އޭނާއަށާއި ދޮށީ ދަރިފުޅު މުހައްމަދު ޖިދާދު އަހުމަދަށް އެކި ކަހަލަ އިންޒާރުތައް ލިބެމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި މަޖިލިހުގެ އިޖުތިމާއީ ކޮމިޓީގެ ނައިބު މުގައްރިރު ކަން ކުރެއްވި އަހުމަދު އީސާ ވިދާލުވެއްޖެއެވެ.

އީސަ އެގޮތަށް ވިދާޅުވީ މިއަދު ކުރިޔަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ދައުލަތުގެ ތިން ބާރުގެ ވެރިންނަށް ގެކޮޅު ހަމަޖެއްސުމާ ގުޅޭ ގޮތުން މަޖިލީހަށް ހުށައެޅިފައިވާ ބިލުގެ ބަހުސްގައި އީސަ ވިދާޅުވީ، ރާއްޖޭގެ ހާލަތު އޮތް ގޮތަށް ބަލާ އިރު ދައުލަތުގެ އިސް ވެރިންނަށް ރައްކާތެރިކަން ފޯރުކޮށް ދިނުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ. މިހާރުވެސް އެކަން މާ ލަސްވެއްޖެ ކަމަށް ވިދާޅުވިއެވެ.

މީގެ ކުރިން އިންޒާރެއް ލިބުމުން އެއީ ހަމައެކަނި ރުޅި އައިސްގެން ބުނާ އެއްޗެއް ކަމަށް ބެލިޔަސް މިހާރު ލިބޭ އިންޒާރަކީ ގެއްލުމެއް ދީފާނެ ކަމެއް ގޮތުގައި ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެފަދަ އިންޒާރުތަކެއް ލިބެމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"މިއަދު ވެސް އަޅުގަނޑަށް ވެސް އިންޒާރު ލިބެމުން އަންނަނީ. އަޅުގަނޑުގެ ދޮށީ ދަރިފުޅަށްވެސް އިންޒާރު ލިބެމުން އަންނަނީ" އީސަ ވިދާޅުވިއެވެ.

އިސަ ވިދާޅުވީ ގޮތަށް ރައްކާތެރިކަން ދޭން ފަށައިގަންނަން ޖެހޭނީ ތިން ބާރުގެ ވެރިންނާއި މަޖިލީހުގެ މެންބަރުންގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ވެރިންނާ ހަމައިންނެވެ.

ލިބެމުން އަންނަނީ ކޮން ކަހަލަ އިންޒާރުތަކެއް ކަމެއް އީސަ ވިދާޅެއް ނުވެއެވެ. އަދި އެ މައްސަލަ ފުލަހަށް ހުށައެޅި ކަމެއް ނުވަތަ ނޫން ކަމެއްވެސް ވިދާޅެއް ނުވެއެވެ.

މިއަދުގެ ޖަލްސާގައި އީސަ ބައިވެރިވެވަޑައިގެންފައިވާއިރު، އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް ގެވެށި އަނިޔާ ދިން ކަމުގެ ދައުވާ އީސަގެ މައްޗަށް އުފުލާ ޝަރީއަތް ފަށަށް ކްރިމިނަލް ކޯޓުގައި އޮތީ ތާވަލުކޮށްފައެވެ. ޝަރީއަތް ކެންސަލްކުރީ މައްސަލަ ބައްލަވަ ގާޒީ ސަލާމްގައި ހުންނެވުމުންނެވެ.

އީސަގެ ދޮށީ ދަރިފުޅަށް އިންޒާރު ލިބެމުން އަންނަ ކަމަށް ވިދާޅުވެފައިވާ އިރު، ބޭރުގައި ކިޔަވަން އުޅުއްވުމަށް ފަހު ޖިދާދް ރާއްޖެ ވަޑައިގެން ދިރިއުޅުއްވަމުން ގެންދަވަނީ އީސައާ އަސްރާއާ އެއް އެޕާޓްމެންޓެއްގައެވެ.

އީސަގެ ގެވެށި އަނިޔާގެ މައްސަލަ ފެންމަތިވުމުން ޖިދާދު ވަނީ ބައްޕަގެ ދިފާއުގައި މީސް މިޑީއާގައި ވާހަކަ ދައްކަވައިފައެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އީސަ އަކީ އެއްވެސް މިހާކަށް އަނިޔާކުރާނެ މީހެއް ނޫނެވެ. އަދި އެއްވެސް ދަރިއަކަށްވެސް އީސަގެ ފަރާތުން އަނިޔާއެއް ލިބިފައިނުވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އީސަގެ މައްޗަށް އުފުލާފައި ވަނީ ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ (ހ)ގެ އެއްވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދެވަނަ ނަންބަރުގެ ދަށުން އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ.

މިކުށުގެ އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށްލުން ނުވަތަ ޖޫރިމަނާކުރުމެވެ.

އީސަގެ މައްޗަށް ގެވެށި އަނިޔާ ކުރުމުގެ ތުހުމަތުކޮށް ފުލުހަށް މައްސަލަ ހުށަހެޅީ އަވަށްޓެރިއެކެވެ. އެންމެ ފުރަތަމަ އަސްރާ ވެސް ފުލުހަށް ހާޒިރުވެވަޑައިގެން އީސައާ ދެކޮޅަށް ބަޔާން ދިނެވެ.

އީސަގެ މައްޗަށް ކުރާ ތުހުމަތުގެ ތަހުގީގު ނިންމައި، ދައުވާ ކުރުމަށް ފުލުހުން ޕީޖީ އޮފީހަށް ފޮނުވީ މި މަހުގެ ފުރަތަމަ ދުވަހުއެވެ. އަދި އީސައަށް ދައުވާ ކުރަން ނިންމައި ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅީ މި މަހުގެ ތިންވަނަ ދުވަހެވެ.

އެކަމަކު އަސްރާ ފަހުން ވަނީ މައްސަލަ ކުރިއަށް ނުގެންދަން އެދިވަޑައިގެންފައެވެ. މި ގޮތަށް އެދި ޕީޖީ އޮފީހަށާއި ފުލުހަށް ވެސް އަސްރާ ވަނީ ސިޓީއެއް ފޮނުއްވައިފައެވެ.

ޕީޖީއަށް ފޮނުވި ސިޓީގައި އަސްރާ ވިދާޅުވެފައިވަނީ އީސައާ ދެކޮޅަށް ގެވެށި އަނިޔާގެ މައްސަލައެއް ހުށަހެޅީ ހިލޭ އަންހެނަކާ ގާތް ގުޅުމެއް ބާއްވާކަމަށް ތުހުމަތުކުރެވިގެން އެކަމާ މެދު އުފެދުނު ދެބަސްވުމެއްގައި ކަމަށެވެ. މި ކަމުގައި ފުލުސް އޮފީހަށް ގޮސް ބަޔާން ދިނީ ޖަޒުބާތުގައި ކަމަށް ވެސް އަސްރާ ވަނީ ވިދާޅުވެފައެވެ.

ޕްރޮސިކުއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ އަނިޔާ ލިބުނު ފަރާތުން މި މައްސަލަ ނަގަން އެދުނަސް އެ ކަން އެގޮތަށް ނުކުރައްވާނެ ކަމަށެވެ.

މި ފަދަ މައްސަލަތަކަކީ ޕީޖީއަށް އާ މައްސަލަތަކެއް ނޫން ކަން ފާހަގަކުރައްވަމުން ޝަމީމް ވިދާޅުވީ އަނިޔާ ލިބުނު ފަރާތް ހިމާޔަތް ކުރުމަށް މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންގޮސް މި މައްސަލަ ދައުލަތަށް ކާމިޔާބުވާނެ ކަމުގައި ގަބޫލުކުރައްވާ ކަމަށެވެ.

މި ތުހުމަތުތައް އަމާޒުވިއިރު މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގެ މުގައްރިރު ކަމުގައި ހުންނެވި އީސަ ވަނީ އެ ކޮމިޓީގެ މުގައްރިރު ކަމުން އިސްތިއުފާ ދެއްވައިފައެވެ.

މި ތުހުމަތުތަށް އީސަ އިންކާރު ކުރައްވައެވެ. އޭނާ ވިދާޅުވެފައިވަނީ ގާނޫނާ ޚިލާފު އެއްވެސް ކަމެއް ނުކުރައްވާ ކަމަށެވެ. ތަހުގީގަށް އެއްބާރުލުން ދެއްވާނެ ކަމަށް އޭނާ ވިދާޅުވެއެވެ. އަދި ސިޔާސީ ބޭފުޅުންނަށް ތަފާތު ތުހުމަތުތައް އަމާޒުވާ ކަމަށާއި އޭނާއަށް ވެސް އެ ފަދަ ތުހުމަތުތައް އަމާޒުވެގެން އަންނާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. އެލެކުސް

  އަވަހަށް ގެއެެއްދީ ނޫނީ ފުލެޓެެއް. މިގުރޫޕް ވަކި ރަށެއްގަ ގެެންގުޅެންވީ ސަރުކާރު ބަދަލުވަންދެން.

 2. ލލ

  އާސޫ ޖަޒުބާތުގައި މައްސަލަ ހިސާން ޖަޒުބާތުގައި ބިލް ، މިކުދިން ޖަޒުބާތުގައި ޖަޒުބާތުގައި !

  15
 3. މިތުރާ

  ދެން އާންމު ރައްޔިތުންނޯ! އެއީވެސް ރައްކާތެރިކަން ހައްގުވާބައެއް. މަތީފަޅީގަ ތިބޭމީހުން ރަޖާގަނޑު ތެރެއައް ވައްދަންވީ! އާދައިގެ މީހުން ސަންތުމަރިޔަބު ގެންދިޔަސް ހެޔޮދޯ!މަގުމަތީގަ އުޅޭ ބުރޯމެންނައްވެސް ބޯކޮއް އާދޭ.

 4. ހަސަންބެ

  އީސަ އަޅެ ކުޑައިރު ރަށުގަ (ނ. ތޮޅެންދޫގައި) ދޮންމަންމަ ކަރިރީގައި އުޅުނު ހަދާން ކޮށްލާބަލަ، ލަދުން ބޮ ހަލާކު

 5. ޚަލީލް

  ތިޔަ އީސައޭ ކިޔާ މީހާގެ ދަރިފުޅަށް މުހައްމަދު ޖިދާދު އަހުމަދުގެ ބަދަލުގައި މުހައްމަދު ޖިދާދު އީސާ ނުކީ ކީއްވެބާ؟ ބަލަ ކެނދިކުޅުދޫ ދާއިރާގެ މެންބަރުގެ ނަމަކީ އީސައެއް ނޫނޭ. އީސާ އަކީ އޭނާގެ ބައްޕަގެ ނަން. އޭނާއަށް ކިޔަނީ އަހުމަދު. ރާއްޖޭގައި ނަން ކިޔާ އުޅޭ އުސޫލުން ބައްޕަގެ ނަން، މީހާގެ ނަމުގެ ފަހަތަށް ގުޅުވީމާ އޭނާއަށް ކިޔަނީ އަހުމަދު އީސާ. އޭނާއަށް އަހުމަދު ކިޔާތީ އޭނާގެ ދަރިފުޅުގެ ނަމުގެ ފަހަތުގައި އަހުމަދު އެއޮތީ.

 6. Anonymous

  އާސޫމެން އަނެއްކާ ޖަޒްބާތު ކުކުޅު މާގިނައިން ފަރިއްކުޅުއްވަނީބާ

 7. ޢާންސޫފާ

  ތިމާމެންނަށް އުޅެވޭގޮތެއް ނޭގޭ….

 8. ޙހހ

  ޥަކިފަރުދުން ގެއްލި ވީނުވީއެއް ނޭގިވެއްޖެ. އެންމެނިކަމެތިމީހާޔަށް އެންމެފުރަތަމަ ރައްކާތެރިކަން ދެމާތޯ؟

 9. ޢިއްތިހާދު

  މިއެއްމެނައް ސިކުރިޓީއާ ގެކޮޅާ ހަމަޖައްސަން ބިން މަދުވާނެ އަދި އުޅަނދާ ސިކުރިޓީން ގެއްނަން ޖެހެނީ ބޭރުގައުމުތަކުން މިހާރު އާބާދީއައް ބަލާއިރު އީސަގެހިޔާލައްބަލާއިރު މިހާރުވެސް މިއުޅެނީ އެކިދާއިރާތަކުން މީހުންނުލިބިގެން އިންޑިއާއިން ގެއްނަހިސާބުގަ މިވަރުންދާނަމަ ރާއްޖެއަށްލިބޭ އާމްދަނީހުސްވާނީ ހަކުރާގެއައް ހަރަދުކޮށް .