މިއަދު ރާއްޖެ އިން އިތުރު 253 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން މާލެ އިން ފައްސިވީ 35 މީހުންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 164 މީހުން ފައްސިވިއެވެ. މިއަދު ހިންގަމުންދާ ރިސޯޓްތަކުން ތިން މީހުން އަދި ތަރައްގީ ކުރަމުންދާ ރިސޯޓްތަކުން 43 މީހުން ފައްސިވިއެވެ. އޭގެ އިތުރުން އިންޑަސްޓްރިއަލް ރަށްތަކުން އަށް މީހުން މިއަދު ފައްސިވިއެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދަށް ބަލާއިރު މިއަދަކީ މިމަހުގެ 14 ވަނަ ދުވަހަށް ފަހު އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ. ނަމަވެސް މިއަދަކީ ފާއިތުވި ދެތިން މަސް ތެރޭގައި މާލެ އިން އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު 5296 މީހުން ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ. މިއަދު ޓެސްޓް ކުރި މީހުންގެ %5 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިހާރު ކޮވިޑް ޖެހިފައި ތިބީ 4784 މީހުންނެވެ. ފާއިތުވި ދެމަސް ދުވަސް ތެރޭގައި ކޮވިޑް ބަލި މީހުންގެ އަދަދު ނުވަތަ އެކްޓިވް ކޭސްގެ އަދަދު ދަށަށް ނުދާމިންވަރަށް މިހާރު އެއަދަދު ވަނީ ދަށަށް ގޮސްފައެވެ.

މާލެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު 100 އިން ދަށުގައި ހުންނަތާ މިއަދަށް މިވަނީ ހަދުވަސް ވެފައެވެ.

ކޮވިޑަށް މާލެ އިން ފައްސިވާ މީހުންގެ އަދަދު މަދުވަމުން އަންނައިރު ކޮވިޑް ކޮންޓްރޯލް ކުރުމަށް ހުއްދަނެތި ގެއިން ބޭރަށް ނިކުތުން މަނާކޮށް މާލޭގައި ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އެޅިތާ މިމަހުގެ 26 އަށް އެއްމަސް ދުވަސް ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރައީން ޔާންޓޭ

    މިސަރުކާރުވަރެއް ނެތް. ސާބަހޭ ރައީސް ސޯލިހް

    1
    2