާ، އެއުރެންނަށް އިބަ ﷲގެ ހިދާޔަތް ދައްކަވާށި
ބިލާ އެއްކޮޅައްވޯޓްލާފަވާ މީހުންގެތެރޭގަ ބޭރުމީހުން ގިނަ.
ސޮއި ގިނަވާނީ ބިލާ އެއްކޮޅަށް.
2000 ސޮއެގަ ގިނަވީ ބޭރު މީހުން. ސްކީން ޝޮޓްތައްބޭނުންތާ ؟
ނުރައްކާތެރި ރަނގަބީލެއް. ދީނީއާއި ލާދީނީ އަރާ ހަމަކުރަނީ.
ޚިޔާލު ފާޅުކުރުމަށް އެއްވެސް ހުރަހެއް އެޅެން ނޯންނާނެ ކަމަށް ހިސާން ބުނާއިރު، ލާދީނީ ކިޔައިފިއްޔާ ވާނީ ކިހިނެއް؟ ލާދީނީ ނުކިޔާ ސެކިއުލާ ކިޔައިފިއްޔާ ވާނީ ކިހިނެއް؟
އެމްޑީޕީ ޖެހޭނީ ހިކިފަސްތާ ބަކަ ތަޅަން. ހެހެހެހެ
ކަލޯ އުސްފަސްގަނޑު ގަ މީގެ ކުރިން އުޅުންހެން ދޯ؟ މިހާރު އެތާންގަވެސް ބަކަނުތެޅޭނެ.ކެނެރީގެ ކުރިމަތީ އޯކޭވާނެ ބަކަތަޅަން މިހާރު ޕާކްވެސް ނުކުރޭ އެ ގޯޅީގަ ފުދޭވަރެއްގެ ޖާގަ އޮންނާނެ ބަކަ ތަޅާލަން.
ލާދީނީ ބިލު ބޭރުކުރޭ. އަދި ހިސާން ގެ އަސްތިއުފާއައްވެސް ގޮވާލަން
ބޭން ލާދީނީ ބިލު އޮންލައިން ކޮށް ސޮއެކުރެވޭނަމަ ލިންކް ޝެއްރ ކޮށްލަދެއްވުން އެދެން!