ސަރުކާރަށް ފާޑު ކިޔައިގެން އެމްޕީއެލްގެ ދަށުން ހިންގަމުން އަންނަ އެސްޓީއެލްގެ ވަޒީފާއިން ވަކި ކުރި އިސްމާއިލް ރަޝީދުގެ ވަޒީފާ އަލުން އިއާދަ ކުރުމަށް ފޭދޫ މަގުއްދޫ ދާއިރާގެ ކައުންސިލަރ އާމިނަތު ސަލްމާ ވެސް ގޮވާލައިފިއެވެ.

އެސްޓީއެލްގެ ސުޕަވައިޒަރެއްގެ މަގާމު އަދާ ކުރަމުން އަންނަ އިއްސެ ވަޒީފާއިން ވަކި ކޮށްފައިވަނީ އެތަނުގެ ކޯޑް އޮފް ކޮންޑަކްޓާއި ހިލާފުވެގެން ކަމަށް ބުނެ ފޯނު ކޯލަކުންނެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ސަރުކާރާއި، ސަރުކާރުގެ އިސް ބޭފުޅުންނާއި ދެކޮޅަށް ޝުއޫރު ފާޅުކުރާތީ ކަމަށް ބުނެއެވެ.

އިއްސެ ވަޒީފާއިން ވަކި ކުރުމާއި ގުޅިގެން އެސިޓީގެ މޭޔަރު ނިޒާރުގެ އިތުރުން ފޭދޫ މާދެލެ ދާއިރާގެ ކައުންސިލަރ މުހައްމަދު ފައިސަލް ވެސް ވަނީ އެކަން ކުށްވެރިކޮށްފައެވެ.

އެކަމާއި ގުޅިގެން ސަލްމާ ވިދާޅުވީ، މިހާލަތުގައި އައްޑޫގެ އެއްވެސް ރައްޔިތަކު ވަޒީފާއިން ވަކިކުރުން ބަލައެއް ނުގަނެވޭނެ މިއީ ރައްޔިތުން އެންމެ އެހީތެރިކަން ބޭނުންވި ވަގުތު ކަމަށެވެ.

"އެހެން ކަމުން އެސްޓީއެލްގެ މުއައްޒަފް އިސްމާއިލް ރަޝީދުގެ ވަޒީފާއިން ވަކިކުރުން އަލުން މުރާޖާކޮށް އެ ވަޒީފާ އިޔާދަ ކުރުމަށް ގޮވާލަން" ސަލްމާ ވިދާޅުވިއެވެ.

ފޯނު ކޯލަކުން އިއްސެ ވަޒީފާއިން ވަކި ކުރުމުން ލިޔުން ލިބިދާނެތޯ އަހާލުމުން ކުންފުނީގެ ފަރާތުން ވާހަކަދެއްކި މުވައްޒަފު ބުނީ ދެވެން އޮތީ ވަޒީފާ އިން ވަކިކުރިކަމުގެ ޗިޓް އެކަނިކަމަށެވެ. ވަޒީފާ އިން ވަކިކުރިކަން އަންގައި އޭނާ އަށް ފޮނުވި ޗިޓްގައި ސަބަބެއްގެ ގޮތުގައި ބުނެފައިވަނި، ވަނީ ވަޒީފާ އިން ވަކިކޮށްފައި ވަނީ ވަޒީފާގެ އެއްބަސްވުމާއި ކުންފުނީގެ ކޯޑް އޮފް ކޮންޑަކްޓާއި ހިލާފުވެފައި ވާތީ ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަރީ

    ފިކުރަކަށް ނުބަލާނަމޭ، ވަޒީފާގެ ބިރެއް ނޯންނާނެޔޭ، 2018 ގައި އިބޫ ކީމާ އެކަން ގަބޫލުކޮށް ތިޔަ މީހުން ވޯޓު ދިނީ ހުންނަ ގަމާރުކަމުން. އަހަރެމެންނަށް އެނގޭ، ޑްރާމާ ކުޅުނަސް، އިބޫއާއި އަންނި އަކީ ހަމަ އެއް އަމާޒަކަށް މަސައްކަތްކުރާ، ގުޅިފައިވާ ދެ އެޖެންޓުންކަން. އެ މީހުން ތެދެއް ނަހަދާނެކަން. ރައްޔިތަކަށް ރާއްޖެއަކަށް އިސްލާމް ދީނަކަށް ދުވަހަކު ވެސް ހެވެއް ނޭދޭނެކަން. ދެން ބާރަށް އަތްޖަހާ! ތަފިރިން ދެން ތިބޭންޖެހޭނީ އިންޑީއާގެ މަތިމަސް ލީ މީހުންނަށް ގުލާނުކޮށްދޭން. ހިތަދޫގެ ބިބުނެ ބޮޑު ބަޔަކާއި ގަން އެ އޮތީ އިންޑިއާއަށް ހިލޭ ސާބަހަށް ދީފައި. ނިޒާރު ވެސް ރުހުމާއެކު އައްޑޫ މީހުން، އެމްޑީޕީއިން އެ އަޅުވެތިކުރަނީ! އައްޑު އެންމެން ވަޒީފާއިން ވަކިކޮށް އިންޑިއާ މީހުން ލާންވީ ހަމަ. އެއީ އައްޑޫގެ މެޖޯރިޓީ އެދޭ ގޮތަކީ. އަސްލު މޭޔަރަކަށް ވެސް ނިޒާރު ލީމާ ކަޑަ. މަތިމަސްލީ ގޮލަޔެއް އެ ތަނަށް ލާފަ، ނިޒާރު ބަހައްޓާންވީ މޭޔަރު ގޭގައި ފެންފިހި ލާން.