ނ.އަތޮޅު މާފަރުގައި ތަރައްޤީ ކުރަމުން އަންނަ އެއާޕޯޓަށް އަންނަ މަހު ޓެސްޓް ފްލައިޓްތައް ޖައްސަންފަށާނެ ކަމަށް މިނިސްޓަރ އޮފް ޓުއަރިޒަމް މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޒަމީރު މިހެން ވިދާޅުވީ މާފަރު އެއަރޕޯޓުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ބައެއް ނޫސްވެރިންނާއި އެކު އިއްޔެ މާފަރަށް ކުރެއްވި ދަތުރުފުޅުގައި ނޫސްވެރިންނާއި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން ބައެއް މަސައްކަތްތަކުގައި ދަތިތަކެއް ދިމާވިނަަމަވެސް، މެދުކެނޑުމެއްނެތި ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށްދާކަމަށެވެ.

އެއާޕޯޓްގެ ރަންވޭގެ މަސައްކަތުގެ ތެރެއިން ތާރު އެޅުމުގެ ކުރިން އަޅާ ލޭޔަރުގެ މަސައްކަތް މިހާރުވަނީީ ނިމުމަކާއި ގާތްވެފައެވެ. މި މަސައްކަތް ކުރިއަށް އޮތް ފަސް ދުވަހުގެތެރޭގައި ނިންމައި ރާންވޭގައި ތާރުއެޅުމުގެ މަސައްކަތް ފަށާނެއެވެ. އަންނަ މަހު އެއަރޕޯޓުގެ ބޮޑެތި މަސައްކަތް ނިންމުމަށް ޢަމާޒުހިފާފައިވާއިރު ތާރު އެޅުމުގެ މަސައްކަތްވެސް އަންނަ މަހުގެ ކުރީކޮޅު ނިންމުމަށްވަނީ ހަމަޖެހިފައެވެ.

"މިހާރު އެންމެ ފުރަތަމަ ނިންމާނީ ރަންވޭ، ރަންވޭގެ ސަބް ފޭސް ނިންމިފައި މިވަނީ. ތާރު އަޅަން ފެށޭނެ ކަމަށް ބެލެވެނީ މިމަހުގެ 25 ނޫނީ 27 ގައި ތާރުގެ މަސައްކަތް ފެށޭނެ ކަމަށް. މިހާރު ތާވަލް ކޮށްފައިވާ ގޮތަށް ކުރިއަށްދާނަމަ ކޮންސެލްޓެންޓުން މި ބުނަނީ 13 ދުވަހުން (ތާރު އެޅުމުގެ) މަސައްކަތް ނިންމާލެވޭނެ ކަމަށް،" މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.

މިހާރު ތާވަލް ކޮށްފައި ވަނީ އަންނަ އޮގަސްޓް މަހު މާފަރު އެއާޕޯޓް ބޭނުންކުރަން ފަށާށެވެ.

މާފަރު އެއަރޕޯޓަކީ އިންޓަރނޭޝަނަލް ފެންވަރަށް ތަަރައްޤީކުރާ އެއާޕޯޓެކެވެ. 2.2 ކިލޯމީޓަރު ރަންވޭއަކާއެކު ތަރައްޤީކުރާ މިއެއަރޕޯޓްގައި އާންމުކޮށް ރާއްޖެ އަންނަ އެންމެ ބޮޑެތި ފްލައިޓްތައްކަމަށްވާ އޭ380 މަރުކާގެ މަތިންދާ ބޯޓު ޖެއްސޭނެއެވެ.

މާފަރު އެއާޕޯޓުގެ މަޝްރުޢުއާއެކު އެރަށުގައި ސިޓީ ހޮޓަލެއް އެޅުމަށްވެސްވަނީ ނިންމާފައެވެ. ސިޓީ ހޮޓާ އަޅަށް ނިންމާފައިވަނީ އެތަނުން ލިބޭ އާމްދަނީން އެއަރޕޯޓްގެ ޚަރަދުތައް ބެލެހެޓުމުގެ އުސޫލެއްގެ ދަށުންނެވެ.

އަބޫދާބީ ފަންޑުގެ ހިލޭ އެހީގައި އަޅާ މި އެއަރޕޯޓަށް 60 މިލިއަން ޑޮލަރު ޚަރަދުވާނެކަމަށް ލަފާކުރެވެއެވެ.

މާފަރު އެއާޕޯޓްގެ މަސައްކަތް ކުރަނީ ސިންގަޕޫރުގެ ޓަފް އިންފްރާ ކުންފުނިންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޒާ

    އެެހެންވީމާ މާފަރުގައި ތި އަޅަނީ އިންޓަނޭޝަނަލް އެއާޕޯޓެއްދޯ؟ މީ ނަޝީގުގެ ސަރުކާރުން އަޅާނެ ގޮތެއް ނޭނގިގެން އުޅުނު އެއާޕޯޓެއް. އެކަމަކު މާފަރު މީހުން ނަޝީދައިގެން އަދިވެސް މޮޔަވަނީ. އެހެންވެ ބުނަނީ ބޭނުމީ ތަރައްގީއެއް ނޫނޭ. ބައެއް ރަށްރަށު މީހުން ބޭނުމީ ނަޝީދުއޭ. އެއީ އޭނާ އުޅޭގޮތަށް އުޅޭނަމަ ދެދުނިޔެ ލިބޭތީތޯއްޗެއް.

  2. ހުސޭނުބޭ

    އޭ 380 މާފަރު އެއަރޕޯޓުގައި ޖެއްސުމަކީ މި ސަރުކާރަށް ކުރެވުނު ވަރަށް ސަޅި ކަމެއް!

  3. ޟޮޮކޮ

    ސަހަރޯ. ޢޭ380 އޭ ސާބަސް

  4. ޙަފްޞާ / މާލެ

    ނ އަތޮޅުގެ ރައްޔިތުން ، ޚާއްޞަކޮށް މާފަރާއި މާފަރުކައިރީގައިވާ ރަށްތަކުގެ ރައްޔިތުން ނިިދިންޙޭލާ ތަރައްޤީއަށް އާއެކޭ ބުނަމާތޯއެވެ؟
    {{لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ }} މިއީ މާތްﷲގެ ވަޙީބަސްފުޅުގައި އޮތްގޮތް! މިޔަށް ބަދަލެއް ނާންނާނެ!

  5. ކުޑަކާފު

    380 ބޯޓުޖައްސާ ރަންވޭ އެޅުނަކަސް ހިދުމަތެއްނުދެވޭނެ... ކޮބާތޯ އިމަޖެންސީގެ ޖައްސަން ވެއްޖެއްޔާ އެބޯރޓުގެ ފަސިންޖަރުންނަ ހިދުމަތްދޭނެ ހޮސްޕިޓަލެއްކައިރީގެ އެބަހުރިތޯ؟

  6. މަސްްކައްކާ

    ރަންރީނދޫ ޓްވިޓަރޭ މެން ހަމަ ތެޅި ތެޅި ތިބެން ޖެހޭނީ ތަމެންނަށް ނުދޭނަން %5 ވޯޓް ވެސް މިފަހަރު އިނގޭތޭ. ތަމެން ދެން ރިޔާސީ އިންތިޚާބު މަތިން އެމްޑީޕީ ހަނދާން ނައްތާލާ ރަންރީނދޫ ޓްވިޓަރޭ މެން މިއޮތް ނެސްޕްރޭ ހުސް ކުރި ދަޅު ހިފައިގެން ދަގަ ހުޅުދޫ ދިގު ފަރަށް ބޮލިހިލަން ދަގަ ދަގަ ދަގަ ބޮލިހިލަން. ބޮލިހިލާ ދޯ. މަސްކައްކާ ތެލިދޮންނައޭ މެން ދޯ.

  7. Anonymous

    380 ރާއްޖެއަށް ނުވެސް އާދޭ