މާލެ ސިޓީ ކައުންސިލް މެމްބަރުންގެ ތެރެއިން ޑެޕިއުޓީ މޭޔަރެއް ހޮވުމަށް ނެނގި ވޯޓުގައި ބައިވެރިވި ޕީޕީއެމް މެމްބަރަކު އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓްދެއްވައިފިއެވެ.

މާލެ ސިޓި ކައުންސިލްގައި ތިއްބަވަނީ ޕީޕީއެމްގެ 13 ކައުންސިލަރުންނާއި އެމްޑީޕީގެ ހަ ކައުންސިލަރުންނެވެ. އެއީ ދާދިފަހުން އެޕާޓީއާއި ގުޅިވަޑައިގަތް ޖުމްހޫރީ ޕާޓީގެ ކައުންސިލަރު، އާމިނަތު ޔުމްނާއާއި އެކުއެވެ.

ޑެޕިއުޓީ މޭޔަރެއް ހޮވުމަށް ނެގުނު ސިއްރު ވޯޓުން ޕީޕީއެމްގެ ކައުންސިލަރު އަހްމަދު ނަރީޝް އެ މަގާމަށް އިންތިޚާބުވީ 12 މެމްބަރެއްގެ ވޯޓާއި އެކުއެވެ. ޒަމީރަށް ލިބިވަޑައިގަތީ ހަތް ކައުންސިލަރެއްގެ ވޯޓުއެވެ.

ޒަމީރަށް ވޯޓު ދެއްވި ޕީޕީއެމްގެ މެމްބަރަކީ ކޮން ބޭފުޅެއްކަން އަދި އެނގިފައެއް ނުވެއެވެ. އެއީ ސިއްރު ވޯޓަކަށް ވުމުންނެވެ.

ޕީޕީއެމުން ވަނީ އެ ޕާޓީގެ ފަރާތުން ޑެޕިއުޓީ މޭޔަރުގެ މަގާމަށް ވާދަކުރައްވާ ކައުންސިލަރަށް އެ ޕާޓީގެ އެހެން ކައުންސިލަރުން ވޯޓު ދެއްވަން ޖެހޭ ގޮތަށް ތްރީލައިން ވިޕެއް ވެސް ނެރެފައެވެ.

ޕީޕީއެމުން ޑެޕިއުޓީ މޭޔަރު ކަމަށް ވާދަކުރައްވާނެ ކައުންސިލަރަކު ކަނޑައެޅުމަށް އިއްޔެ އެ ޕާޓީގެ ކައުންސިލަރުން ބޭއްވި ބައްދަލުވުމުގައި ތިން ކައުންސިލަރަކު ކުރިމަތިލެއްވިއެވެ.

އެއީ ނަރީޝްގެ އިތުރުން ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއުއާއި، ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީއެވެ.

މި ވޯޓުގައި އެ މަގާމަށް ކުރިމަތިލެއްވި ތިން ކެންޑިޑޭޓުންގެ ވޯޓު ވެސް ވަނީ އެއްވަރުވެފައެވެ. ކޮންމެ ކެންޑިޑޭޓަކަށް ވެސް ހަތަރު ވޯޓު ލިބިވަޑައިގަތުމާ ގުޅިގެންމާލޭގެ މޭޔަރު، އަދި ރިޔާސަތުގައި އިންނެވި ޑރ. މުހައްމަދު މުއިއްޒު ވޯޓުދެއްވިއެވެ. މުއިއްޒު ވޯޓު ދެއްވީ ނަރީޝަށެވެ.

"ވަގުތު" އަށް އެނގިފައިވާ ނަރީޝްއަށް ވޯޓު ހޯދުމަށް ޕާޓީގެ ލީޑަރު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ލޮބީ ކުރައްވާފައިވެއެވެ. އެމަނިކުފާނުގެ ތާއީދު ނަރީޝަށް އޮތްކަން އަނެއް ދެކެންޑިޑޭޓުންނަށް އެންގި ކަމަށްވެއެވެ. މިކަމާ ހިތް ނުތަނަވަސްވެ ޕާޓީ މެމްބަރުންގެ މެދުގައި ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކޮށް، ޕާޓީގެ އެތެރޭގެ މަޝްރަހު ވަރަށް ބޮޑަށް ހޫނުވިއެވެ.

ނަން ނުޖަހާ ގޮތަށް "ވަގުތު" އާއި ވާހަކަދެއްކެވި ޕީޕީއެމްގެ ބައެއް މެމްބަރުން "ވަގުތު" ފާޅުކޮށްފައިވާ އެންމެ ބޮޑު އެއް ހިތްހަމަނުޖެހުމަކީ ރައީސް ޔާމީނަށް އެމަނިކުފާނުގެ ހަގީގީ ސަޕޯޓަރުން އެނގިވަޑައިނުގަންނަވާ ކަމުގެ ޝަކުވާއެވެ. އަދި އެމަނިކުފާނަށް ވަފާތެރި މީހުން ދުރުކުރައްވައި، ވަކި ބަޔަކަށް އިސްކަންދެއްވަމުން ގެންދަވާ ކަމުގެ ޝަކުވާ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކޮވިޑް

    ކޮބާ މައްސަލަ އަކީ؟ ވޯޓަކީ އަމިއްލަ ހައްގެއް.

    15
    3
  2. މަހޭ

    އެއްވެސް އިރެއްގައި އިޚްލާސްތެރި މީހުންގެ އަގު ވަޒަން ކުރި މީހެއްނޫން ޔާމީނަކީ. ތިމާ ބޭނުން ގޮތަކަށް ދުނިޔެވެސް އެނބުރެންޖެހޭނީ. ފޫހިވެއްޖެ ޕާޓީ ދެކެވެސް.

    12
    20
    • دستور

      ފޫހިވާނެކަމެއްނެތް އެމްޑީޕީއަށް ސޮއިކޮއްލާށެވެ. އޭގެ ފަހަތުން އަންނި 2023 ޕްރޮމޯޓްކުރުމަށްޓަކައި ދޮރުންދޮރައް ހިގަންފަށާށެވެ. މަހޭއަކީ އަބަދުވެސް އިޚްލާސްތެރި މީހެއްކަން އެގިއްޖެއެވެ. ދެންވެން އެހެންމީހުންގެ އަބުރާނުބެހި އަމިއްލަ ކަމާއިގެން އުޅުނިއްޏާ ރަގަޅުވާނެއެވެ.

    • ާއަލީ

      ރ.ޔާމީނު ލާދީނީއެއްނުވާނެ

  3. ޙސހސ

    ތިވާނީ ނަހުލާޔަށް.

    7
    1
  4. ޙަސަނު

    ނަހުލާ ވޯޓްދިނީ ވަރައްސާފު

    1
    1