ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ކޮއްކޮގެ އަހްމަދު މުހައްމަދު ސޯލިހްގެ ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވަން ރައީސް ސޯލިހް ދުބާއީއަށް ފުރާވަޑައިގެންފިއެވެ.
"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ރައީސް ސޯލިހް ދުބާއީއަށް ފުރާވަޑައިގަތީ މިއަދުގެ ވަގުތެއްގައި އެމިރެޓްސްގެ ފްލައިޓެއްގައެވެ. އާއިލާގެ އިތުރު ބައެއް ބޭފުޅުން ވެސް މިއަދު ދުބާއީއަށް ވަޑައިގަންނަވާ ކަން އެނގިފައިވެއެވެ.
އަހްމަދު މުހައްމަދު (އަހްމަދުބެ) އަކީ ރައީސް ސޯލިހްގެ ހަގަށް އެ އާއިލާގައި ތިއްބެވި އަށް ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. ރައީސް ސޯލިހްގެ އާއިލާގައި އެއްބަނޑު އެއްބަފާ 12 ބޭފުޅުން ތިއްބަވައެވެ.
އުމުރުން 55 އަހަރުގެ އަހްމަދުބެ ދުބާއީގައި ނިޔާވީ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
އަހުމަދަކީ ލޯފަން ބޭފުޅެކެވެ. އޭނާގެ އިތުރަށް އެ އާއިލާގައި ލޯފަން އިތުރު ތިން ބޭފުޅުން ވެސް ތިއްބަވައެވެ.
ލޯފަން ހަތަރު ބޭފުޅުންގެ ތެރެއިން ތިން ބޭފުޅުންނަކީ ހާފިޒުންނެވެ.
އަހްމަދުބެ ވެސް ހާފިޒު ކަމުގެ ކޯސް ފުރިހަމަ ކުރެއްވުމަށް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް ދިމާވި ސިއްހީ މައްސަލައެއްގެ ސަބަބުން ކޯސް ފުރިހަމަ ނުކުރެއްވުނީ ކަމަށްވެއެވެ.
ރައީސް ސޯލިހްގެ ކޮއްކޮ އަވަހާރަވުމުން ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ރައީސް ސޯލިހަށާއި އެމަނިކުފާނުގެ އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.
އާންމު ރައްޔިތުންނަށް މޫނުބަލަންވެސް ނުދެވޭ.. މީ ވަރަށް ވާހަކަ
😇😇😇😇😇😇ﷲ ގެރަހިމަތުން އަމާންދަތުރަކައް އެދެން ރައީސް ސާލިހު އާއި އާއަލާއައް ކެތްތެރިކަންމިންވަރުކުރައްވާށި އާމީން