ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކައި އެ ބިމުގައި އިމާރާތްތަކޮށްފައިވާ "ހިޔާ މަޝްރޫއު" ގެ ފްލެޓްތަކުގެ އެއްބަސްވުމުގެ ފުރަތަމަ ޑްރާފްޓް އާންމުކޮށްފިއެވެ.
ހުޅުމާލޭން ފުލެޓެއް ވިއްކުމަށާއި ގަތުމަށްޓަކައި ހައުސިން ޑިވެލޮޕްޓްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު ސޮއިކުރަން ކަނޑައަޅާ އެއްބަސްވުމުގެ ފުރަތަމަ ޑްރާފްޓް ވަނީ އެ ކުންފުނީގެ ވެބްސައިޓްގައި ޝާއިއުކޮށްފައެވެ.
ފްލެޓް ގަންނަ ފަރާތާއި އެޗްޑީސީއާ ދެމެދު ހެދޭ އެއްބަސްވުމުގެ ދަށުން ފްލެޓްގެ އިންސްޓޯލްމަންޓަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިފިނަމަ އެންމެ ފުރަތަމަ 10 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.
އެ މުއްދަތުގެ ތެރޭގައި ފައިސާ ނުދެއްކިއްޖެނަމަ އެއްބަސްވުން ނިމުމަކަށް ގެނެސް، ފުލެޓާއި ހަވާލުވާން ބޭނުންވާކަން ވިއްކާ ފަރާތުން
ގަންނަފަރާތަށް ލިޔުމުން ނޯޓިހެއް ދޭންވާނެއެވެ. އެގޮތަށް ދެވޭ ނޯޓިހުގެ މުއްދަތަކީ 30 ތިރީސް ދުވަހެވެ.
ނޯޓިހުގެ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ، އިތުރު ނޯޓިހަކާ ނުލައި އެއްބަސްވުން ނިމުމަކަށް ގެނައުމުގެ އިހްތިޔާރު ވިއްކާ ފަރާތް، އެޗްޑީސީއަށް ލިބިގެންވެއެވެ.
އެއްބަސްވުން ނިމުމަކަށް ގެނެވޭ ތާރީހުން ފެށިގެން 15 ދުވަހުގެ މުއްދަތުގެ ތެރޭގައި ފުލެޓު ހުސްކޮށް، ވިއްކާ ފަރާތާއި ފުލެޓު ހަވާލުކުރަން ވާނެއެެވެ.
30 ދުވަހުގެ ތެރޭގައި، ނުދެއްކި އޮތް ފައިސާ ދައްކައިފިނަމަ ވިއްކާ ފަރާތުން
ގަންނަފަރާތަށް ދިން ނޯޓިސް އެހިސާބުން އުވޭނެއެވެ. އަދި އެއްބަސްވުމުގެ އަސްލަށް އުނިކަމެއް ނައިސް، އެއްބަސްވުން ސައްހަ ކަންމަތީ ދެމިއޮންނާނެއެވެ.
އެއްބަސްވުމާއި ހިލާފުވުން
ފްލެޓްގެ އިންސްޓޯލްމަންޓުތަކާއި މެނޭޖްމަންޓު ފީ ފިޔަވައި އެއްބަސްވުމުގައި ލާޒިމްކުރާ ކަމެއް ގޮތުގެމަތިން ނުކޮށްފިނަމަ، އެކަމެއްގެ ކުޑަބޮޑުމިނަށްބަލައި އެއް ހާހާއި އެއްލައްކަ ރުފިޔާއާ ދެމެދުގެ މިންވަރަކުން ގަންނަފަރާތް ޖޫރިމަނާ ކުރެވޭނެއެވެ.
ރަނގަޅު ކުރަންވީ ކަމެއް ބަޔާންކޮށް އެކަމެއް ރަނގަޅުކުރުމަށް އެކަށީގެންވާ މުއްދަތެއް ދެވޭނެކަމަށް ވެސް ޑްރާފްޓްގައިވެއެވެ.
އަދި ހާލަތަށް ބަލައި ސުޓްރަކްޗަރަލް އެސެސްމަންޓެއް ހެދުމަށްފަހު، ޖޫރިމަނާ ކުރަންޖެހޭ އަދަދު އެއް ލައްކަ ރުފިޔާއަށް ވުރެ ބޮޑުނަމަ އެކަން ފުލެޓު ވިއްކާ ފަރާތުން ސަރުކާރުގެ ކަމާބެހޭ އިދާރާއަކަށް އެންގޭނެއެވެ.
އެފަދަ ހާލަތެއްގައި ޖޫރިމަނާއެއް ދައްކަން ޖެހިއްޖެނަމަ، ފުލެޓު ގަންނަފަރާތުން ވިއްކާފަރާތަށް 14 ދުވަހުގެ މުއްދަތުގެ ތެރޭގައި، ޖޫރިމަނާ ފައިސާ ދެއްކުމަށް އެއްބަސްވެވޭނެއެވެ.
ފްލެޓުތަކުގެ އެގްރީމެންޓްގައި ސޮއި ކުރުން އަންނަ މަހުގެ 14 ވަނަ ދުވަހު ފަށާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
ސްޓެލްކޯގެ ފަރާތުން އިލެކްޓްރިކް މީޓަރު ހަރުކުރުމުގެ މަސައްކަތާއި މެއިން ޕެނަލް އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދެއެވެ.
އެޗްޑީސީން މިހާރު ނިންމާފައިވަނީ ހިޔާ ފްލެޓްތަކަށް މަހަކު 7,500ރ ގެ ކުއްޔެއް ނަގާށެވެ. އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000ރ. ނެގުމަށެވެ.
ހުޅުމާލޭގައި ތިޔަބުނާތަނަކުން ދޫކޮށްފައިހުރި ުރިހާތަނަކަށް ހިގަންވާނީ އެއްޙުކުމެއް. ސުހައިލުހިތުހުރިގޮތަކަށް ކަންތަށްތަކެއްނުކުރެވޭނެ. އެމްޑީޕީ ލޭބަލްޖަހައިގެން ދުނިޔެއުމުރަށް ހުޅުމާލޭގަ ރަސްަންކުރާނަމާހތާ މިކަލޭގެ މިއުޅެނީ. މިއޮތްރީތި ރަށް ހިތުހުރިގޮތަކަށްހަދާ ހަލާކުކޮށްލައިފި
ބަޔަކު މަރާލަން ހަދާ އެއްބަސް ވުމެއް ތަ ?
މިއެއްބަސްވުމާ މީގައި މިބުނާ 2.2 މިލިޔަނަކީ މިސަރުކާރުގެ ކޮތަރު ކޮށީގެ އަކު.. ވީމާ 3 ކޮޓަރި ފްލެޓެއް ހުނާނެ ވަރު އަންދަޒާކޮށް ލައްވާ... މިއީ ސޯޝަލް ހައިސިން އެއްބާ ނުނީ ޕްރައިވެޓް ހައިސިން އެއްބާ؟
ޕްރައިވެޓް ހައިސިން އެއް 3 ކޮޓަރިގެ ތަނަވަސް ތަނެއް ލިބީ އެބަ 2.1 މިލިއަނަށްވެސް/
ވިއްކާ ފަރާތުން ކަމެއް ނުކޮށް ދޫކޮށްލުމުން ލިބޭ ގެއލުމުގެ ބަދަލް ގެ ވާހަކަ އެއްނެތް. ލިފްޓް މައްސަލަ ޖެހިގެން ހައްލުކުރަން ގިނަވެގެން ނަގާނެ މުއްދަތެއް .....