އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުމުރު ހަމަވުމުގެ ސަބަބުން ރަޖިސްޓަރީ ނުކުރެވިފައިވާ އުޅަނދުތައް ރަޖިސްޓަރީ ކޮށްދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ނިންމައިފިއެވެ.

އެ އޮތޯރިޓީން މިއަދު ނެރެފައިވާ އިއުލާނެއްގައިވާ ގޮތުން 31 ޑިސެމްބަރ 2020 ގެ ނިޔަލަށް އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމަށް ހުއްދަ ދޫކޮށްފައިވާ އުޅަނދުތައް 22 ޖޫން ވަނަ ދުވަހުން ފެށިގެން 21 ސެޕްޓެމްބަރުގެ ނިޔަލަށް ރަޖިސްޓަރީ ކޮށްދިނުމަށް ނިންމާ އޮތޯރިޓީގެ އީ-ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރީ ކުރުމަށް ހުށައެޅޭނެއެވެ.

މިނިސްޓްރީން ވިދާޅުވީ، ރަޖިސްޓަރީ ކުރުމަށް ހުށައަޅާއިރު މިވަގުތު ބަލައިގަންނާނީ އަތޮޅުތަކަށް ރަޖިސްޓަރީ ކުރުމަށް ހުށައަޅާ އެޕްލިކޭޝަންތަކާއި ހުޅުމާލެއަށް ރަޖިސްޓަރީ ކުރުމަށް ހުށައަޅާ އެޕްލިކޭޝަންތައް ކަމަށެވެ.

މާލެއަށް ރަޖިސްޓަރީ ކުރުމަށް ހުށައެޅޭ އެޕްލިކޭޝަންތައް މިވަގުތު ބަލައިނުގަންނަން ނިންމާފައިވަނީ ގަރާޖްތަކުގެ ވެރިފިކޭޝަން ޕްރޮސެސް ކުރިއަށް ގެންދިއުމަށް މިވަގުތު އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއް ގޮތަށް ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.

ރަޖިސްޓަރީ ނުކުރެވި ހުރި ވެހިކަލްތަކަށް ޓްރާންސްޕޯޓް އޮތޯރިޓީއިން ހައްލެއް ހޯދަދީފައިވާއިރު ދާދި ފަހުން އެ އޮތޯރިޓީ އިން ވަނީ ކޮންޓެކްޓްލެސްކޮށް ޚިދުމަތް ދިނުމުގެ ގޮތުން ރަޖިސްޓަރީ އާއި ލައިސަންސް ކާޑު ދޫކުރުމަށް ސެލްފް
ކަލެކްޝަން ސްޓޭޝަނަކުން ޚިދުމަތް ދޭން ފަށާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު