ކޮވިޑް-19 އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މަސައްކަތާ ނުގުޅޭ މައުލޫމާތު ސާފުކުރާ ކަމުގެ އެއްވެސް ޝަކުވާއެއް އެއްވެސް ފަރާތަކުން މިހާތަނަށް ހުށައަޅާފައިނުވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ކާފިއު ވަގުތުތުގައި މާލެ ތެރެ ބަލަހައްޓާ ފުލުހުން ބައެއް އަންހެނުންގެ ޒާތީ މައުލޫމާތު ހޯދާ ކަމަށް ބުނެ މީހަކު މީސް މިޑިއާގައި ކުރި ޕޯސްޓަކާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ ގްރޫޕުގައި ނޫސްވެރިއަކު ސުވާލުކުރުމުން މީޑިއާ އޮފިޝަލް ވިދާޅުވީ، އެފަދަ މައްސަލައެއް އަދި މިހާތަނަށް ހުށައެޅިފައިނުވާއިރު، އެކަހަލަ ކަމެއް ފެނިއްޖެނަމަ ހަމަޖެހިފައި އޮންނަ އުސޫލުގެ ތެރެއިން ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑަށް ނުވަތަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކޭ ކަމަށެވެ.

އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޕާމިޓް ވެރިފައި ކުރުމަށް ބައެއް ހާލަތްތަކުގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އަދި ޖޫރިމަނާ ކުރަން ޖެހިއްޖެ ހާލަތެއްގައި، އެކަން އެސްއެމްއެސް މެދުވެރިކޮށް އެ ފަރާތަކަށް އެންގުމަށް ފޯން ނަންބަރު އޮޅުން ފިލުވާނެކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކާފިއު ވަގުތު ކުރުކޮށް މިހާރު ކާފިއު ހިންގަމުން ދަނީ ހަވީރު 4:00 އިން ފަތިހު 4:00 އާހަމަަޔަށެވެ. އެހެން ގަޑިތަކުގައި ބޭރުގައި އުޅެވޭނީ ޕާމިޓް ހިފައިގެންނެވެ. އެ ޕާމިޓް ލިބެނީ ކޮންމެ ގެއަކުން ދެ މީހަކަށެވެ. އެ ޕާމިޓް ލިބެނީ ގެއަށް ބޭނުންވާ ޒަރޫރީ ތަކެތި ގަތުމަށެވެ.

މާލޭގައި އިއުލާން ކޮށްފައިވާ ކާފިއު ތަންފީޒު ކުރުމަށް ގިނަ އަދަދެއްގެ ފުލުހުންގެ އިތުރުން ސިފައިންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. ކާފިއުއާ ހިލާފުވެގެން ގިނަ އަދެއްގެ ބަޔަކު ވަނީ ޖޫރިމަނާވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަދުހަމް

    ތިހެންނެތް ބުނެވޭކަށް، ފޯނު ނަމްބަރު ހުއްދައަށް އަހާއިރު ހޯދުންވެސް ވާނީ ޒާތީ މައުލޫމާތު ކަމަށް. ސަބަބަކީ ހުއްދަ ދެވިދާނެ ކޮންމެ އައިޑީކާޑު ނަމްބަރަކަށް ސިސްޓަމުން އެއްފަހަރު. އައިޑީ ކާޑު ނަމްބަރަކީ ޔުނިކިޔު ކީ ކަމަށް ބާލާ ފިއްޔާ ސިސްޓަމުން ރިކުއެސްޓް ކުއެރީ ކުރާއިރު ފިލްޓާވާނެ، ދެފަރާތަކަށް އެއް އައިޑީކާޑެއްގައި ދެފާސްއެއް ޖެނެރޭޓް ނުކުރާނެ، ދެން ސުވާލަކީ އެހެން މީހެއްގެ އައިޑީކާޑު ނަމްބަރުގަ ފާސް ހައްދަފާނެ ނޫންހޭ؟ އެހެން އަމަލު ކުރާމީހުން އަސްލު އޮޅުވާލުމުގެ ދައުވާކުރެވިދާނެ، ވީހާވެސް މިނިމަމް މައުލޫމާތު ހޯދުން. އަދި ޑޭޓާބެސް އެންކިރިޕްޓް ކުރުން ބުއްދިވެރި. މާޒީގަ އެބަހުރި ޑާޓާވެސް ބޭނުން ކޮށްގެން ބައެއް މީހުން ވިޔަފާރިވެސް ކޮށްފަ.

  2. ސަޓޯ

    ބިޓެއް ނުވެގެން އުޅޭ އަންހެން ގޮލައެއް ކަންނޭނގެ.

  3. ކެކުރިފައި

    އަސްލު ފުލުހުންގެ ކަންތައް ވަރަށްބޮޑު. ޔުނީފޯމެއް އަޅައިގެން ދަންޏާ އޯކޭ..ނުވެސް ހުއްޓުވާ .ޔުނީފޯރމްގަ ހުއްޓަސްފުލުހުން ބަލަންޖެހޭނެ އޭނާގެ އޮފީސްކާޑު އޮތް އަދި އެއީ އޭނާގެއޮފީސްކާޑުތޯ؟ އެކަމު އެބަހުރި ދަރުބާރުގެ ކާޑު އަޅައިގެންދާ މީހުން ހުއްޓުވާ ވަރަށް ސުވާލުކޮށްފަ!