މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ނަރީޝް އިންތިޚާބުކޮށްފިއެވެ.

ޑެޕިއުޓީ މޭޔަރުގެ މަގާމަށް ވާދަކުރެއްވީ ނަރީޝްއާއި މައްޗަންގޯޅި ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ޒަމީރެވެ.

ޕީޕީއެމްގެ ކައުންސިލަރު ނަރީޝް އެ މަގާމަށް އިންތިޚާބުވީ 12 ކައުންސިލަރުންގެ ވޯޓުންނެވެ. އެމްޑީޕީގެ ކައުންސިލަރު އަހުމަދު ޒަމީރަށް ލިބިވަޑައިގަތީ ހަތް ކައުންސިލަރުންގެ ވޯޓެވެ.

މާލެ ސިޓި ކައުންސިލްގައި ތިއްބަވަނީ ޕީޕީއެމްގެ 13 ކައުންސިލަރުންނާއި އެމްޑީޕީގެ ހަ ކައުންސިލަރުންނެވެ. މި ހުރިހާ ކައުންސިލަރުން ވެސް މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެން ވޯޓު ދެއްވާފައިވެއެވެ.

އެނގިފައިވާ ގޮތުގައި ޕީޕީއެމްގެ ކައުންސިލަރަކު ވަނީ އެމްޑީޕީގެ ކައުންސިލަރު ޒަމީރަށް ވޯޓު ދެއްވައިފައެވެ. އެކަމަކު ސިއްރު ވޯޓަކަށް ވާތީ އެއީ ކޮން ކައުންސިލަރެއް ކަމެއް އަދި ނޭނގެއެވެ.

ޕީޕީއެމުން ވަނީ އެ ޕާޓީގެ ފަރާތުން ޑެޕިއުޓީ މޭޔަރުގެ މަގާމަށް ވާދަކުރައްވާ ކައުންސިލަރަށް އެ ޕާޓީގެ އެހެން ކައުންސިލަރުން ވޯޓު ދެއްވަން ޖެހޭ ގޮތަށް ތްރީ ލައިން ވިޕެއް ވެސް ނެރެފައެވެ.

ޕީޕީއެމުން ޑެޕިއުޓީ މޭޔަރު ކަމަށް ވާދަކުރައްވާނެ ކައުންސިލަރަކު ކަނޑައެޅުމަށް އިއްޔެ އެ ޕާޓީގެ ކައުންސިލަރުން ބޭއްވި ބައްދަލުވުމުގައި ތިން ކައުންސިލަރަކު ކުރިމަތިލެއްވިއެވެ.

އެއީ ނަރީޝްގެ އިތުރުން ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއުއާއި، ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީއެވެ.

ނަރީޝްގެ ނަން ފާސްވީ ފަސް ކައުންސިލަރުންގެ ވޯޓުންނެވެ. ޝުޖާއަށް ހަތަރު ވޯޓު އަދި ނަހުލާއަށް ވެސް ހަތަރު ވޯޓު ލިބިވަޑައިގަތެވެ.

އެނގިފައިވާ ގޮތުގައި ނަރީޝްއަށް އިތުރުވި ވޯޓަކީ ނަތީޖާ ހަމަހަމަވުމުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދެއްވި ވޯޓެކެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން މޭޔަރުން އިންތިޚާބު ކުރީ އެ ސިޓީއެއްގެ ސީދާ ރައްޔިތުންގެ ވޯޓުންނެވެ. އެކަމަކު ޑެޕިއުޓީ މޭޔަރުން އިންތިޚާބު ކުރަން އޮތީ ކުރިން ވެސް އޮތް ގޮތަށް ސިޓީގެ ކައުންސިލަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޢަހް

    ތިޥާނީ ނަހްލާކަމަށް ނަޜީށް އަށް ވޯޓްނުލީ

    12
    2
  2. Anonymous

    މަރްޙަބާ ނަރީޝް.
    ވ. ހިތްވަރު ގަދަ އެތައް ޤުރްބާނެއް ވެވިފައި.
    އަދިވެސް ކުރިއަށް. ﷲ ބަރަކާތް ލައްވާށި އާމީން.
    އެކުވެރިކަމާއި އެއްބައިވަންތަކަމާއި އެކު އެންމެން ގުޅިގެން. ފަނިހަދާ މީހުންނަށް ފުރުޞަތު ނުދެއްވާ.
    ބައިބައި ނުވޭ. މަޤާމާއި ނުހިފާ. ޤައުމުގެ ޙާލަތަށް ވިސްނާ ނުހޮވޭ ކުދިންވެސް.

    30
    1
  3. މަހަށްދޭބަލަ

    ކޮބާ ތަމެންގެ ވެރިކަމުގައި ތަމެން އަތުން މާލެ ސިޓީ ކައުންސިލްގެ އެންމެ ބާރުގަދަ ދެ ގޮނޑި ގެއްލުނީއޭ ހުންނާނެ މިހާރު ތަމެންނަށް ރަނގަޅަށް ރާކަނި މަސްކެވިފައޭ މަމެން ބުނަން ނެތީމޭ އަދިވެސް ތަމެން ދުވޭ ރާއްޖެތެރޭ ރަށްރަށުގެ ހޮޅުއަށި ތަކުގައި ތިބޭ މީހުން ދައްކާ ޒާތުގެ މީހުންގެ މަސްކެއުމުގެ ވާހަކަ ދައްކަމުން ތަމެން ރަށުތެރޭގައި ދުވޭތޯ ބަލާތި އިނގޭތޭ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ...

    17
    1
  4. ދޯ

    ތި ވާނީ ނަހުލާއަށް. އަންހެންވެރިން ނިކަން މޮޅުވާނެ ތިކަހަލަ ސިއްރު ވޯޓުތަކަށް.

    10
  5. އިލްތިމާސް

    ޕީޕީއެމްގެ ކައުންސިލަރުންނާއި އާންމު މެންބަރުން ވެސް އެއްގަލަކަށް އަރުއްވައި މި ދަނޑިވަޅުގައި ގައުމުގެ މަސްލަހަތު އިސްކުރައްވަން ސަމާލުކަން ދެއްވަން އިލްތިމާސްކުރަން. ޕީޕީއެމް ބައިބައިކޮށް ޕާޓީގެ އެތެރޭގެ މަސްލަހަތު ނަގާލެވޭތޯ ކުރެވެންހުރި ހުރިހާ ކަމެއް ވާދަވެރި ފަރާތްތަކުން ކުރަމުން ގެންދާނެކަމީ ޔަގީންކަމެއް.

    17
  6. ލަތީފު

    ހިތާމަހުރި ކަމެއް ގާބިލް މީހުން ބޭރު ކޮށްފަ އެއްވެސް ތަޖުރިބާއެއް ތައުލީމެއް ނެތް މީހަކަށް ޑެޕިއުޓީ މޭޔަރު ކަން ދިނުން ޔާމީންގެ ބާރު ބޭނުން ކޮށްގެން ކުރި ކަމެއް ޔާމިން ފުރުސަތެއް ނުދޭނެ ތައުލީމީ ގާބިލް މީހަކަށް!

    7
    25
    • Anonymous

      އަޑު ގަދަ މީހާގެ ……

    • ތާޖު

      ނަހުލާ ދޯ މި އަމިއްލައަށް ކޮމެންޓު ކުރަނީ. ނަހުލާ އަކީ އަބަދުވެސް ސަމާލުކަން ހޯދަށް މާ ތަޢުލީމީ ޤާބިލު މީހެކޭ އަމިއްލަޔަށް ކިޔާ މީހެއް. އެއްބައި ފަހަރު ހީވޭ މީނާ އެކަނިހެން މި ޤައުމުގަ ހުރި ތަޢުލީމީ ޤާބިލު މީހަކީ. ޚަޤީޤަތަކީ ކިތައްމެ ތަޢުލީމީ ޤާބިލު ވިޔަސް ތިޔަ ނަހުލާ އުޅެނީ އަބަދުވެސް ކޮންމެވެސް ސިޔާސީ މީހެއްގެ ފައިބުޑުންކަން.

  7. އަހްމަދު

    މަރުހަބާ ނަރީޝް ތިމަގާމުގައި ހުންނަވައިގެންރައްޔިތުންނަށް އިޚްލާސްތެރިކަމާއެކު ޚިދުމަތްކޮށްދެއްވާނެކަމަށް ޔަގީންކުރަން

    17
    2
  8. އާކާޝް

    އެއީ ވަރަށްބޮޑު ފަންޏެއް ޕީޕީއެމް ގައި އަޅާފައި އެއޮތީ ވަރަށް ބޮޑަށް. ޕާޓީ ގައި ފިތުނަ އުފެއްދުމަށް މަސައްކަތް ކުރާނެ، ވިޕްލައިނާ ޚިލާފު ވިފަރާތަށް ފިޔަވަޅު އަޅުއްވާ. ކާކުކަން ޕާޓީ އަށް އެނގޭ މިހާރު ޚިލާފުވި

  9. ހަވީ

    ސުޖާ ބައެެއް ކައުންސިލަރުންނަށް ވޯޓު ބަދަލު ކުރަން ގުޅި ކަމަށްވޭ

  10. ފާތި

    ޑރ.މުއިއްޒު އާއި ގުޅިގެން މާލެ ސާފުތާހިރު ތަނަކަށް ހައްދަވާ ރައްޔިތުންނަށް ފައިދާ ހުރި ގިނަ ކަންތައް ތަކެއް ކުރައްވާ ނަމޫނާ ދައްކަވާ ދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީން ކަން އެބައޮތް. ނަތީޖާ ނެރެދެއްވެވޭ ފަދަ ކެރޭ ހީވާގި ޤާބިލް ޓީމަކަށް ރައްޔިތުން މިފަހަރު މިއޮތީ ފުރުސަތު ދެއްވައިފަ. ރައްޔިތުން ތިޔަ ޕާރޓީ އަށް ދެއްވި އިތުބާރަށް ހުރުމަތްތެރިކޮށް ހިއްތަވާ މިދިޔަ އަހަރު ތަކުގަ ނުކުރެވި ހުރި ގިނަ ކަންތައް ތަކެއްކައިރި މުސްތަޤްބަލެއްގަ އިންޝާﷲ ފެންނާނެ.