މާލޭ ސިޓީ ކައުންސިލްގެ ޑެޕިޔުޓީ މޭޔަރެއް ކަނޑައެޅުމަށް ބޭއްވި އިންތިހާބުގައި ހުޅުމާލޭ ދާއިރާގެ ސިޓީ ކައުންސިލް މެމްބަރު އިބްރާހީމް ޝުޖާއު ދެއްކެވި ނަމޫނާއަށް އެ ކޯލިޝަންގެ ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ތައުރީފްކުރައްވައިފިއެވެ.

އަދުރޭ ވިދާޅުވީ ޑެޕިޔުޓީ މޭޔަރެއް ކަނޑައެޅުމަށް ޕީޕީއެމްއިން ބޭއްވި އެތެރޭގެ އިންތިޚާބުގައި ޝުޖާޢަށް ނާކާމިޔާބު ވިނަމަވެސް ފެނިގެން ދިޔައީ ޑިމޮކްރެޓޮކް ނިޒާމަށް ފަރިތަ މިންވަރު ކަމަށެވެ. އަދި އަބަދުވެސް އަމިއްލަ މަސްލަހަތަށްވުރެ ޕާޓީގެ މަސްލަހަތު އިސްކުރައްވާތީ އުފާ ކުރައްވާ ކަމަށް އަދުރޭ ވިދާޅުވިއެވެ

"އަޅުގަނޑު އުފާވަނީ ވީޕީ ޝުޖާ އަމިއްލަ މަސްލަހަތަށްވުރެ އަބަދުވެސް ޕާޓީގެ މަސްލަހަތު އިސްކުރައްވާތީ ޝުޖާއަކީ ސިޔާސީ ކަންކަމަށް ތަސައްރަފް ފުދިފައި ހުރި ބޭފުޅެއްކަން ސާބިތުކޮށްދެއްވަމުން ގެންދެވީތީ" އަދުރޭ ކުރެއްވި ޓްވީޓެއްގައިވެއެވެ.

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރަކަށް މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ނަރީޝް އިންތިހާބުކޮށްފައި ވާއިރު ޕީޕީއެމްގެ ފަރާތުން އޭނާ އެ މަގާމަށް ގެންނަން ނިންމީ އެޕާޓީގެ ކައުންސިލް މެމްބަރުންގެ މެދުގައި ނެގި ވޯޓަކުންނެވެ. މި ވޯޓުގައި 13 ކައުންސިލަރުން ބައިވެރިވެވަޑައިގެންނެވި އިރު މާލެ ސިޓީ ކައުންސިލްގައި ތިއްބަވާ ޕީޕީއެމްގެ ތިން ކައުންސިލަރެއް މި މަގާމަށް ވާދަކުރެއްވިއެވެ. އެއީ ނަރީޝްއާއި ޝުޖާގެ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީއެވެ.

މި ވޯޓުގައި އެ މަގާމަށް ކުރިމަތިލެއްވި ތިން ކެންޑިޑޭޓުންގެ ވޯޓު ވެސް ވަނީ އެއްވަރުވެފައެވެ. ކޮންމެ ކެންޑިޑޭޓަކަށް ވެސް ހަތަރު ވޯޓު ލިބިވަޑައިގަތުމާ ގުޅިގެން މާލޭގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު ނަރީޝަށް ވޯޓު ދެއްވިއެވެ.

ޕީޕީއެމުން ވަނީ އެ ޕާޓީގެ ފަރާތުން ޑެޕިއުޓީ މޭޔަރުގެ މަގާމަށް ވާދަކުރައްވާ ކައުންސިލަރަށް އެ ޕާޓީގެ އެހެން ކައުންސިލަރުން ވޯޓު ދެއްވަން ޖެހޭ ގޮތަށް ތްރީ ލައިން ވިޕެއް ވެސް ނެރެފައެވެ. ނަމަވެސް ޕާޓީގެ އެއް ބޭފުޅަކު ވަނީ އެމްޑީޕީ ކައުންސިލަރު އަހުމަދު ޒަމީރަށް ވޯޓު ދެއްވާފައެވެ.

މާލެ ސިޓި ކައުންސިލްގައި ތިއްބަވަނީ ޕީޕީއެމްގެ 13 ކައުންސިލަރުންނާއި އެމްޑީޕީގެ ހަ ކައުންސިލަރުންނެވެ. މި ހުރިހާ ކައުންސިލަރުން ވެސް މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެން ވޯޓު ދެއްވާފައިވެއެވެ.

ނަރީޝް އެ މަގާމަށް އިންތިޚާބުވީ 12 ކައުންސިލަރުންގެ ވޯޓުންނެވެ. އެމްޑީޕީގެ ކައުންސިލަރު އަހުމަދު ޒަމީރަށް ލިބިވަޑައިގަތީ ހަތް ވޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ދަރަނި ދަންތުރަ

  ސުޖާއު ކެއްތެރިވޭ ފަހުރޯދި ގަދަވާނެ ، ސާބިތުކަމާއެކު ފަސްޖެހުމެއްނެތި ޕާޓީއަށްޓަކާ ދިވެހިންނަށްޓަކާ ކުރިޔަށް ބާރަށްކުރިޔަށް " ފުރިފަ ހުއްނަ އެއްޗެއް ގުނޑު ގުނޑު ނާޅާނެ

  • ކޮވިޑް

   އެކުގާ ކިޔަވަން އުޅުނު މީހެއްގެ ހައިސިއްޔަތުން އަދިވެސް ބުނެލަން ބޭނުން ޝުޖާ އަކީ އަމިއްލަ އެދުމަށްވުރެ އެހެން ފަރުދުން އިސްކުރާ ބޭފުޅެއްކަން މިއަދުވެސް އެ ސާބިތު ކޮށްދިނީ. ޝުޖާތީ ޑިމޮކްރަސީ ދަނެގެން ސިޔާސީ ދާއިރާގަ ހުރި ބޭފުޅެއްކަން ވެސް ތި ސާބިތު ކޮށް ދިނީ. ޝުކުރިއްޔާ ޝުޖާ.

 2. 🐦🦌🦌🥦

  މީނަ ހާދަ ގަޅި އޭ ދޯ؟ MDP ކޮޕީ ކުރީ

  1
  13
 3. ފފފފ

  ޝުޖާމެންނަކީ މަގާމުގެ މުސާރައަށްޓަކައި ކައުންސިލަށް ވަޑައިގެންނެވި ބޭފުޅުންނެއް ނޫން. ޝުޖާ ކީއްކުރަން، ޕޕމ ގެ ހުރިހާ ކައުންސިލަރުންނަކީވެސް، މިދިވެހި ގައުމު ސަލާމަތް ކުރުމުގެ މަތިވެރި މަޤްޞަދުގައި ކައުންސިލަށް ވަޑައިގެންނެވި ބޭފުޅުން.. ކުރިއެރުމަށް މަސައްކަތް ކުރުމަކީ ހަމަ އެންމެ ރަނގަޅުގޮތް. ކުރިއަރާ މީހަކަށް މަރުހަބާ ކިޔާ ބަލިވާ މީހުން އެމީހާގެ ފަހަތުގައި ގަދައަޅާ މަސައްކަތް ކުރާނެ ޓީމެއް ޕޕމ ޓީމަކީ.. ފިތުނަ އުފައްދާ ފަނިއަޅުވަން މަަސައްކަތް ކުރާނެ.. ނަމަނަމަ ފިތުނައިގެ ޝައިޠާން ތިތަނަށް ވަނަ ނުދެއްވާތި.. ހިތް ސާފުކުރައްވާ، 2023 ﷲ ގެ ރަހުމަތާއެކު ޕޕމ އަށް ލިބޭނެ. ގިނަ ގިނައިން ދުއާކުރަންވީ.

 4. ވިސްނާލުމަށް އެދެމޭ

  ސުޖާއަކީ ލީޑަރެއް..ލީޑަރުން ބަލިގަބޫލުކާނެ އެކުވެރިވާނެ އެކް ޝަންނަގާނެ...ސުޖާއަށް ތައުރީފު ކުރެވެނީ ސާބިތުކަން ދައްކާތީ...ވަފާތެރި އިޙްލާސްތެރި މަސައްކަތެ ކުރިޔަށްހުރި ދުވަސްތަކުގަ ދައްކަދިނުމަށް އެދެން ސުޖާ..ނަރީ ޝްއަާް މަރުހަބާ....ސުޖާގެ ތަޖުރިބާއާއެކު އެކުވެރިކަމާއެކު މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް އެދެން..

 5. ޝިރޯ

  ޝުޖާއު އަދި ނަރީޝް ތިޔައީ ހަމަ ދޮންވެ ފައްކާވެފައިތިބި ދެލީޑަރުން. މީހަކު ބުނެފާނެ ބަހަކަށް ކިޔާފާނެ އެއްޗަކަށް ވިސްނާލުމެއްނެތި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާ ތިޔަ ހުރިހާ ކުދިންގެވެސް ސަރުކާރު ވެރިކަމަށް އައިމާ ހުރިހާކަމެއްވެސް ރަގަޅުވާނެ. މީހުން ފިތުނަ ފަސާދަ އުފައްދަން މަސައްކަތްކުރާނެ. ހުޅުމާލޭގެ ރައްޔިތުންގެ ހައްގުގަޔާއި އަދި މާލޭގެ ރައްޔިތުންގެ ހައްގުފައިވެސް ދެބޭފުޅުން މަސައްކަތްކުރޭ. އެމް،ޑީޕީ އެންޑީޕީގެ ބައިގަޑު ޕީޕީއެމް މީހުން ދެބޯގެރި ދުއްވަން އުޅޭނެ. ސަމާލުވާތި ސަމާލުވޭ ސަމާލުވޭ. ހުރިހާ މީހުންވެސް.