ފަރުވާ ދިނުން ލަސްވެ، އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ ނިޔާވުމަށް މެދުވެރިވީ ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރުގައި މަސައްކަތް ކުރަން ތިބި މީހުން "އެއްގޯސް ވެގެންތޯ" ބަލަމުން އަންނަ ކަމަށް ހެލްތް މިނިސްޓަރ މުހައްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
އެއްގޯސްވުމަކީ ހިތްހަމަނުޖެހޭ ކަމެއްގެ ތެރޭގައި އުޅެން ޖެހުމުން އެކަމަށް ހޭނުމެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޝަންގައި މިޝްކާގެ މަރުގެ މައްސަލައިގެ ރިޕޯޓާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ނަސީމް ވިދާޅުވީ، މިޝްކާގެ މަރުގެ މައްސަލައިގެ ތަހުގީގު ނިމުނުކަމުގައިވިޔަސް، އެތެރޭގައި އޮޑިޓެއް ކުރަން ޖެހޭ ކަމަށެވެ. "އެހެންވީމަ ޔަގީން ކުރައްވާ އިރާދަކުރެއްވިއްޔާ މިކަންތައް އެކީ ނިމިގެންދާއިރު، އިންތިޒާމްތައް ވަރަށް ބޮޑަށް ބަދަލު ވެގެން ދާނެ". ނަސީމް ވިދާޅުވިއެވެ.
މިނިސްޓަރ ނަސީމް ވިދާޅުވީ، އެޗްއީއޯސީއަކީ މީގެ ދޮޅު އަހަރު ދުވަސް ވަންދެން ރަނގަޅަށް ހިނގަމުންދިޔަ ތަނެއް ކަމަށެވެ. "މިކަހަލަ ހާދިސާއެއް އިރާދަކުރެއްވިއްޔާ ދިމާނުވާ ތަނެއް، މިހާރު ކުއްލިއަކަށް މިފަދަ ހާދިސާއެއް ދިމާވެގެން މި ދިޔައީ ކީއްވެގެންތޯ، މިއީ އުފެެދޭ ސުވާލެއް. މީހުން ޓަޔާޑް ވީތޯ ވަރުބަލި ވީތޯ މިކަމުގެ ތެރޭގައި، އެކަހަލަ އެތައް ސުވާލުތަކެއް އެބަހުރޭ. އެހެންވީމަ މި ހުރިހާ ކަންތައްތަކަށް އެޑްރެސް ކުރަން އެވަ ޖެހޭހެން އަޅުގަނޑަށް ހީވަނީ. ވަރަށް ގިނަ މީހުންނަށް މިހާރު އެއްގޯސްވެފައި ތިބޭނީ މިހަލަ ކަންތައް ކޮށްކޮށް، ކޮންމެ ދުވަހަކު މިހެން ޑޭއިން ޑޭއައުޓް، މިހެން އެއް ކަމެއް ކޮށްލަކޮށްލާ ތިއްބަ، އެތައް ކަންތައްތަކެއް މީގެ ތެރޭގައި އެބައުޅޭ." މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، މިކަމުގެ ތެރޭގައި އެތައް ކަންތައްތަކެއް އެބައުޅޭ ކަމަށާއި، އެހެންކަމުން މުޅި އިންސްޓިޓިއުޓް ބަލާ، ހުރިހާ އެންމެންނާއި އެކީ މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. "އެހެންވީމަ އަޅުގަނޑަށް ހީވަނީ އަޅުގަނޑަށް ތަންކޮޅެއް ފަހުން، އަޅުގަނޑުމެންނަށް އެޅިފައި ހުރި ފިޔަވަޅުތަކެއް ތަފްސީލުކޮށް އެެރުވިދާނެހެން، އަދި މިވަގުތަކު ނެތް، ޖުލައި މަހުގެ ތެރޭގައި އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންނަށް އެކަންތައް ކުރެވިދާނެހެން ފުރުސަތެއް ދެއްްވައިފިކަމުގައިވަނީވިއްޔާ" މިނިސްޓަރ ވިދާޅުވިއެވެ.
އެފަދަ މައްސަލަތައް އިތުރަށް ސަމާލުކަން ދިނުމަށް އަންގާފައިވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. "ސުޕާވައިޒް ނުކުރެވިގެން ދާތީހެން އަޅުގަނޑަށް ހީވަނީ މިކަންތައް މިގޮތަށް ދިމާވަނީ، އެހެންވީމަ އެއީ އަޅުގަނޑުމެން އިތުރަށް ބަލަން ޖެހޭ ކަމެއް." ނަސީމް ވިދާޅުވިއެވެ.
ކަލޭމެންވެސް އެއްގޯސްވެގެންތޯ އެއްވެސްލަމެއް ކުރަންނޭގި ނުކުރެވިގެން ތިޔައުޅެނީ
އެތެއްނޫން އިގެތޯ ގޯސްވީ އެހެން އެއްޗެއްހެން ޙިވަނީ ގޯސްވީ
ސުވާލުކުރީމާ އެކަމެއް ބަލަން ރިޕޯޓެއް ހަދަންޖެހޭކަން ރޭކާލަނީވެސް ދެން ބުނާނެ އަންނަ މަހހުގަ ނެރެވޭވަރުވާނެޔޯ. ބަލަ ތިމާމީހާ މުސްކުޅި ވެއްކަން އެންމެ ފަހަރަކުވެސް ހިތަށްއަރާތޯ. މައުމޫނު މުސްކުޅިވެއްޖެކަން ކަލެއަށް ބުނެވޭ. ޒުވާން ތާޒާ ގައުމީ ލޭހިނގާ ދަރިޔަކާ ތިކަން ހަވާލުކޮށްފަ ގޭގައޮވެބަލަ ބަލަން. ތީހައިރިސްކްމީހެއް
ބަލަ ތަހުގީގު ކޮށްފައެއް ނުންތަ ރިޕޯޓް ނެރެފައި ވަނީ. އިސްތިއުފާ ދޭން ވީ ނުން
ވޯޓުގެ ބޭނުމުގަ މިކަންތައް އެހާ ސަކަރާތް ކޮއްލީ ނަސީމާ. އެކަމުގެ ޒިންމާ ނަގަން ޖެހޭނެ
ސަލާމަތް ކުރެވޭނެގޮތެއް އޮތް ތޯ ބަލަނީ.
އެއްގޯސްވެގެން ހިނގިއްޔާއެކަން އެންމެރަނގަޅަށްއިގޭނީ ޖޯޖްކޯބިންއާއެކުމަސައްކަތްކުރިމީހުންހޯދައިގެން! އަމިއްލައަށްޒިންމާނަގަންނުކެރޭ މުސްކުޅިއަކުޒުވާނަކަށްހެދުމެކޭ ދޮންދުބުރިއެއް އަނބަކަށްހެދުމެކޭތަފާތެއްނެތެވެ. ލަދެއްހަޔާތެއް ހުރިނަމަ އިސްތިއުފާދޭށެވެ. މީހުންޕާޓީއާމެދުދެކޭގޮތް އޭރުން ތަފާތުވާނެއެވެ.
އެއްގޯސްވެގެން ލިބެން އޮތް އެއްޗެއް ނުހޯދި ނުދާ ބައެއް ތީ
މީނައަކަށް ނޭގޭތަ ރައްރަށުގަ ޓެސްޓް ކުރެވެން ނެތިގެންކަން ރައްރަށުގަ ބަލި ފެތުރުނީ އަދިވެސް އެހެން މީހުން ކުއްވެރި ކުރަން ދޯވީ އަމިއްލަ ކުއް ގަބޫލުކޮށް އިސްތިޢު ފާދީ ހިއްވަރެއް ހުރިއްޔާ
އެއް ގޯހެއް ނޫން. އެތައް ފަހަރަކު އޮތީ ގޯސް ހަދާފައި. އެއްގޯސްވެގެން ގޮސް ހަތިޔާރުތަކުގައި ތެޔޮލާފައި ރަބަރު ކޮތަޅަށް ލާފައި ވަޅުލާ ހިސާބަށް ކަންތައް ދިޔަ. އިހަށް މިކަންކަން އަލުން ބަލާ.
އޭ މިހިރަ ކާފަ! އަހަރުމެންނަށް އިނގޭ ތިކަން ނިމޭއިރު ބުނާނީ އެއީ ﷲގެ މިންވަރުމުޅުގައި އެކަން އެގޮތަށް ނިމިފައި އޮތްކަމެކޭ ތިމަން ކީއްހޭ ކުރާނީ.
ނަސީމް ބެއްޔާ އެވެ، ތިކަން ތިބަލަނީ ހަމަ ރަނގަޅަށްތޯއެވެ ؟
ބެއްޔާގެ އުމުރާއި ތިކުރަން އުޅޭކަމަކާއި ގައިގަ ހުރި ހަކަތައކާއި ނުގުޅޭ.
ތަންކޮޅޭއް ޒުވާން ބޭފުޅަކާއިި ތިކަން ހަވާލުކުރޭ.
އެއްގޯސް ރިޕޯޓުގަ ކެރަފާ ނަން ނެތިއްޔާ އެކަކުވެސް ގޯސްވެގެން ނުވާނެ.