އެމްބިއުލާންސްގެ ހިދުމަތް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނަ މިދަނޑިވަޅުގައި ފާއިތުވެދިޔަ ދެ ހަފްތާ ތެރޭގައި އެމްބިއުލާންސް އައުން ލަސްވެފައި ނުވާ ކަަމަށް ހެލްތް މިނިސްޓަރ އަހުމަދު ނަސީމު ވިދާޅުވެއްޖެއެވެ.

ނަސީމް މިހެން ވިދާޅުވީ، ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގައި ވާހަކަދައްަވަމުންނެވެ.

ނަސީމް ވިދާޅުވީ، އެމްބިއުލާންސް އައުން ލަސްވެގެން ޝަކުވާ، އޭނާ އެ ވުޒާރާއާ ހަވާލުވި ފަހުން ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

"އެކަމަކު އެ އަޅުގަނޑާއި ހަމައަށް ނައިސްވެސް އޮވެދާނެ، އެހެންވީމަ އަޅުގަނޑު އެެއެއް ދަންނަވާކަށް ނޭނގެ". މިނިސްޓަރ ވިދާޅުވިއެެވެ.

އަދި ދާދި ފަހުން ނިޔާވި ފާތުމަތު މިޝްކާގެ ކޭސްގައި އެމްބިއުލާންސްއަށް އެންގުމާއެކު 10 މިނުޓް ތެރޭގައި އެމްބިއުލާންސްގައި އެ ކުއްޖާ ހޮސްޕިޓަލަށް ގެންދެވުނު ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިހާރު އެމްބިއުލާންސްގެ ހިދުމަތް ވަކިން ފަށާފައިވާ ކަމަށެވެ.

"އަދި މިހާރު އެންމެ ލަސްވެގެންވެސް މި ކޮވިޑްގެ ވޭދަނަތަކުގައިވެސް ދުރުން މިހެން ޑިލޭއެއް އައިސްފައި އޮތީ، މިކަމާއި ވިދިގެން އަޅުގަނޑުމެން އެމްބިއުލާންސްގެ ހިދުމަތް ތަންކޮޅެއް ރަނގަޅަށް ހެލްތް މިނިސްޓްރީގެ ފަރާތުން ކުރަމުން މި އަންނަނީ".

މިނިސްޓަރ ވިދާޅުވީ، މިދިޔަ ދެ ހަފްތާ ތެރޭގައި އެމްބިއުލާންސް ލަސްވެފައި އޮތީ 20 މިނުޓަށް ކަމަށެވެ.

"އެއީ ލަހެއް ކަމަކަށް ނުވޭ، ބައެއް ފަހަރު، އެ އެމްބިއުލާންސް ދާއިރު ބަލި މީހާ ތައްޔާރުނުވެ މިހުރީ އަންނަން، އެހެންވީމަ އެހެންވެސް ވެފައި އެބަ ހުރި، އެހެންވީމަ މިހާރު އަޅުގަނޑުމެންނަކަށް ނުފެނޭ އެ ދަތިތަކެއް، ވަރަށް ބޮޑެތި އިމްޕްރޫވްމެންޓެއް ގެނެވިއްޖެ މިހާތަނަށް މި އޮޕަރޭޝަނާއި ގުޅިގެން".

ކުއްލި ހާލަތުގައި އެމްބިއުލާންސް ހޯދަން ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތް ދިނުމަށް އިމަޖެންސީ މެޑިކަލް ސަރވިސް ވަނީ ތައާރަފްކޮށްފައެވެ. އެގޮތުން އިމަޖަންސީ މެޑިކަލް ސަރވިސް އަށް ގުޅަން ޖެހޭނެ ނަމްބަރަކީ 100 އެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ޓޮއް

  މުސްކުޅިބޭ ނުކުމެ ގޮވާނޭ މަޔޯ މަޔޯ ބުޅާ ގޮވާނޭ

  • ރާގޮޑިރާޖަ

   މުސްކުޅިބޭއަށްވުރެ ގިނަ ޒުވާނުންގެ ހާލުމާބޮޑު. ގިނަޒުވާނުން މިތިބެނީ ފެންތައްޓެއްބޯލައިގެން މަގުމަތީގަ ރަބަރުދޫވެފަހުރި ފަޓްލޫނެއްލައިގެން.

   5
   1
 2. ޝިމީ

  އަޅެ ހާދަ ބޮޑު ތެދެއް 😠

 3. ހާތިމުތޯތާ

  ތިކަމުންވެސް އިނގޭ ނަސީމުގެ ޒިންމާ. ނަސީމު ރަނގަޅަށް ބެލީމަ އެބަ ވާނުވާ އެނގެއެއްނު! ނަސީމަށް އެތުއްތު ކުއްޖާގެ މަރަކުން ނުރެކެވޭނެ.

 4. ޏަމް

  މީނަބުނެފި ނަމަ ޒުވާނަކުވެސް މުސްކުޅިވެދާނެ އިސްތިއުފާދީފަ ގެޔަށްވަންނަންޖެހޭ އުމުރުގަ ކޮސްނުގޮވަބަލަ.

 5. Anonymous

  ތިބޭ 2 އަހަރުވިއަސް ބުނާނީ ލަހެއްނުވޭ ކަލޭ ތީ ދިވެހިންގެ އަދުއްވެއް

 6. ޔޯޔޯ

  މަނިކުފާނަށް ފީކޮއި ކުޅެން އެނގޭތޯ

 7. ނާޒް

  ކަލޭ ދުނިޔެއަށް އައީ އަންހެނެއްގެ ބަނޑުން، ނަމަވެސް ކަލޭ މަރުވީމަ ދާން ޖެހެނީ ކައްވަޅަށް

 8. އަބްސީ

  އެހެންވީމަ ކުރިން ގަސްތުގަ ކުރިކަމެއް ކަމަށް ތިއެއްބަސް ވެވުނީ. ޝުކުރިއްޔާ

 9. ބުލް ބުލް

  ވަރަށް ބޮޑު ކުރިއެރުމެއް.ހަވާ އަރުވަންފެނޭ..

 10. އަހުމަދު

  މެޑަލް އަޅުވަންވީ؟ އިޓްސް ޔޯރ ޖޮބް