ސިޔާސީ ބޭނުންތަކަށްޓަކައި އިސްލާމް ދީނުގެ ބައެއް މަފްހޫމްތައް އޮޅުން އަރާފަދަ ގޮތްތަކަށް ސަރުކާރުގެ ބައެއް އިސްވެރިންނާއި ސަރުކާރަށް ތާއިދު ކުރާ ސިޔާސީ ފަރާތްތަކުން ބަޔާންކުރަމުންދާ ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

އެޕާޓީން ނެރުނު ބަޔާނެއްގައި ބުނީ "ޚުރޫޖުކުރުން" ނުވަތަ ބަޣާވާތް ކުރުމަކީ އާންމުންގެ ތެރެއިން ބަޔަކު ހަތިޔާރާއެކު ނުކުމެ ހަނގުރާމަކޮށްގެން ގަދަ ބާރުން ވެރިކަން ބަދަލުކުރުން ނުވަތަ ބަދަލު ކުރަން މަސައްކަތްކުރަން އުޅުން ކަމުގައިވާހިނދު ފަހަކަށްއައިސް ސަރުކާރާއި ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން، ދައުލަތުގެ މުޅި ނިޒާމު ޚަރާބުކޮށް ދީނާއި ޤައުމާއި ރައްޔިތުންގެ މަސްލަޙަތު އެއްފަރާތްކޮށް އަމިއްލަ އެދުމާއި ސިޔާސީ މަންފާއަށްޓަކައި ބޮޑެތި ކަންކަން ހިންގަމުންދާ ކަމަށެވެ.

"ސަރުކާރުގެ އަނިޔާވެރިކަމާއި ވައްކަމާއި ފަސާދައާއި އަދި ދައުލަތުގެ މުޅި ނިޒާމު ޚަރާބުކޮށް ދީނާއި ޤައުމާއި ރައްޔިތުންގެ މަސްލަޙަތު އެއްފަރާތްކޮށް އަމިއްލަ އެދުމާއި ސިޔާސީ މަންފާއަށްޓަކައި ހިންގަމުންގެންދާ ބޮޑެތި ޖަރީމާތަކާދެކޮޅަށް ސުލްޙަވެރިކަމާއެކު ރައްޔިތުން ކުރަމުންގެންދާ އިހުތިޖާޖުތަކަށް ނިސްބަތްކޮށް އެއީ ވެރިކަމާދެކޮޅަށް ޚުރޫޖުކުރުން ކަމުގައި ބުނަމުންދާ ދިޔުމަކީ ޢަދާލަތު ޕާޓީން ނުހަނު ކަންބޮޑުވާކަމެކެވެ." އަދާލަތު ޕާޓީގެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އިސްލާމްދީނާ ޚިލާފުކަންކަމާއި ޤައުމާއި ރައްޔިތުންނާއި އަދި މުޅި ދައުލަތުގެ މަސްލަޙަތު ގެއްލިދާފަދަ ކަންކަން ހުއްޓުވުމަށްޓަކައި އެކަންކަން ފާހަގަކޮށް ސުލްޙަވެރިކަމާއެކު އެފަދަ ކަންކަން އިސްލާޙުކުރުމުގެ ފުރުސަތު އިސްލާމީ ޝަރީޢަތުގެ ތެރެއިން ފުޅާކޮށް ތަނަވަސްވެފައިވާކަމަށެވެ.

އަދި ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގުމަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީންވެސް ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށާއި ރައްޔިތުންގެ ހައްގުތަކާއި މަސްލަހަތުތައް ކަށަވަރުކޮށް ދިނުމުގެ ބަދަލުގައި މަދު ބައެއްގެ އަމިއްލަ އެދުންތައް ހާސިލުކުރުމުގައި "ހައްދުންނެއްޓިފައިވާ ވެރިކަމެއްގެ" ދިފާއުގައި އިސްލާމީ ޝަރީއަތުގެ މަފްހޫމްތައް އޮޅުވާލުމަކީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ގައުމާއި ދިވެހި ރައްޔިތުންނަށް ވެވޭ ހިޔާނާތެއް ކަމުގައި ދެކޭ ކަމަށް އަދާލަތު ޕާޓީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އަޙްމަދް

    ސީޔާސީ ބާރުތަކާޢީ ނުފޫޒުގެ ބޭނުމުގެ ދަހިވެތިކަމުގައި
    ވެރިކަމުގެ ދަހިވެތިކަމުގައި
    ވެރިންގެ އަތުގައިވާ ތަނަވަސް ކަން އަތުލައިގަތުމުގެ ދަހިވެތިކަމުގައި އިސްލަމް ދީނުގެ މަފްހޫމްތަށް މީސްތަކުންނަށް އޮޅުވައިލުމުގައި ޢްދާލަތޭ ކިޔާ މިބައިގަނޑަށް ވުރެ ކުރީގައި އުޅެ އެހެން ދެވަނަ ބަޔަކު
    މިދިވެހި ރާއްޖޭގައި އެބަ އުޅޭތޯއެވ!؟

  2. ތުއްތަފާ

    ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ އަގުވައްޓާލައި ދިވެހިންގެ އަގީދާ ބަލިކަށި ކުރުވި ބަޔަކީ އަދާލަތު ޕާޓީގެ ކަރުން އަޑުނަގައި ސިޔާސީ މައިދާނަށް ދީން ވެއްދި ތިޔަ ޕާޓީ. އެމްޑީޕީ ކުދިން ހަނދާންވާނެ 23 ޑިސެމްބަރުވެސް. އަދި ފެބުރުއަރީ 7 ވެސް. ދޯ ކޮއްކޮމެންނޭ.

  3. ދެބަންދިހާރު

    ތިޔަ ބަޔާނުގަ ނެތް ޑިމޮކްރަސީ އަކީ ކުފުރުގެ އެއްޗެކޭ. ތިޔަ ބަޔާނުން ދޭހަވަނީ ޑިމޮކްރަސީ އަކީ އިސްލާމުންނަށް ވަރަށް ފައްކާ އެއްޗެކޭ. ތިވެސް ދީނީ މީހުން ދޯ ހަމަ.

  4. ާބޫސުފުޔާން

    ޢަޅުގަނޑު ގޮވާލަން އަދާލަތުގެ ހައިސިއްޔަތު ބަލާށޭމިހާރުތީއަހަރެމެންގަބޫލްކުރާޕާޓީއެއްނޫން

  5. ބާރީ ބާރީ

    ދީނާއި ޤައުމާއި ރައްޔިތުންގެ މަސްލަޙަތު އެއްފަރާތްކޮށް އަމިއްލަ އެދުމާއި ސިޔާސީ މަންފާއަށްޓަކައި ކަންތައްތައް ތިކުރަނީ ބަލަގަ ކަލޭމެންނޭ. މިގައުމުގަ ކޮންބައެއްތަ އުޅެނީ މިސަރުކާރު ކަމުނުގޮސްގެން ކަލޭމެން ލަދެއް ނުގަނޭތަ އަދާލަތު ކިޔާކައް އަހަރެމެން ނައް ގަބޫލު ކުރެވެނީ ތީ އަދާވަތު ކަމައް

  6. أحمد.

    މިއަދުގެ ސަރުކާރުން މުސްލިމުވެރިން ނަށް އަޑުއަހާ ކިޔަމަންވާން ޖެހޭނެކަން ރައްޔިތުންނަށް ނަސޭހަތްތެރިވެ ބަޔާން ކޮއްދީނުމުން ދީނުގެ މަފްހޫމްތައް އޮޅުވާލަނިއްޔޭ ބުނެ ވާހަކާ ދައްކާ މީހުންގެ ނުބައިކަމުގެ ބޮޑުކަމާއޭ!!!!އިސްލާމް ދީނުގައި މުސްލިމުވެރިޔާއަށް ކިޔަމަން ވާންޖޭހެނެކަން ބަޔާންކޮއްފައިވާ ބާބު މީސްތަކުން ނަށް އުނގަންނައި ނުދީ ފަސްއަޅާ ފޮރުވައިގެން ތިބި ދައްނަކަމަށް ދައުވާކުރާ މީހުންގެ ނުބައިކަމުގެ ބޮޑުކަމާއޭ!!!މިއަދު މިބައިމީހުންގެ ހިތްތަށް ކުދިކުދިވެއްޖެކަން ވަރަށް ރަނަގަޅަށް ހާމަވެއްޖެއެވެ.
    މުސްލިމު ވެރިޔާ އަށް އަޑުއަހާ ކިޔަމަން ވާންޖެހޭނެކަން ސަރުކާރުން އިތުރަށް ހާމކޮށް ރައްޔިތުން ނަށް މިމައްސަލަ އޮޅުން ފިލުވައިދީ އުނގައްނައި ދިނުމުގައި ޘާބިތުކާމާއިއެކު ކުރިއަށް ދިއުމުގެ ހެޔޮ ތައުފީޤ ﷲ މިންވަރުކޮއްދެވާށިއެވެأمين.

  7. ޕޮގުބާ

    އަދާލަތުޕާޓީއަކީ މުނާފިގުންގެ. އަދަދު 40 ހަމަކޮއްގެން އުފެއްދި ޕާޓީއެއް މިހާރުން މިހާރަށް އުވާލާ

  8. ސުމެއް

    މިހާރު ތިބުނާ އަދާލަތު ޕާޓީއަކީ އަލީ ޒާހިރު، ސިދާތާ އަދި އަނާރާ، ފުޓްނޯޓެއްގޮތުގަ ތިބެނީ ޝޭހު އިޔާޒު އަދި ޝޭހު އިލިޔާސް. ވަރަށް ސަލާމް

  9. ަސަރު

    ކޮބާތަ ތިޔަވިދާޅުވާ މަފްހޫމަކީ؟ ކަލޭމެން ބޭނުންވަނީ އަދިވެސް މިތާގައި ބަކަރި ހުއިހައްޕާ އަދި ކުޑަކުދިންނާ ކައިވެނިކޮށްގެން ޖަންގަލީތެރޭ އެކަހެރިކޮށް އުޅެންތަ؟ ގައުމުގެ މިދަނާޒުކު ދަނޑިވަޅުތަކުގައި އިރުރަށް ގައުމު ފަސާދަކުރަނިވި ވާހަކަތަށް ގެންނަން މަސައްކަތް ނުކުރޭ! ކަލޭމެން އިލްމުވެރިންގެ ނަމުގައި ތިބެ ދީނައްޓަކައި ކުރަނީ ކޮންކަމެއް؟ ދަންނަވަންތޯ؟ އެފްބީ އާއި ވައިބަ ގުރޫޕެއް ހިންގިޔަސް އެޔަކުން ނުފުދޭ.

  10. ގަން

    ލާދީނީ މީހުންގެ ނިވަލުގަ ތިބި ބަޔަކަށް ކޮން ދީނީވާހަކައެއް ދެއްކޭނީ. ކަލޭމެން ތީ ﷲ އަށް ބިރުވެތިވާ ބައެއްނޫން. ކަލޭމެންތީ އާޚިރަތް ވިއްކާ ދުނިޔޭގެ އެދުންތައް ގަނެގެން ތިބި ބައެއް

  11. ރެކިބެއްޔާ

    އާނ މުރްތައްދު އަންނި ޝަޙީދު އާއި ހާމިދު އަސްލަމް ގެ ފަހަތުގައި ތިބޭ ދެން މުނާފިޤު ބައިގަޑު

  12. މުހައްމާ

    ތީއަދާލަތުކިޔާ ސިޔާސީ ޕާޓީއެއް. ދީނީ ފަތުރާ ޖަމިއްޔާއެއްނުން