ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރު ކުރެވިފައި ނުވާތީ އެ މީހާ ހޯދަން ފުލުހުން، އާއްމުންގެ އެހީއަށް އެދިއްޖެއެވެ.

ވައްކަމުގެ މައްސަލާގައ ހޯދަމުން ދަނީ ތ. ކިނބިދޫ / ނޫވިލާގެ، ޢަބްދުލްމާނިއު މުހައްމަދު (34އ) އެވެ.

އޭނާ ހާޒިރުކުރަނީ ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް ސުވާލުކުރަން ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މިހާ ހާޒިރުވާން ޖެހެނީ ތ. ކިނިބިދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިހުރި ޕޮލިސް ސްޓޭޝަނަކަށް، މި މަހުގެ 28 ވަނަ ދުވަހުގެ 10:00 އަށެވެ.

ފުލުހުން ބުނީ އޭނާ ހޯދަން އިއުލާންކުރީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. UH

    ތީ މިތާ ކަންމަތީގަ އުޅޭ ސޮރެއް! މަށަށް ގުޅާބަ!

    3
    1
  2. ނަބީޙް

    މިއަދު ދިވެހިރާއްޖޭގާ ތިޔަގޮތަށް ވައްކަން ކުރާ މީހަކު ހޯދުމެކޭ ނުހޯދުމެކޭ ތަފާތެއް އޮތް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. އެއީ ކީއްވެތޯ؟
    ﷲ އަންގަވަނީ ކަލޭމެން ވައްކަންކުރާ މީހާގެ އަތް ކަނޑާށޭ. އަހަރުމެން މިހަދާ ގޮތަކީ ޖަލަށް ލީމާ ކަމުދާނެޔޭ. ﷲ އަންގަވަނީ ކަލޭމެން މަރަށް މަރު ހިފާށޭ. އަހަރުމެން މިހަދާ ގޮތަކީ އުހޫނ އެހެން ނުވާނެޔޭ އަރުވާލީމާ ކަމުދާނެޔޭ. ދެން ކޮބާތޯ އާޔަތް ބާވާލެއްވުމުގެ ފައިދާ.
    މި މައްސަލަ މީ މައްސަލަޔަކީ. ﷲ ގެ ޝަރީޢަތް މިތާ ތަންފީޒު ނުކުރުން. ތަންފީޒު ކުރަން ތިބި މީހުން ވެސް އެކަލާނގެ ހަރާމްކުރެއްވި އެއްޗެހި ހަލާލުކޮށް ހަލާލު ކުރެއްވި އެއްޗެހި ހަރާމްކޮށް ﷲ ގެ އަމުރު އުވާލާ އަނެއް އަމުރަށް ކިޔަމަންވެ ތިމާމެން އަމިއްލަޔަށް ހަދާ ޤާނޫނުތަކާ ޙުކުމްތަކަށް ތަބާވެގެން ދަނީ.
    ވައްކަންވެސް މީހުންމެރުންވެސް އަދި އެހެން ޖަރީމަޔެއް
    ސާބިތުވިޔަސް މޮޅުމީހާގެ ޙުކުމަކީ އޭނަޔަށް ވަގުވަގުން ވާތްފަރާތުން ވެރިޔާ ކައިރިޔަށް ގޮސް ކަން ނިންމާލެވެނީ. ނިކަމެތި މީހާޔަށް ވައްކަމުގެ ޙުކުމް ސާބިތުވިޔަސް ﷲ ގެ އަމުރެއް ނޫން ހިނގަނީޔަކީއެއް. ﷲ ގެ ޤާނޫނުގެ ކުރިމަތީގާ މޮޅު މީހެކޭ ދެރަމީހެކޭ ވާނީ އެއްވަރު.
    ޚުލާސާޔަކީ ވައްކަންކުރި މީހާ ނުހޯދާށެކޭ ނޫން. އެކަމަކު ދިވެހި ދަރިޔެއްގެ ހައިސިއްޔަތުން ދިވެހި ޤައުމުގާ ކަން އޮތް ގޮތް މި ބަޔާން ކޮއްލަދިނީ.

    11
  3. ބޮޑުވަޒީރު

    ކޮބާތަ؟ އެންމެންގެ ޕީއާރުސީ ގެ ލާރި ގަނޑު ކޭ ހުރިހާ މީހުން ވެސް އަދިވެސް ނުހޯދ ޭ . އެމީހުން ހޯދައި ރާއްޖެ ގެނެސް ބަލަ

  4. މުޖޭ

    ވަަައްކަން ކުރާ މިހުނ ގެ ޑިއުޓީ ބަހާނީ ހަމަ ހީވަނީ ފުލުހުއްނެވެއެ.